އިސްލާމްދީނުގެ އަސްލުތަކާއި އަގީދާ ފަނޑުކޮށްލަން ޖާގައެއް ނުދެވޭނެ - އީރާން      

Loading

Facebook
Twitter
WhatsApp

އީރާނުން އިސްލާމްދީނުގެ އަސްލުތަކާއި އަގީދާ ފަނޑުކޮށްލަން ދެން ދުވަހަކުވެސް ޖާގައެއް ނުދެވެނޭކަމަށް އީރާނުގެ ފުލުހުންގެ ވެރިޔާ ހުސޭން އަޝްތަރީ ވިދާޅުވެއްޖެއެވެ. އީރާނުގެ ސަރުކާރަށް ރައްޔަތުންގެ ލޯތްބާއި ތާއިދު އޮތްމިންވަރު ދައްކާލުމަށް ބޭވުނު އެއްވުމުގައި މިލިއަނުން ސަޕޯޓަރުން މަގުރަކަށް ނިކުމެ މުޅިދުނިޔެއަށް  ދައްކާލެވިފައި ވާނެކަމަށް ޙަރަކާތުގެ ބައިވެރީން ބުނެއެވެ. 

ފުލުހުންގެ ބަންދުގައިހުރި 22 އަހަރުގެ މަހްސާ އަމީނީ މަރުވުމާގުޅިގެން އިރާނުގެ އެތެރޭގެ މާޙައުލު ސަރުކާރާ ދެކޮޅަށް ގޯސްކުރަމުން އަންނަމިދަނޑިވަޅުގައި އިރާނު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވެސް މިދިޔަ ހުކުރު ދުވަހު އީރާނުގެ ވަރަށް ގިނަ ޝަހަރުތަކެއްގެ މަގުތަކަށް ނިކުމެއެމީހުންގެ ސައިޒް ވަނީ ދައްކާލައިފައެވެ. 

އެނގިފައިވާ ގޮތުގައި އީރާނުގެ މޯރަލިޓީ ފުލުހުން މަހްސާ އަމީނީ ހައްޔަރުކުރީ މަގުމަތީގައި އުޅެން އެކަށީގެންނުވާ ހެދުމެއްގައި ހުރުމުގެ ސަބަބުންނެވެ. އިދިކޮޅުފަރާތްތަކުން ގެންދަނީ އަމީނީގެ މަރުވުން ބޭނުންކޮށްގެން އީރާނުގައި އަންހެނުންނަށް އަމިއްލަ އިޚްތިޔާރުގައި ހެދުން އެޅުމުގެ މިނިވަންކަންވެސް ނެތޭބުނެ އަދި އެއީ އީރާނަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބެއް ކަމަށްވެސް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.  

އީރާނުގެ މޯރަލިޓީ ފުލުހުންނަކީ އިސްލާމްދީނާ ޚިލާފް އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު އީރާނުގެ ފުލުހުންގެ ގާނޫނުގެ ދަށުން ބާރުލިބިގެން ހަވާލު ކުރެވިފާ ފުލުހުންނެވެ. އިރާނު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ގޮވާލަމުން ގެންދަނީ ސަރުކާރާއިދެކޮޅަށް ނިކުމެ އުޅެނީ އިސްރާއީލުގެ އޭޖެންޓުން ތަކެއް ކަމަށާއި ގުރުއާނުގެ ޙުކުމްފުޅަށް ތަބާ ނުވާމީހުންނަށް އޮންނަންޖެހޭނީ މަރުގެ އަދަބު ކަމުގައެވެ. ބައެއް ޓްވިޓަރ އެކައުންޓުތަކުގައި ބުނެފައިވަނީ އިސްފަހާނުގައި ސަރުކާރަށް ތާއީދު ކުރާމީހުންނާއި އިދިކޮޅުމީހުންގެ ވަރުގަދަ ކުރިމަތި ލުމެއް ހިނގާ ދިޔަކަމުގައެވެ.

ހަމަ އެފަދަ ކުރިމަތިލުން ތަކެއް ތެހެރާނުގެ އެކިހިސާބު ތަކުގައްޔާއި މެދުތެރޭ އީރާނުގެ ޝާހީން ޝަހަރުގައިވެސް ހިނގާދިޔަމަށެވެ. އިރާނު ސަރުކާރު ނެރެފައިވާ އިންޒާރުގެ އަމުރުގައި ބުނެފައިވަނީ މި ދެކޮޅުވެރި ޙަރަކާތްތައް ރާވައި ހިންގަން ހިތްވަރު ދެމުންގެންދާ އެންމެހާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމުގައެވެ. މި ކުރިމަތިލުންތަކުގައި މިހާތަނަށް 35 މީހުން މަރުވެފައިވާ ކަމަށް އީރާނުގެ ގައުމީ ޓި ވީން ޚަބަރު ދީފައިވެއެވެ. އިރާނުގެ ދާޚިލީ ވަޒީރު މަހްމޫދު އަލާވީ ވިދާޅުވީ އިސްލާމްދީނަށް ނަފްރަތު ކުރާމީހުން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އީރާނުން އިސްލާމްދީނުގެ އަސްލުތަކާއި އަގީދާ ފަނޑުކޮށް ނުލެވޭނެ ކަމުގެއެވެ. އަދި އެފުރުސަތު ދުވަހަކުވެސް ނުދެވޭނެކަމަށެވެ.                            

އިދިކޮޅުން ފާޅުކުރަމުންގެންދާ ފާޑުކިއުންތަކަކީ އީރާނު ސަރުކާރަށްދެވޭ އިންޒާރަކަށް ނުވިޔަސް ބައެއް އަންހެނުން އެމީހުންގެ ބުރުގާތައް އަންދާލަމުން ގެންދިއުމާއި ދީނީ އިމާމް އާޔަތުﷲ އަލީ ޚާމަނާއި އެއްފަރާތްކުރަންގޮވާލައި އަދި ބައެއް އަންހެނުން އެމީހުންގެ އިސްތަށިގަނޑު ހާމަތަންތަނުގައި ބުރިކުރަމުން ގެންދިއުމާއި އަދި އިސްލާމީވަންތަ ހެދުން އެޅުމުން މަނާވެގަތުމަކީ ސަރުކާރުން އެކަމާމެދު ވިސްނަން ޖެހިފައިވާ ކަމެކެވެ.

އީރާނުގެ ފުލުހުންގެ ވެރިޔާ ހުސޭން އަޝްތަރީ ވިދާޅުވަނީ އާންމުރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަހަރެމެންގެ ރަތްރޮނގެވެ. ބޭރުގެ ދުޝްމަނުންގެ އިރުޝާދަށް ތަބާވެގެން މި ގައުމުގައި ފަނި ހައްދަށް އުޅޭމިހުންނަށް އެކުޅެވެނީ ކުޅަނދުރު ހަތާއާއި ކަން އެނގެންޖެހޭނެއެވެ. އެމީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެއެވެ.ހަމަމިއާއެކު ސިފައިންގެ ފަރާތުން މިދިޔަ ކުރުދުވަހު ނެރުނު އިންޒާރުގައިވަނީ މި ގައުމުގެ އިސްލާމީ ވަންތަކަމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގޯނާކުރަން އުޅޭ ދުޝްމިނުންނާ ދޭތެރޭ މިލިޓްރީން ނިދިބަރުވެފައި ނުތިބޭނެ ކަމާއި ގާނޫނު އަރާ ހަމަކުރާނެ ކަމުގައެވެ. 

އަދި ރައީސް އިބްރާހީމް ރައީސީ ވެސް ވަނީ ހަމަ އެމޭރުމުން ވާހަކަފުޅު ދައްކަވައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ހިތްވަރު ދެއްވާފައެވެ. އ. ދ. ގެ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވިރު ކުރިމަތިލައްވަން ޖެހިވަޑައިގެން ފައިމިއޮތީ 2019 ވަނައަހަރުގެ ފަހުން އީރާނުގައި ހިނގަމުންދާ އެންމެބޮޑު ދެކޮޅުވެރިކަމުގެ ހަރަކާތަކާއިއެވެ. ސަރުކާރަށް ތާއީދުކުރައްވާ މީހުންނާ މުޚާތަބު ކުރައްވައި ރައީސީ ވިދާޅުވީ މިއަދު މިފެންނަނީ މިގައުމުގެ އިސްލާމީ ޝަރަފާއިކަރާމަތް ނެގެހެއްޓުމުގެ ކުޅަދާނަކަން އޮތް މިންވަރެވެ. 2019 ވަނައަހަރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އުފެދުނު ހަމަނުޖެހުމަކީ މިހާތަނަށް އީރާނުގައި ހިނގާދިޔަ އެންމެ ބޮޑު ދެކޮޅުވެރި ކަމެވެ. 

އެ ކުރިމަތިލުން ތަކުގައި ދޮޅުހާސްމީހުން މަރުވިކަމަށް އަންދާޒާކުރެވެއެވެ.އީރާނުގެ އިސް މަސްއޫލު ވެރިއަކު ވިދާޅުވެފައިވަނީ އެމެރިކާގައި ފުލުންތަޅައި މީހުންމެރުމުން ކަމަކަށް ނުވެފައި އިރާނުގެ ފުލުހުންގެ ބަންދުގައިހުރި މީހަކު މަރުވުމުން އެކަން ތަޙުގީގު ކޮށްލެވެން ދެންވެސް ފުރުސަތުދޭން ބޭނުންނުވެ، އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ މީހުންގާތަށް ނިދިނައިސްގެން މިއުޅެނީ ކީއްވެގެންތޯ ވެސް ސުވާލު ކުރަން އެބަޖެހެއެވެ.

އ. ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރެސް ނިއުޔޯކުގައި ރައީސީއާއި ބައްދަލު ކުރައްވައި އިންސާނީ ކަރާމަތާއި ޙައްގުތަކުގެ މައްޗަށް ވާހަކަ ދެއްކެވިކަމަށާއި ސުލްހަވެރި މަޒާހަރާތައް ކޮންޓްރޯލްކުރަން އަކަށީގެން ނުވާ ފަދައަކުން ބާރުގެ ބޭނުން ކުރުމުން ގިނަބަޔަކަށް އަނިޔާވެ އަދި ބައެއްމީހުން މަރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށްވެސް އ.ދ. ގެ ސްޕޯކްސް ޕަރސަން ވިދާޅުވިއެވެ.

އ.ދ.ގެ ޢާންމުޖަލްސާގެ ހަވާސާ ބައްދަލުވުމެއް އެމެރިކާގެ ވެރީންނާއިއެކު ބޭއްވުމަށް ރައީސް ރައީސީ ވަނީ ”ބޭނުންނެތް ކަމެއްގެ ގޮތުގައި“ފާހަގަކުރަށްވައި، އެފަދަ ބައްދަލުވުމަކަށް ނޫނެކޭ ވިދާޅުވެފައެވެ.                                

Loading

2 Responses

  1. އީރާނާ ހަނގުރާމަކޮށްގެން މާބޮޑު ކާމިޔާބީއެއް ނުލިބޭނެކަން ހުޅަނގަށް އެނގެއެވެ. އީރާނަކީ އިރާގެއްނޫނެވެ. ގައުމިއްޔަތާ ޖެހުނީމާ ސައްހާފެއް ނުއުފެއްދޭނެއެވެ. އެހެންވީމާ އެތެރޭގެ ގަޑުބަޑު އުފައްދައިގެން އިންސާނީހައްގޭ ބޯވެސް ބޭލެންޖެހޭނެޔޭ ބުނެގެން ބޯކާލެވޭނެ ބަޔަކު ތިބޭނެއެވެ. އެމީހުން މަގުތަކަށް ނެރެގެން އެމީހުން ފުނޑިގެން ދިޔައިމާ ދެންދައްކާނީ އާދަޔާ ޚިލާފަށް ބާރުގެ ބޭނުން ކުރާވާހަކައެވެ. ފޮލޯއިޑް މަރުވީ ހިތްހުއްޓިގެން ހެއްޔެވެ ؟ ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް ކޮންމެވެސް މޮޔައަކު އަތުގައި އޮންނަ ބަޑީގެ ވަޒަންތައް ހުސްކޮށްލަނީ މަރަށް ހުކުމް ކޮށްފައި ތިބޭ މީހުންގެ ބޮލަށް ހެއްޔެވެ ؟ މިވާހަކަވެސް ތަންކޮޅެއް ފަލަ ސުރުޚީއަކާއެކު ހަނދާން ކޮށްދެމުން ގެންދާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް