ޑުގިނާ މަރާލީ ޔޫކްރެއިން - އެމެރިކާ 

Loading

Facebook
Twitter
WhatsApp

ރަޝިޔާގެ ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެއްގެ ދަރިކަނބަލަކަށް ކާރުބޮމުގެ ޙަމަލާއެއްދީ މަރާލުމަކީ ޔޫކްރެއިންގެ ސަރުކާރުގެ އިދާރާތަކަކުން ހުއްދަ ދީގެން ހިންގި ޙަރާކާތެއްކަމަށް އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީތަކުން ގަބޫލުކުރާކަމަށް ބުނެފިއެވެ. އަދި ޔޫކްރެއިންގެ މި ޙަރާކާތުގެ ސަބަބުން މަސްރަޙް ހޫނުވެގެން ދާނެކަމަށް ބެލެވޭކަމުގައި ވިޔަސް އެއީ ކޮން ބައެއްކަން ހާމައެއް ނުކުރެއެވެ.

އެމެރިކާއިން ބުނާގޮތުގައި އެ ޙަރަކާތުގައި އެއްވެސް މިންވަރަކަށް އެމެރިކާގެ ބައިވެރި ވުމެއް ނޯންނާނެއެވެ. އަދި އެ ޙާދިސާ ހިންގުމުގެ ކުރިން އެކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށާއި އެހެންނޫން ނަމަ އެކަމާ ދެކޮޅު ހެދީމު ކަމުގައެވެ. އަދި އެމެރިކާއިން އެ ޙާދިސާ ކުށްވެރި ކުރާކަމަށްވެސް ބުނެފައިވެއެވެ. 

އަދި ޔޫކްރެއިނުން ރަޝިޔާގެ ބިމުގައި އެފަދަ އަމަލެއް ހިންގުން ބަލައި ނުގަނެވޭނެ ކަމަށްވެސް އެމެރިކާއިން ބުނެއެވެ. އެހެންނަމަވެސް އެމެރިކާގެ ރަސްމީ އެއްވެސް އިދާރާއަކުން މިކަމާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. 

ފުރަތަމަދުވަހު އެ ޙާދިސާއަށް ޔޫކްރެއިނުން އިންކާރުކުރިފަދައިން އެމެރިކާގެ ހޯދުންތަކުން ޔޫކްރެއިންގެ ބައިވެރިވުން އެނގިގެން ދިޔަކަން އެންގުމުންވެސް ޔޫކްރެއިނުން ގެންދަނީ އިންކާރު ކުރަމުންނެވެ.                                           

ހަނގުރާމައިގެ މައިދާނުގައި އެ ކަމުގެ މާބޮޑު އަސަރެއް ނުކުރިނަމަވެސް ޔޫކްރެއިންގެ އިސް ފަރާތްތަކާއި މެދު ރަޝިޔާއިން ހަމައެގޮތަށް ޢަމަލު ކޮށްފާނެ ކަމުގެ ބިރު އެބަ އޮތްކަމަށް އެމެރިކާއިން ދެކެއެވެ. 

ހަނގުރާމަ ފެށުނީއްސުރެން ޔޫކްރެއިނުން ގެންދިޔައީ އެބާވަތުގެ ޙަރަކާތްތައް ރަޝިޔާގެ އެތެރޭގައި ހިންގުމާމެދު ވިސްނައި ރާވަމުންނެވެ. ޑުގިނާ މަރާލި މައްސަލަ ރަޝިޔާއިން ގެންދަނީ ނިރުބަވެރި ޙަމަލާއެއްގެ ގޮތުގައި ތަޙުގީގު ކުރަމުންނެވެ.                                                             

އެމެރިކާގެ ވަރަށް ގިނަ ސިޔާސީ ބޭފުޅުންނާއި އެކު ގާތް އެކުވެރިކަމެއް ޑުގިނާގެ ބައްޕައާއެކު އޮވެއެވެ. ޙަގީގަތުގައި އެ ޙަމަލާ ދެވުނީ ޑުގިނާގެ ބައްޕަ އެ ކާރުގައި އިންނެވި ކަމަށް ހީކޮށް އޭނާއަށް ޙަމަލާދިނުމުގެ ބޭނުމުގައެވެ. ޑުގިނާއަކީ ރައީސް ޕޫޓިންގެ ސިޔާސަތަށް ތާއީދުކުރައްވައި އަދި ޔޫކްރެއިނާއެކު ކުރަމުންގެންދާ ހަނގުރާމައަށްވެސް ތާއީދު ކުރައްވާ ބޭފުޅެކެވެ.

    ޑުންގާގެ ބައްޕަ ގުރޫ އެލެގްޒަންޑައ ސަންދޯކު ކައިރީގަ:

ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ލިސްޓުގައި ޑުގިނާވެސް ހިމެނެއެވެ. އަހަރެމެން ބޭނުންވާ އަމާޒުތަކެއް އެބަހުރިކަމަށް އެއްބަސްވަމެވެ. އެކަމަކު ހަމަކަށަވަރުން ވެސް ޑުގިނާއަށް ގެއްލުމެއް ދިނުމަކީ އަހަރެމެން ކުރާނެކަމެއް ނޫނެވެ. 

ހަނގުރާމައިގެ ދުވަސްވަރެއްގައި ވަކިމީހަކަށް އަމާޒުކޮށްގެން ޙަމަލާއެއް ދިނުމުގެ ކުރިން ވިސްނަނަޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެއެވެ. އެމެރިކާގެ ހޯދުންތަކާއި ބެހޭގޮތުން ސުވާލުކުރުމުން ރައީސް ޒެލެންސްކީގެ މުޝީރު މިޚައިލޯ ޕޮޑޮކިލް މީޑިއާ އަށް ވިދާޅުވިއެވެ.                                                              

ރަޝިޔާއިން ކޮންޓްރޯލް ކުރަމުން ގެންދާ ޔޫކްރެއިންގެ ސަރަޙައްދު ތަކުގައި ހިންގަމުން ގެންދާ އަނިޔާވެރި ޙަރަކާތަތަކުގެ ދޮގުތެދު އޮޅުންފިލުވުމަކީ ކުރެވޭނެކަމެއް ނޫނެވެ. ޔޫކްރެއިނުން ރަޝިޔާގެ ސިފައިންނަށް ގެއްލުން ދެމުންގެންދާކަމަށާއި ހަނގުރާމައިގެ ހަތިޔާރުތަކަށް ދޭ ޙަމަލާތަކުގެ ޚަބަރުތައްވެސް ފަތުރަމުން ގެންދެއެވެ. 

މިމޭރުމުން ވާހަކަދައްކަމުން ޔޫކްރެއިންގެ ސިފައިން އިސް ބޭފުޅަކު ނަން ސިއްރުކުރުން ޝަރުތުކޮށްފައި މީޑިއާގައި ބުނީ  އާންމުރައްޔިތުންގެ ތެރެއިން ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހުން ބޭނުން ކޮށްގެން އަހަރެމެންގެ ތެރޭގައި ތިބި ރަޝިޔާއަށް ތާއީދުކުރާ މީހުން ހޯދައިގެން އެމީހުން މަރަމުންގެންދާކަމަށެވެ. 

ޚަރްސޯން ސަރަޙައްދުގައި ހުރި ރަޝިޔާގެ އެންމެ އިސްވެރިޔާއަށް މިދިޔަ އޯގަސްޓް މަހުގެތެރޭގައި ޒަހަރު ދިނުމަކީވެސް އަހަރެމެން އެގޮތުގެ މަތިން ކުރިކަމެކެވެ.                                                               

އެމެރިކާއިން ބުނާގޮތުގައި ހަނގުރާމައިގެ ދުވަސްވަރެއްގައި އެ ކަމުގައި ބައިވެރިވާ ގައުމެއްގެ ވާހަކަ އަނެއްގައުމަކަށް ފޯރުކޮށްދިނުމަކީ ނުވަތަ ކަމެއް ކުރިގޮތުގެ ވާހަކަ ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ސިޔާސީ ވިސްނުމުގައި މީހުންމެރުމަށް ހިންގޭ ޙަރަކާތްތައް ސިއްރު ކޮށްފިނަމަ ދެންމެދުވެރިވާނެ ނުރައްކާ މާބޮޑުވެސް ވެދާނެއެވެ.

ޔޫކްރެއިނުން މިބާވަތުގެ ޙަރަކާތްތައް ރަޝިޔާގެ އެތޭރޭގައި ހިންގަމުން ގެންދިޔަނަމަވެސް މިހާތަނަށް މާބޮޑެތި ގެއްލުންތަކެއް ދެވިފައި ނުވާތީ އެމެރިކާއިން ޔޫކްރެއިނަށް ކުރާ ތާއީދު އެގޮތުގައި އަދިވެސް ދެމި އޮންނާނެއެވެ. އަދި ޔޫކްރެއިންގެ ބިންތައް އަނބުރާ ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގައި އެމެރިކާގެ ފުރހަމަ އެއްބާރުލުން ލިބެމުން ދާނެކަމަށް ޚާރިޖީ ވަޒީރު  ބްލިންކެން ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ކުލެބާއަށް ދެންނެވިކަމަށް ވެއެވެ.                                  

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. އެންމެ ފުރަތަމަދުވަހުން ފެށިގެން އެމެރިކާއިން މަސައްކަތް ކުރަމުން މިގެންދަނީ ހަނގުރާމަ ހުއްޓުވޭނެ ގޮތެއް ހޯދަމުންނެވެ. 

އެމެރިކާއިން ފޯރުކޮށްދެމުން ގެންދާ ސިއްރު މަޢުލޫމާތާއި އަދި ހަތިޔާރުގެ ބޭނުން ކޮށްގެން ރަޝިޔާގެ އެތެރެއަށް ޙަމަލާ ނުދިނުމަށް ޔޫކްރެއިނަށް މިގެންދަނީ ބާރު އަޅަމުންނެވެ. އެހެންނަމަވެސް ފަހަކަށް އައިސް ޔޫކްރެއިނުން ހޯދަމުންގެންދާ ކާމިޔާބީ އާއި އަދި ރަޝިޔާއިން ޔޫކްރެއިންގެ ޝަޙަރުތަކެއް އެއީ ރަޝިޔާގެ ތަންތަން ކަމުގައި ކަނޑައެޅުމއި ގުޅިގެން މިހާރުގެ ޙާލަތު މިއޮތީ އަތުންދޫވެގެން ހިނގައްޖޭ ބުނާ ހިސާބުގައެވެ.އަދި ހަމައެއާއި އެކު ރަޝިޔާއިން ޔޫކްރެއިންގެ އިސްބޭފުޅުންނަށް ޙަމަލާ ދީފާނެކަމުގެ ބިރުވެސް މިއޮތީ ބޮޑުވެފައެވެ.

ރަޝިޔާއިން ބަދަލު ހިފަން ބޭނުންވާ ލިސްޓު ކިތަންމެ ދިގު ނަމަވެސް ހަމަކަށަވަރުން ވެސް ރަޝިޔާގެ ލިސްޓުގެ އެންމެކުރީގައި އޮންނާނީ ރައީސް ޒެލެންސްކީއެވެ.  ރަޝިޔާގެ އެތެރޭގެ އިންޓެލިޖެންސް އާއި ބެހޭ ޚިދުމަތުން ތުޙުމަތު ކުރަނީ ޑުގިނާ މަރާލުމަކީ ޔޫކްރެއިންގެ އިންޓެލިޖެންސުން ކުރި ކަމެކެވެ.

އެކަމުގައި ޔޫކްރެއިނުން ބޭނުން ކުރީ އެ ގައުމުގެ އަންހެނެކެވެ. އެމީހާ ރަޝިޔާއަށް އައިސް ހުރީ ޑުގިނާ ދިރިއުޅެމުންދިޔަ އެޕާރޓްމެންޓުގައެވެ. އަދި ޑުގިނާއަށް ބޮމުގެ ޙަމަލާ ދިނުމަށްފަހު ރަޝިޔާއިން ފިލައިގެން ދިޔައީކަމުގައި ވެއެވެ. 

Loading

2 Responses

  1. ހުރިހާ ނުބައިބައެއް ކުޅެފާހުންނާނީ އެމެރިކާއިން. ޔޫކުރެއިންގެ ރައީސްއަކީ ޒައަނިސްޓެއް. ޒައަނިސްޓުން ލައްވާ ދުނިޔެ ކައްކާ ބަޔަކީ އެމެރިކާއެވެ. އެހެނަސް ވާހަކަ ކިހާ މޮޅު؟

  2. އެމެރިކާގެ ކުރީގެ ރައީސަކު ވިދާޅުވެފައިވާގޮތަށް އެމެރިކާ އަބަދުވެސް އޮންނަން ޖެހޭނީ ހަތިޔާރު އުފައްދާ ހަތިޔާރު ވިއްކާ ގައުމެއްގެ ގޮތުގައެވެ. ދޭތެރެ ޖައްސައިގެންނޫނީ އެކަންކުރާނެގޮތެއް ހޯދަން އުނދަގޫ ވާނެއެވެ. މިހާރު މިއޮތީ މުޅިދުނިޔޭގެ ހުރިހާ ފަރާތަކަށް ހަންފަތުރާފައެވެ. ކިރިޔާ ނުރަނގަޅު ފިޔަވަޅެއް އެޅިޔަސް ފައިދަށުން ހަންގަނޑު ދަމައިގަންނާނެއެވެ. އޭރުން ވެއްޓޭނީ ބަނޑުވަތަށްކަން އެންމެނަށްވެސް އެނގޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް