އެމެރިކާ އާއި ސަޢޫދީގެ ގުޅުން ރެނދުލައިފި 

Loading

Facebook
Twitter
WhatsApp

އޯޕެކް (ޕްލަސް) އިން ތެޔޮ އުފެއްދުން މަދުކުރީމާ އެމެރިކާ އާއި ސަޢޫދީގެ ގުޅުން ރެނދު ލައިފިއެވެ. އޯޕެކް (ޕްލަސް) އިން ތެޔޮ އުފައްދާ މިންވަރު މަދުކުރަން މި ހަފްތާގައި ނިންމި ނިންމުމާއި ގުޅިގެން ވައިޓް ހައުސް އާއި ސައޫދީ ޝާހީ ޢާއިލާއާއި އެކު ހީނަރުވަމުންދާ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިހުނަށްވުރެންވެސް ގޯސްވެއްޖެއެވެ. 

އޯޕެކުން އެގޮތަށް ނުނިންމުމަށް އެމެރިކާގެ ރައީސް ބައިޑަން ވަރަށް ބޮޑަށް ބާރު އަޅުއްވަމުން ގެންދެވިއެވެ. އެމެރިކާއިން މަސައްކަތް ކުރަމުންގެންދަނީ ރަޝިޔާގެ ހަކަތައިން އެގައުމަށް ލިބޭ އާމްދަނީއަށް ހުރަސް އެޅުމާއެކު އެމެރިކާއިން ތެލުގެ ބާޒާރު އަލުން ގަޑުބަޑު ނުވާނެހާ ގޮތްގޮތަށް ބަލައިގެން ވިޔަސް މިޑްޓާމް އިންތިޚާބާ ހަމަޔަށް ހަކަތައި ކޮންޓްރޯލް އެއްވަރެއްގައި ހިފޭއްޓުމަށެވެ. 

އެމެރިކާ ސަރުކާރުން އެންމެ އިސް ސަފުގައި ޙަރަކާތްތެރިވާ ބޭފުޅުން މެދުވެރިކޮށް އޯޕެކް (ޕްލަސް) އިން ތެޔޮ އުފައްދާ މިންވަރު މަދު ކުރިޔަ ނުދިނުމަށް ކުރި ހުރިހާ މަސައްކަތް ދިޔައީ ފަނުފުލުންނެވެ. ރައީސް ބައިޑަންގެ ހަކަތައާއިބެހޭ އެންމެ އިސް މުޝީރާއި ނޭޝަނަލް ސެކިއުރިޓީ އޮފިޝަލުން ސަޢޫދީ އެރޭބިޔާއަށް ފޮނުވައިގެންވެސް ރަނގަޅު ނަތީޖާއަކާ ހަމަޔަށް ނުދެވުނެވެ. އަދި ރަޝިޔާ ނުވަތަ އެމެރިކާ ޚިޔާރުކުރަން ފާޑަކަށް ބިރުދައްކައި ގެންވެސް އެ ވާހަކަތައް ކާމިޔާބެއް ނުވިއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ސަޢޫދީގެ ވަފުދުން ބުނެފައިވަނީ “ އެމެރިކާއަކީ ދުނިޔޭގައި އެންމެގިނައިން ތެޔޮ އުފައްދާ ގައުމުކަމަށް ވާއިރު ތެލުގެ ބާޒާރު ތިޔާގި ކުރަން އެމެރިކާއިން ބޭނުންވާނަމަ އެމެރިކާއިން އިތުރަށް ތެޔޮ އުފައްދައިގެން ބާޒާރަށް ނެރޭށެވެ“.  މިކަމާބެހޭގޮތުން ރޮއިޓާރސް އިން ގުޅުމުން ސަޢޫދީން ޖަވާބެއް ނުލިބުކަމަށް ރިޕޯޓް ކުރެއެވެ.  

އެހެންނަމަވެސް ސަޢޫދީގެ ހަކަތައާއިބެހޭ ވަޒީރު ޕްރިންސް އަބްދުލް އަޒީޒު ވިދާޅުވީ “ އަހަރެމެންގެ އެންމެ ފުރަތަމަ ވިސްނުމަކީ ސަޢޫދީ އެރޭބިޔާއަށް އެންމެ ފައިދާ ހުރިގޮތެކެވެ. އެއަށްފަހު އޯޕެކް އަދި އޯޕެކް (ޕްލަސް) ގެ މެމްބަރު ގައުމުތަކަށް އެންމެ ފައިދާހުރި ގޮތެކެވެ“. އަހަރެމެންގެ ޝައުގުވެރިކަން ހުރީ މުޅިދުނިޔޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ބޭނުންވާ ހަކަތަ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށެވެ. އެމެރިކާއިން އީރާނުގެ ނިއުކްލިއަރ އެއްބަސް ވުމާދޭތެރޭ ކަންތައްކުރި ގޮތާއި ސަޢޫދީން އިސްނަގައިގެން ޔަމަނުގައި ހިނަގަމުންގެންދާ މިލިޓްރީ ޙަރަކާތްތަކާ ދޭތެރޭ އެމެރިކާއިން ކަންތައްކުރަމުން ގެންދާ ގޮތުން ސަޢޫދީން ވެސް ތިބީ މިހާރު ވަރަށް ނުރުހިފައެވެ. 

ރަޝިޔާގެ ތެޔޮ އުފެއްދުމާއި އޭގެ އަގު ވަކި މިންވަރަކަށ ްވުރެން ބޮޑުނުކުރެވޭ ގޮތަށް ހަދަން އެމެރިކާއިން ކުރަމުންދިޔަ ފިއްތުންތަކާ ބެހޭގޮތުން ޕްރިންސް އަބްދުލް އަޒީޒް ބިން ސަލްމާން ވިދާޅުވީ އެއީ ކީއްވެގެން ކުރަން ބޭނުންވާ ކަމެއްކަން އަދި އެ ފިއްތުންތަކުގެ ސަބަބަކީ ވެސް ކޮބައިކަން ބަޔާންކޮށްފައި ނެތުމުން އެކަން ތަންފީޒުކުރަން އަހަރެމެން ބާރު އަޅަންޖެހޭ ގޮތެއް ނުވިސްނެއެވެ. ސަޢޫދީގެ ވިސްނުމަކީ ހަކަތައިގެ ބާޒާރު އޮންނަންޖެހޭނީ ވިއްކާ މީހާއާއި ގަންނަމީހާގެ އިޚްތިޔާރަށް ދޫކޮށްލެވިފައެވެ.

ތެލުގެ އަގު އުފުލިގެން ދިޔަ ނުދިނުމަށްޓަކައި އެމެރިކާއިން 180 މިލިއަން ފީފާގެ ތެޔޮ މިދިޔަ މާރޗްމަހު ބާޒާރަށް ނެރުނެވެ. އޯޕެކް (ޕްލަސް) އިން ބުނާގޮތުގައި ބައިނަލް އަގްވާމީ ހަކަތައާއިބެހޭ އޭޖެންސީގެ ޑޭޓާ އެ ޖަމްއިއްޔާއިން ދެން ބޭނުމެއް ނުކުރާނެއެވެ. ސަބަބެއްކަމުގައި އެ ޖަމްއިއްޔާއިން ބުނަނީ އެއީ ހުޅަނގަށް ނިސްބަތް ކުރެވޭ އޭޖެންސީއަކަށް ވެފައި އެމެރިކާއިން މާބޮޑަށް ނުފޫޒު ފޯރުވަމުން ގެންދާތީއެވެ.

ސަޢޫދީގެ މިނިންމުމާއި ގުޅިގެން ރައީސް ބައިޑަން ވިދާޅުވެފައިވަނީ އެއީ ވަރަށް އަޑުއަހަން ބޭނުންނުވި އަދި ވަރަށް ދެރަވި ނިންމުމެއް ކަމުގައެވެ. އެހެންނަމަވެސް ތެލުގެ ބާޒާރުގައި އެމެރިކާއަށް ކުރެވޭނެ ކަންތައްވެސް އެބަހުރި ކަމަށެވެ. ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ މިދިޔަ ބުދަ ދުވަހު ވިދާޅުވީ އޯޕެކް (ޕްލަސް) ގެ ނިންމުމަކީ ރަޝިޔާކޮޅަށް ބުރެވެފައިވާ ނިންމުމެއް ކަމުގައެވެ. 

އެކަމުގެ ސަބަބުން ސައޫދީ-އެމެރިކާގެ ގުޅުމަށް މެދުވެރިވެދާނެ ބަދަލަކާބެހޭގޮތުން ވާހަކަދައްކަން އޭނާ މިވަގުރު ބޭނުމެއް ނުވާކަމަށެވެ. އެހެންނަމަވެސް ޑިމޮކްރެޓުން ކޮންގްރެސްގައި ވާހަކަ ދައްކަމުން ސަޢޫދީ އެރޭބިޔާގައި ތިބި އެމެރިކާގެ ސިފައިންނާއި ހަތިޔާރުތައް އަނބުރާގެންނަން ބާރުއަޅާފައިވެއެވެ.  އެމެރިކާގެ ވާހަކަތަކާއި ގުޅިގެން ސަޢޫދީ ދައުލަތުގެ ޚާރިޖީ ވަޒީރު އަބްދުލް ޖުބައިރަށް ފޮކްސް ނިއުސްއިން ދެންނެވުމުން ވިދާޅުވެފާވަނީ ސަޢޫދީ އެރޭބިޔާއިން ތެލާއި ސިޔާސަތާއި އެއް ނުކުރާނެކަމުގައެވެ. އަދި އެމެރިކާގައި ތެލުގެ އަގު ދަށްނުކުރެވިގެން އުޅެނީ ފާއިތުވެ ދިޔަ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައިވެސް އެކަށީގެންވާ މިންވަރަކަށް ތެޔޮ ސާފުކުރާނެ ވަސީލަތް ގާއިމްކޮށްފައި ނެތުމުން ކަމަށެވެ.                                                    

ރައީސް ބައިޑަން ހުވާކުރެއްވުމުގެ ދުވަސްކޮޅެއް ފަހުން ޖަމާލް ޚަޝޯގީގެ މަރުގެ ޙާދިސާގައި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނުގެ ބައިވެރިވުން އޮތްކަމަށް އެމެރިކާއިން ހާމަކުރިއެވެ. މުޙައްމަދު ގެންދަވަނީ އެކަމަށް އިންކާރު ކުރައްވަމުންނެވެ. މިދިޔަ ޖުލައިމަހު ރައީސް ބައިޑަން ޖިއްދާއަށް ކުރެއްވި ދަތުރުފުޅުގައި އެ މައްސަލައާއި ގުޅިގެން އުފެދިފައިއޮތް ނުތަނަވަސްކަން ޙައްލު ކުރެވިދާނެ ކަމަށް ބެލެވުނެވެ. 

ނަމަވެސް މިހާރު އެ މައްސަލަ އެމެރިކާގެ ކޯޓަށް ހުށައެޅިފައި ވުމާއެކު މުޙައްމަދުގެ ބައިވެރިވުމެއް ނެތްކަން ސާބިތުކޮށް ދިނުމަށް ޓަކައި ގެންދަނީ ވަކާލާތު ކުރަމުންނެވެ.                                                          

އިންޓަރނޭޝަނަލް ސްޓަޑީޒްގެ ތަޖްރިބާކާރަކު ވިދާޅުވީ ތެޔޮ އުފެއްދުން މަދުކުރަން ނިންމުމުން ސަޢޫދީއަށް ލިބޭ އާމްދަނީ އިތުރުވެ އަދި ތެލުގެ ކޮންޓްރޯލް އޯޕެކް (ޕްލަސް) އަށް ލިބިފައި އޮތުމަށް މަގު ފަހިވެގެން ދާނެކަމަށް ސަޢޫދީން އުންމީދު ކުރާނެއެވެ. އަދި މައިކްރޯއިކޮނޮމިކްސްގެ މައްސަލަތައް މެދުނުކެނޑި ގޯސްވަމުން ދާއިރު ތެޔޮ އުފެއްދުން މަދުކުރަން ނިންމުމުން އެމެރިކާ ތެޅިފޮޅެން ޖެހޭނެކަން ސަޢޫދީއަށްވެސް އެނގެއެވެ. އެކަމަކު ސަޢޫދީން އެމީހުންގެ މުށުތެރޭގައި އޮތް ބާރު އަތުން ދޫވެގެން ދިޔަކަ ނުދޭނެކަން މިވަނީ ދައްކުވާފައެވެ.                            

Loading

One Response

  1. ދުރު މުސްތަގުބަލެއްގައި ސަޢޫދީއަށް ލަނޑެއް ދޭނެއެވެ. މަދު އިރުމަގީ އެމީހުންގެ އެންމެ ގާތް މީހަކީ ޢީރާނުގެ ޝާހް އާއި ސައްދާމު ޙުސެއިން ނޫންތޯއެވެ. ޝާހުގެ ބާރު ކެނޑުމުން މަރުވެލަންދެން އެމެރިކާގައި ހުރިޔަވެސް ނުދިނެއް ނޫންތޯއެވެ. ދެން ސައްދާމު ބުނާހާ ބެރަކަށް ނުނެށީމާ އިރާގަށް ޑިމޮކްރެސީ ގެނެސް ރައްޔަތުން ލައްވާ ސައްދާމު ދަންޖައްސުވާ ؛އެ މުއްސަނދި އިރާގު ފަގީރުކޮށް ރޭޕް ކޮށްލީނުންތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް