ތުރުކީ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރަނީ 

Loading

Facebook
Twitter
WhatsApp


ތުރުކީ ރަސްމީ މީޑިއާތަކުން ޚަބަރުދޭގޮތުގައި ނޭޓޯގެ މެމްބަރެއްގެ ގޮތުގައިވެސްއޮތް ތުރުކީން މިހާރު އެސް.ސީ.އޯ. (ޝެންގހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން) ގެ މެމްބަރުކަން ހޯދަން ބޭނުންވާ ކަމުގައެވެ. 

އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއް ފެށުމުގެ ކުރިން އުޒުބަކިސްތާނުގައި އޮތް އެސް.ސީ.އޯ. ގެ  އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރި ވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ތުރުކީގެ ރައީސް ތައްޔިބު އުރުދުގާން ވިދާޅުވީ އެސް. ސީ. އޯ. ގެ ގައުމުތަކާއެކު އަހަރެމެން މިއަޅާ ފިޔަވަޅުތަކުން ގައުމުތައް ކުރިއެރުމުގައި އިތުރު އުސްމިނަކަށް ދެވޭނެ ކަމަށް އުންމީދު ކުރެވޭކަމަށެވެ. 

ތުރުކީއަކީ މިހާރު އެސް. ސީ. އޯ. އާއިގުޅޭ ވާހަކަތަކުގެ ބައިވެރިއެކެވެ. އެސް. ސީ. އޯ. ގެ މެމްބަރު ގައުމުތަކަކީ ޗައިނާ، ރަޝިޔާ، އިންޑިއާ، ޕާކިސްތާން، އީރާން، ކިރގިސްތާން، ތަޖިކިސްތާން، ކަޒަކިސްތާން އަދި އުޒުބަކިސްތާނެވެ.                                                            

މި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ތުރުކީގެ ރައީސް އުރުދުގާން އާއި ރަޝިޔާގެ ރައީސް ޕުޓިން ބައްދަލު ކުރައްވައި ދެކުނު ތުރުކީގެ އަކްޔޫ ގައި ރަޝިޔާއިން ބިނާކުރަން ހަމަޖެހިފައިވާ ނިއުކްލިއަރ ޕަވަރ ޕްލާންޓާ ބެހޭގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވެސް ޙައްލުކުރެވިފައި ވާކަމަށް ތުރުކީގެ ރައީސް ވިދާޅުވިއެވެ. 

އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު އަހަރެމެން އެ ޕަވަރ ޕްލާންޓް އިފްތިތާހު ކުރާނަމެވެ. ތުރުކީގެ ރައީސް ތައްޔިބު އުރުދުގާން ވިދާޅުވިއެވެ.    

Loading

One Response

  1. އެމެރިކާ އާއި އިޒްރޭލުގެ މަކަރުވެރި ސިޔާސަތުން ސަލާމަތް ނުވެ ކުރާނެ ކަމެއް ނޯންނާނެއެވެ. ތުރުކީގެ ވިސްނުން ވަރަށް ރަނގަޅުކަމަށް ފެނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް