އެމެރިކާ އާއި ސަޢޫދީގެ ގުޅުން ރެނދުލައިފި

އޯޕެކް (ޕްލަސް) އިން ތެޔޮ އުފެއްދުން މަދުކުރީމާ އެމެރިކާ އާއި ސަޢޫދީގެ ގުޅުން ރެނދު ލައިފިއެވެ. އޯޕެކް (ޕްލަސް) އިން ތެޔޮ އުފައްދާ މިންވަރު މަދުކުރަން މި ހަފްތާގައި ނިންމި ނިންމުމާއި ގުޅިގެން ވައިޓް ހައުސް އާއި ސައޫދީ ޝާހީ ޢާއިލާއާއި އެކު ހީނަރުވަމުންދާ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިހުނަށްވުރެންވެސް ގޯސްވެއްޖެއެވެ. އޯޕެކުން އެގޮތަށް ނުނިންމުމަށް އެމެރިކާގެ ރައީސް ބައިޑަން ވަރަށް ބޮޑަށް ބާރު އަޅުއްވަމުން ގެންދެވިއެވެ. އެމެރިކާއިން މަސައްކަތް ކުރަމުންގެންދަނީ ރަޝިޔާގެ ހަކަތައިން އެގައުމަށް ލިބޭ އާމްދަނީއަށް ހުރަސް އެޅުމާއެކު އެމެރިކާއިން ތެލުގެ ބާޒާރު އަލުން ގަޑުބަޑު ނުވާނެހާ […]
ޔޫރަޕަށް ފިނިމޫސުން ކައިރިވެއްޖެ ހީފިލުވޭނެގޮތެއް ނެތް

މި އަހަރުގެ ފިނިމޫސުން އަންނަނީ ކައިރިވަމުންނެވެ. އަދި ހަމަކަށަވަރުންވެސް މި އަހަރުގެ ފިނިމޫސުން ވެގެންދާނީ ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅޭ މީހުން މިހާތަނަށް ތަޖްރިބާ ނުކުރާވަރުގެ އަގުބޮޑު އަދި ހީފިލުވުން ދަތި ފިނިމޫސުމަކަށެވެ. ދިރިއުޅުމުގެ އަގުތައް އަތްނުފޯރާ ފަށަށް މަތިވެފައިވާ ދަނޑިވަޅެއްގައި އުތުރު އަސްދަނޑި ސަރަޙައްދުގައި ދިރިއުޅޭ މީހުން ކުރިމަތިލާން މި ޖެހެނީ ވަރަށް ފިނިގަދަ ފިނި މޫސުމަކާއެވެ. ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާއިރު އެމެރިކާއަށް މިހާތަނަށް މާބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިނުވިޔަސް ފިނިމޫސުން ފެށުމާއެކު ބޮޑެތި […]
ޑުގިނާ މަރާލީ ޔޫކްރެއިން – އެމެރިކާ

ރަޝިޔާގެ ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެއްގެ ދަރިކަނބަލަކަށް ކާރުބޮމުގެ ޙަމަލާއެއްދީ މަރާލުމަކީ ޔޫކްރެއިންގެ ސަރުކާރުގެ އިދާރާތަކަކުން ހުއްދަ ދީގެން ހިންގި ޙަރާކާތެއްކަމަށް އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީތަކުން ގަބޫލުކުރާކަމަށް ބުނެފިއެވެ. އަދި ޔޫކްރެއިންގެ މި ޙަރާކާތުގެ ސަބަބުން މަސްރަޙް ހޫނުވެގެން ދާނެކަމަށް ބެލެވޭކަމުގައި ވިޔަސް އެއީ ކޮން ބައެއްކަން ހާމައެއް ނުކުރެއެވެ. އެމެރިކާއިން ބުނާގޮތުގައި އެ ޙަރަކާތުގައި އެއްވެސް މިންވަރަކަށް އެމެރިކާގެ ބައިވެރި ވުމެއް ނޯންނާނެއެވެ. އަދި އެ ޙާދިސާ ހިންގުމުގެ ކުރިން އެކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށާއި އެހެންނޫން ނަމަ އެކަމާ ދެކޮޅު ހެދީމު ކަމުގައެވެ. އަދި […]
ނޯރޑްސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލީ ކާކު؟

ބޯލްޓިކް ކަނޑުގެ އަޑިން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވުމުގެ ދެ ދުވަސްފަހުން އެއީ ރަޝިޔާއިން ޖަރުމަނަށް ހަކަތަ ފޯރުކޮށް ދިނުމަށް އަޅާފައިވާ ނޯޑް ސްޓްރީމް 2ގެ ބިޔަ ޕައިޕްލައިން ގޮއްވާލީ ކަމަށް ޝައްކު ކުރެވޭތީ އެކަން ކުރިބަޔަކު ހޯދަންޖެހޭ ކަމަށް ޔޫރަޕްގެ ގައުމުތަކުން ގޮވާލައިފިއެވެ. ތަޖްރިބާކާރުން ހާމަކުރާ ގޮތުގައި ނޯޑް ސްޓްރީމް ހޮޅިތައް ހަލާކުކޮށްލާފައި ވާނަމަ އެކަން ދެނެގަނެ މަރާމާތުރަން ދުވަސްތަކެއް ނަގާނެއެވެ. މި ހޮޅިތައް ހަލާކުކޮށްލާފައި ވާނަމަ ފިނިމޫސުމުގައި ގޭސް ނުލިބުގެ ހިތާމަޔާއި ހިތްދަތިކަން އިތުރުވެގެން ދާނެއެވެ. މިކަމާގުޅިގެން މިހާރު އުފެދިފައިވާ ބޮޑު ސުވާލަކީ މިކަން ކުރީ ކޮން […]
އިސްރާއީލުން އދ. ގެ ނިންމުންތަކަށް ތަބާއެއް ނުވޭ! – އދ. ގެ ސަފީރު

ފަލަސްތީނުން އެމީހުންގެ ދައުލަތް ގާއިމްކުރަން ބޭނުންވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުން ވަގުތުން ހުއްޓާލަން އަންގައި އދ. ގެ ސަލާމަތީ ކައުންސިލުން 2016 ގައި ފާސްކުރި ގަރާރަށް އިސްރާއީލުން ބޯނުލަނބާ ފާއިތުވެގެންމިދާ ތިންމަސްދުވަހުގެ ތެރޭގައިވެސް ދެހާހަށްވުރެން ގިނަ ގެދޮރު ޔަހޫދީން ދިރިއުޅުމަށް އެ ބިންތަކުގައި ބިނާކޮށްފައި ވާކަމަށް އދ. ގައި ހުންނަވާ މެދުއިރުމައްޗާއި ބެހޭ ސަފީރު މި ދިޔަ ބުދަދުވަހު ވިދާޅުވެއްޖެއެވެ. ސަލާމަތީ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ޓޯރ ވެންސްލޭންޑް ވިދާޅުވީ އެ ގަރާރުގައި ކަނޑައަޅާފައިވާ އާންމުންނާއިދެކޮޅަށް ދެވޭ ޙަމަލާތަކާއި އަނިޔާތަށް ހުއްޓާލުމާއި އެއްވެސް ބާވަތެއްގެ ކުރިމަތި ލުމަކަށް ނުދިއުމަށާއި […]
ޑޮލަރު ގޯނީގެ ތުން މޮހާލަން ޗައިނާގެ ގައުމީ ބޭންކުތަކަށް އަންގައިފި

ޕީޕަލްސް ބޭންކް އޮފް ޗައިނާ އިން ޗައިނާގެ ގައުމީ ބޭންކުތަކުން ޑޮލަރ ވިއްކައިގެން ޔުއާން ގަތުން އިތުރުކުރަން އަންގައިފިއެވެ. މި ފިޔަވަޅުގެ ސަބަބުން ޗައިނާގެ ފައިސާ، ޔުއާންގެ އަގު އުފުލުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެއެވެ. ގައުމީ ބޭންކުތަކުން ޑޮލަރު ވިއްކާނެ އަދަދެއް މިހާތަނަށް ކަނޑައަޅާފައި ނުވެއެވެ. ޚަބަރުތައް ބުނާގޮތުން އެކަން ބިނާވެގެންދާނީ ޗައިނާއިން ބޭރުގައި ހުރި އެ ބޭންކުތަކުގައި ޑޮލަރ ހުރި ނިސްބަތެއްގެ މައްޗަށެވެ. އެނގިފައިވާގޮތުގައި ހޮންކޮންގ އާއި ނިއުޔޯރކް އަދި ލަންޑަން ގައި ހުރި އެ ބޭންކުތަކުގެ […]
އީރާނުގެ ޑްރޯންތަކުގެ ސަބަބުން ހަނގުރާމައިގެ ނުރައްކާ އިތުރުވެއްޖެ – ޔޫކުރެއިން

މީގެ ދުވަސްކޮޅެއް ކުރިން އީރާނުން ރަޝިޔާއަށް ވިއްކި ޑްރޯންތަކީ އެމެރިކާއާއި ހުޅަނގުން ބުނިގޮތުގައި އެއީ ކުޑަކުދިންކުޅެން ގެންގުޅޭކަހަލައެއްޗެކަމަށް ބުނެ، މަލާމާތް ކުރަމުން ގެންދިޔައެވެ. ނަމަވެސްޑްރޯންތަކުގެ ސަބަބުން ޔޫކްރެއިންގެ ހަނގުރާމައިގެ ޙާލަތު ނުރައްކާތެރި ވެއްޖެކަމަށް ޔޫކުރެއިންގެ ރައީސް ޒެލެންސްކީ މިހާރު ވިދާޅުވެއްޖެއެވެ. އީރާނުގެ ޑްރޯންތައް ޔޫކްރެއިންގެ ޖައްވުން ފުރަތަމަ ދައްކާލީވެސް މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ޔޫކްރެއިން ސިފައިންގެ ޖޫނިއަރ ސަރޖެންޓް އެންޑްރިއާނާ އަރެޚްތާ ބުނެފައިވަނީ ޔޫކްރެއިންގެ ދެކުނު […]
ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރަން ފަސްނުޖެހޭނަމޭ މިބުނަނީ ސަމާސައަކަށް ނޫން: – ރަޝިޔާ

ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވަނީ ރަޝިޔާ ދިފާޢުކުރުމުގެ ފުރިހަމަ ޙައްގު އަބަދުވެސް ރަޝިޔާއަށް ލިބިފައި އޮންނާނޭ ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށްޓަކައި ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން ޖެހުނަސް އެކަންކުރުމުގެ ޙައްގުވެސް އޮންނާނެއެވެ. ރަޝިޔާއިން ޔޫރަޕަށް ނިއުކްލިއަރ ނުރައްކާތެރި ޙާދިސާއެއް އަމާޒުކުރިޔަސް ބިރުން އެމެރިކާއާއި ނޭޓޯއިން ޔޫކްރެއިންގެ ހަނގުރާމައަށްވަންނާކަށް ނުކެރޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ސަލާމަތާބެހޭ ކައުންސިލްގެ މިހާރުގެ ޑެޕިއުޓީ ޗެއަރމަން މެޑްވެޑޭވް ވިދާޅުވީ ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަންޖެހޭ ފައްތަރަކަށް ގެންގޮސްފިނަމަ ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރާނަމޭ ބުނަމުން މިގެންދަނީ ސަމާސާއަކަށް ނޫންކަމަށެވެ. ކަލޭމެނަށް ހަމައެކަނި ކަލޭމެން ދައްކާ ވާހަކަ އަޑުއިވޭ ބީރު ކަންފަތްތަކަށް […]
އިސްލާމްދީނުގެ އަސްލުތަކާއި އަގީދާ ފަނޑުކޮށްލަން ޖާގައެއް ނުދެވޭނެ – އީރާން

އީރާނުން އިސްލާމްދީނުގެ އަސްލުތަކާއި އަގީދާ ފަނޑުކޮށްލަން ދެން ދުވަހަކުވެސް ޖާގައެއް ނުދެވެނޭކަމަށް އީރާނުގެ ފުލުހުންގެ ވެރިޔާ ހުސޭން އަޝްތަރީ ވިދާޅުވެއްޖެއެވެ. އީރާނުގެ ސަރުކާރަށް ރައްޔަތުންގެ ލޯތްބާއި ތާއިދު އޮތްމިންވަރު ދައްކާލުމަށް ބޭވުނު އެއްވުމުގައި މިލިއަނުން ސަޕޯޓަރުން މަގުރަކަށް ނިކުމެ މުޅިދުނިޔެއަށް ދައްކާލެވިފައި ވާނެކަމަށް ޙަރަކާތުގެ ބައިވެރީން ބުނެއެވެ. ފުލުހުންގެ ބަންދުގައިހުރި 22 އަހަރުގެ މަހްސާ އަމީނީ މަރުވުމާގުޅިގެން އިރާނުގެ އެތެރޭގެ މާޙައުލު ސަރުކާރާ ދެކޮޅަށް ގޯސްކުރަމުން އަންނަމިދަނޑިވަޅުގައި އިރާނު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވެސް މިދިޔަ ހުކުރު ދުވަހު އީރާނުގެ ވަރަށް ގިނަ ޝަހަރުތަކެއްގެ […]
ދެ ދައުލަތުގެ ސިޔާސަތަކީ އޮތް ދާއިމީ ޙައްލު

ފަލަސްތީނާއި އިސްރާއީލުގެ މައްސަލާގައި ދެ ދައުލަތް ގާއިމް ކުރުމަށް ތާއީދުކުރައްވާ ކަމުގައި އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ޔާއިރް ލަޕީދު ސެޕްޓެމްބަރު 22 ވަނަދުވަހު އ. ދ. ގެ 77 ވަނަ އާންމު ޖަލްސާގައި ވާހަކަ ދައްކަމުން ވިދާޅުވެއްޖެއެވެ. ހަމައެއާއެކު އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދިޔަ ނުދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާކަމެއް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. މިއީ ފަަލަސްތީނުގެ ބިމުގައި އިޒްރޭލް ކިޔާ ދައުލަތެއް އުފެދުނުފަހުން އިޒްރޭގެބޮޑުވަޒީރަކު އ. ދ. ގެ އާންމު ޖަލްސާގައި އަދި ކިޔެއްތަ ފުރަތަމަފަހަރަށް ދެ ދައުލަތެއް އޮތުމުގައ ސިޔާސަތަށް ތާއީދުކޮށް ވާހަކަ ދެއްކެވި ފުރަތަމަ […]