އެއްޖިންސުން ގުޅުން ހިންގުން މަނާކުރާނަން - ތުރުކީ

Loading

Facebook
Twitter
WhatsApp

ބައިނަލް އަގްވާމީ މީޑިއާތައް ޚަބަރުދޭގޮތުގައި އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުން ހުއްދަނުކުރުމަށާއި އެކަމަށް ވަކާލާތުކުރާ ހަރަކާތްތަކާއިއޭޖެންސީތައްވެސް ބަންދުކުރަން ގޮވާލާ “ ދަ ބިގް ފެމިލީ ގެދަރިންގ “ ގެނަމުގައި އެތައް ހާސްބަޔަކު ތުރުކީގެ ރަށްތަކުގައި އަޑުއުފުލަމުން އެބަގެންދެއެވެ. 

މި މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުމާއި އެކަންކަމަށް ވަކާލާތުކުރަން ހިންގާ ހަރަކާތްތައްވެސް  މަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނު ވުޖޫދު ކުރަން އެދި މަޖިލީހަށް ހުށައެޅުމަށްޓަކައި މިހާތަނަށް ދެލައްކައާއި ގާތްކުރާ އަދަދެއްގެ ރައްޔިތުންގެ ސޮއި ލިބިފައިވާ ކަމަށެވެ. 

މުޒާހަރާގައި ބައިވެރިވާ މީހުންގެ ޝުއޫރުތަކަށް ބަލާއިރު ފެންނަމުންދަނީ އަހަރެމެންގެ ދަރިންނާއި އަދި އަންނަން އޮތް ދަރިފަސްކޮޅުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މިހާރުން މިހާރަށް ގަނޫނީ ބާރުލިބިގެން މިކަން ހުއްޓުވަން ޖެހޭ ކަމެވެ. ވެހެމުންދާ ބޯ ވާރޭގައި އަހަރެމެން މިތިބީ މާދަމާއަށް މިކަން ލަސްކުރެވެން ނެތީމައެވެ. މިހާރު އޮންނަގޮތަށް އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނި ކުރުމާއި އެކަމަށްވަކާލާތުކުރާ ހަރަކާތްތައް ހިންގުން ގާނޫނެއްގެ ބާރުނެތި މަނާކޮށްފާ އޮތުމަކުން ނުފުދެއެވެ. 

މުޒާހަރާގެ ބައިވެރިން ގެންގުޅޭ ގިނަ ލިއުންތަކެއްގައި “ އާއިލާތައް ރައްކާތެރި ކުރުމަކީ  ގައުމުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިފައިވާ ކަމެކޭ “ ބުނެފައިވެއެވެ. އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުމާއި އެކަމަށްވަކާލާތު ކުރުމުގެ ހަޑިހުތުރު އަމަލުން އަހަރެމެންގެ ދަރިން ރައްކާތެރި ކުރަން އެބަޖެހެއެވެ. އޭގެ އިތުރުން އިސްތަންބޫލް ޕްރައިޑް ކިޔާ އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުމާއި އަދި އެކަމަށް ވަކާލާތު ކުރުމުގެ ގޮތުން މީގެކުރިން ތުރުކީގައި ހިންގާފައިވާ ޙަރަކާތްތަކުގެ ވީޑިއޯތަކެއްވެސް ހާމަކުރަމުން އެބަގެންދެއެވެ. އެ ވީޑިއޯތައް ދެއްކުން މަނާކުރުން އެދި އެ ޖަމާއަތުގެ ފަރާތުން ގަވަރނަރުގެ އޮފީހުގައި ދަންނަވަމުން އެބަ ގެންދެއެވެ. 

މި  މުޒާހަރާތަކަށް ރައްދު ދިނުމުގެ ގޮތުން އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުމާއި އަދި އެކަމަށްވަކާލާތު ކުރުމުގައި އިސްދައުރެއް އަދާކުރަމުން ގެންދާ އިލްގާ ޔޫރަޕް ކިޔާ  ޖަމްއިއްޔާ އަކުންނާއި އެމްނެސްޓީ އިންޓަރނޭޝަނަލްގެ އޮފީހުންވެސް މި މުޒާހަރާތަކަށް ރައްދު ދީ ތުރުކީގެ ގާނޫނުއަސާސީގައި އޮންނަ ދީނީ އަގީދާގެ ހަމަހަމަކަންސަރުކާރަށް ހަނދާންކޮށްދީ ގާނޫނުއަސާސީއާއި ޚިލާފް އެއްވުންތައް ކުރިއަށް ގެންދިއުން ހުއްޓުވުމަށް ގޮވާލައި އަދި މިފަދަ މުޒާހަރާތަކުގެ ސަބަބުން އިޖްތިމާއީ ނަފްރަތު އުފެދިގެންދާނެ ކަމުގެ އިންޒާރުވެސް ދެމުން އެބަ ގެންދެއެވެ.                                                

ތުރުކީ ރަސްމީ އިދާރާތަކުގެ އިސްވެރިން ހާމަކުރަމުންގެންދާގޮތުގައި އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނި ކުރަން ބޭނުންވާ މީހުންނަކީ ގޮތެއް ފޮތެއްނެތް އަދި އާއިލީ ގުޅުންތައް ދެމެހެއްޓުމަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެކެވެ. ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް ތުރުކީގައި އެކަން އާންމު ކުރިޔަ ނުދޭނޭކަމަށެވެ.                                   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް