އީރާނުގެ ޑްރޯންތަކުގެ ސަބަބުން ހަނގުރާމައިގެ ނުރައްކާ އިތުރުވެއްޖެ - ޔޫކުރެއިން 

Loading

Facebook
Twitter
WhatsApp

މީގެ ދުވަސްކޮޅެއް ކުރިން އީރާނުން ރަޝިޔާއަށް ވިއްކި ޑްރޯންތަކީ އެމެރިކާއާއި ހުޅަނގުން ބުނިގޮތުގައި އެއީ ކުޑަކުދިންކުޅެން ގެންގުޅޭކަހަލައެއްޗެކަމަށް ބުނެ، މަލާމާތް ކުރަމުން ގެންދިޔައެވެ. ނަމަވެސްޑްރޯންތަކުގެ ސަބަބުން ޔޫކްރެއިންގެ ހަނގުރާމައިގެ ޙާލަތު ނުރައްކާތެރި ވެއްޖެކަމަށް ޔޫކުރެއިންގެ ރައީސް ޒެލެންސްކީ މިހާރު ވިދާޅުވެއްޖެއެވެ.                                                 

އީރާނުގެ ޑްރޯންތައް ޔޫކްރެއިންގެ ޖައްވުން ފުރަތަމަ ދައްކާލީވެސް މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ޔޫކްރެއިން ސިފައިންގެ ޖޫނިއަރ ސަރޖެންޓް އެންޑްރިއާނާ އަރެޚްތާ ބުނެފައިވަނީ ޔޫކްރެއިންގެ ދެކުނު ސިޓީ އެއް ކަމުގައިވާ ޚަރސޮން ގައި ޙަރަކާތްތެރި ވަމުން އަންނަ އޭނާއަށް ނިސްބަތްކުރެވޭ ޚާއްސަ ލަޝްކަރަށް އެ ޑްރޯންތަކުން ޙަމަލާދެމުން ގެންދަނީ ރަޝިޔާގެ ކްރީމިއާގެ ސަރަހައްދުން ކަމަށެވެ. 

އެ ޑްރޯންތައް އަހަރެމެންގެ ދިފާއީ ނިޒާމަށް އެރުމެއްނެތި އަހަރެމެންގެ މަގާމުތަކަށް ބޮން އެޅުމުގެ ސަބަބުން މިހާތަނަށް  ޓޭންކްތަކެއް ކަލާކުވެ އޭގައި ތިބި މިހުން ވަނީ މަރުވެފައެވެ. އެ ޑްރޯންތައް އަހަރެމެންގެ ރާޑަރަކަށް ނުފެނެއެވެ. މިއީ އަހަރެމެންނަށް މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

ފާއިތުވެ ދިޔަ ހަފްތާގައި އީރާނުގެ ޝަހީދު އަދި މުހާޖިރުގެ ނަންދީފައިވާ ޑްރޯންތައް ވަރަށްގިނައިން ރަޝިޔާއިން ބޭނުން ކޮށްފައިވެއެވެ. އަދި އެ ޑްރޯންތަކުގެ ސަބަބުން ޔޫކްރެއިންގެ ހަނގުރާމައިގެ ލަޝްކަރު ތަކަށް ބޮޑެތި ގެއްލުންތަކެއްދީ ގިނަ އަދަދެއްގެ ޓޭންކުތަކާއި ހަތިޔާރުއެޅި އުޅަނދުތައް ވަނީ ސުންނާފަތި ކޮށްލާފައި ކަމުގައި ބުނެއެވެ. މީގެ އިތުރުން އޮޑެއްސާގެ ބަނދަރަށާއި އާންމު އިމާރާތްތަ ކަށްވެސް ބޮޑެތި ގެއްލުންތަކެއް ދެމުންއެބަ ގެންދެއެވެ.                                                        

ޔޫކުރެއިން ބުނާގޮތުގައި އެމީހުންގެ އެންޓި އެއަރކްރާފްޓް ލަޝްކަރުން އިރުމަތީ އޮޑެއްސާގައި އޭގެ ޑްރޯންތަކެއް ވައްޓާލާފައި ވާކަމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް ޒެލެންސްކީ ދެއްވި ބަސްދީ ގަތުމުގައި ވިދާޅުވިއެވެ. އޭގެ ތެރޭގައި ޝަޙީދު 136 ކަމިކާޒެ އާއި މުހާޖިރު 6  މަރުކާގެ ޑްރޯންތައް ހިމެނެއެވެ. އެ ޑްރޯންތަކަކީ ހަނގުރާމައިގެ ހަތިޔާރު އުފުލުމާއި އަދި ފާރަލުމަށްވެސް ބޭނުންކުރެވޭ ޑްރޯންތަކެއް ކަމަށް ސިފައިންގެ ތަޖްރިބާކާރުން ބުނެފައިވެއެވެ.    

ޔުކްރެއިން ސިފައިންގެ ތެރޭގައި ޙަރަކާތްތެރިވާ އެކްޓިވިސްޓުން ބުނާގޮތުގައި އީރާނުގެ ޑްރޯންތަކުން ސިފައިންގެ ލަޝްކަރުތަކާއި ޢާންމުރައްޔިތުން ނަށްވެސްވަނީ ބޮޑެތި ނުރައްކަލާ ކުރިމަތި ލާންޖެހިފައެވެ. އެ ޑްރޯންތަކުގެ ސަބަބުން މެދުވެރި ވެފައިވާ ނުރައްކާތެރި ކަމާހުރެ މިހާރުން މިހާރަށް އިތުރު ޒަމާނީ ހަތިޔާރު އަހަރެމެންނަށް އެބަ ބޭނުންވެއެވެ.

އެހެންނޫނީ މިފަހުން އަހަރެމެންނަށް ހޯދުނު ކާމިޔާބީ ދެމެހެއްޓޭގޮތް ނުވެދާނެކަމުގެ ކަންބޮދުވެސް ފާޅުކުރިއެވެ. އަދި ފިނި މޫސުމް ފެށުމުގެ ކުރިން އަހަރެމެން އުންމީދު ކުރާ އިތުރު ކާމިޔާބީ ތަކާ ހަމަޔަށް ދިއުމަށް ހުޅުވެމުންދާ މަގުތައްވެސް ބަންދު ވެދާނޭކަމަށް ބުނެއެވެ.                                                   

އީރާނުގެ ޑްރޯންތަކުގެ ސަބަބުން ހަނގުރާމަ ރަޝިޔާގެ ކޮޅަށް ލެނބުމުގެ ބިރުވެސް އެބައޮތްކަމަށް ބުނެއެވެ. އެ ޑްރޯންތައް އުދުހެނީ ސްޓިންގަރ އެންޓި އެއަރކްރާފްޓް މިސައިލް ތަކުންވެސް ވައްޓާލެވޭހާ ތިރިންނެވެ. އެކަމަކު އެ ޑްރޯންތަކުގެ ސައިޒް ކުޑަވެފައި އަދި އޭގެން ޙަމަލާދެނީ ރޭގަނޑުގެ ވަގުތުތަކުގައި ކަމަށްވެފައި އެމެރިކާއިން ޔޫކުރެއިންނަށް ދީފައިވާ ހަތިޔާރުތަކުގައި ނައިޓް ވިޝަން ހަރުކޮށްފައި ނެތީމާ އެ ޑްރޯންތަކަށް ޙަމަލާދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. 

ޔޫކުރެއިން ބުނާގޮތުގައި  މި ނުރައްކާތެރިކަން ޙައްލު ކުރުމަށްޓަކައިޔޫކްރެއިނަށް މިހާރު ބޭނުންވަނީ އެމެރިކާއިން އަފްޣާނިސްތާނުގައި ބޭނުންކުރި ވައްތަރުގެ އެއަރ ޑިފެންސް ނިޒާމަކާއި 360 ދަރަޖަ އެއްފަހަރާ ބެލެހެއްޓޭ ވައްތަރުގެ ރާޑަރއެވެ. އެއްފަރާތުން ރަޝިޔާގެ ހެލިކޮޕްޓަރުތައް އަނެއްފަރާތުން އީރާނުގެ މި ޑްރޯންތަކުން އަންނަ ޙަމަލާތައް މަތަ ކުރުމަށްޓަކައި މިހާރު އަތުގައިހުރި ހަތިޔާރުންނާއި އެމެރިކާއިން ދީފައިހުރި ސްވިޗްބްލޭޑް 300 ގެ ޑްރޯނުން ނުފުދޭ ކަމަށްވެސް އަރެޚްތާ ބުންޏެވެ. 

މިހާރު ލިބިފައިހުރި ސްވިޗްބްލޭޑް ޑްރޯންތަކުގައި ހަނގުރާމައިގެ ހަތިޔާރާއެކު އުދުހޭ ޑްރޯނަށް ޙަމަލާދިނުމުގެ ގާބިލުކަން ލިބިފައިނެތީމާ ޔޫކްރެއިނަށް ބޭނުންވަނީ އޭގެ އެންމެ ފަހުގެ ޑްރޯން 600 ގެ ވަރޝަން ގެ ޑްރޯނެވެ. އެމެރިކާއިން މިހާރު 600 ވަރޝަންގެ ޑްރޯން އުފައްދަން އޭރޯ ވައިރަންމެންޓަށް އޯޑަރ ދީފިކަމަށް ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް އެތަކެތި ލިބުމަށް ދުވަސްތަކެއް ނަގާނެއެވެ.                                                        

ޔޫކްރެއިން ސިފައިން މިހާރުގެންދަނީ އިރުމަތީ ފަރާތުން އޮސްކިލް ކޯރުގެ ސަރަހައްދުން ޑޮންބަސްއާ ދިމާލަށް ކުރިއަށް ޖެހެމުންނެވެ. އަދި ހަމައެއާއެކު ދެކުނުފަރާތުން ޚަރސޮން އާ ދިމާއަށް ކުރިއަރަމުންނެވެ.މިފަހަކަށް އައިސް ޔޫކްރެއިންގެ ސިފައިން ދިޔައީ ހަނގުރާމައިގާ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންކަމަށް ބެލެވެއެވެ.

އެހެންނަމަވެސް ޑޮނެޓްސްކްގައި ހިނގަމުންދާ ހަނގުރާމަގައި ޔޫކްރެއިންގެ ސިފައިންނަށް ގިނައުނދަގޫ ތަކަކާ ކުރިމަތި ލާން ޖެހިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އެސަހަރައްދުގައި ޔޫކްރެއިންގެ ހަނގުރާމަމަތީ އުޅަނދުތައް ހަލާކު ކޮށްލާފައި ވުމާއި އަދި އެ ސަރަހައްދު ޑްރޯން ޙަމަލާތަކަށް ހުޅުވިފައިއޮތުމުގެ ސަބަބުން އިތުރު ސަރަޙައްދުތައް އަތުލުމަށްޓަކައި ޔޫކްރެއިންގެ ސިފައިން ބޭނުންކުރަމުން ގެންދަނީ އާންމު ދަތުރުފަތުރު ކުރަން ބޭނުންކުރާ ޓޮޔޯޓާ ކާރުފަދަ އުޅަނދު ފަހަރެވެ.                                                     

ކީވްގައިހުރި ސޯވިއެޓް ޔުނިއަންގެ ޒަމާނުގެ ޓޭންކުތަކުގައި އަލިފާނުން ރައްކާތެރިކުރުވާނެ ނިޒާމެއް ނުހުރެއެވެ. އެއިންޓޭންކަކަށް ޙަމަލާއެއް އަރާ ރޯވެއްޖެނަމަ އަލިފާން ނިއްވާލަން ޖެހެނީ އާދައިގެ އަލިފާންނިވާ ފުޅިތައް ބޭނުންކޮށް ގެންނެވެ. އެ ޓޭންކުތަކުގައި ހުރި މުވާސަލާތުން ހުޅަނގުންދީފައިހުރި ޓޭންކުތަކަށް ގުޅޭކަށް ނޯވެއެވެ. ބޭނުންކުރަންޖެހެނީ މޯބައިލް ފޯނެވެ. 

އަދި ފިނިމޫސުމުގައި އެޓޭންކުތަކުގެ މައްސަލަވެސް އެހާގިނަވާނެއެވެ.ކަންމިހެން އޮތުމުން ރަޝިޔާގެ ސިފައިން ބަލިކުރުމަށްޓަކައި މިޒަމާނުގެ ޓޭންކުތަކާއި ހަތިޔާރު ޔޫކްރެއިނަށް ބޭނުންވެއެވެ. މިހާރު ޓޮޔޯޓާ ކާރު ބޭނުން ކޮށްގެންނަމަވެސް އަހަރެމެންނަށް އެބަ ހިފާއްޓާލެވެއެވެ. ނަމަވެސް އީރާނުގެ ޑްރޯން ތައް އުދެހެމުން ދާއިރު ނުރައްކާތެރި ކަންވެސްއެހާބޮޑެވެ. ޔޫކްރެއިން ސިފައިން މަސައްކަތް ކުރަމުން ގެންދަނީ ފިނި މޫސުމުގެ ކުރިން ވީހާވެސް ގިނަ ތަންތަން އަބުރާ އަތުލުމަށެވެ. 

އެކަމަކު ރަޝިޔާއިން އިތުރު ތިން ލައްކަ ސިފައިން ނެރުމުން ހުރަސްތަކަކާ ކުރިމަތި ލާންޖެހޭނެއެވެ. ރަޝިޔާއިން އިތުރަށް ނެރޭ ސިފައިންގެ ފެންވަރާ ދޭތެރޭ ބުނެވޭނީ ފިނިމޫސުމުގެ ދުވަސްތަކުގައި ހަނގުރާމައިގެ ދުވެލި ލަސްވާނެތީ ރަޝިޔާގެ ސިފައިންނަށް އިތުރު ތަމްރީނު ދިނުމަށް އެ ފުރުސަތުގެ ބޭނުން ކުރާނެއެވެ. ޔޫކްރެއިންގެ ވަރަށް އިސް ސަރޖެންޓަކު ބުނަނީ ރަޝިޔާ ސިފައިން ތަމްރީނުކުރާނެ ފުރުސަތު ލިބިއްޖެނަމަ ފިނިމޫސުން ނިމޭއިރު ރަޝިޔާގެ ސިފައިން އިތުރަށް ތައްޔާރުވާނެ ކަމަށެވެ. 

ހުޅަނގުން ޒަމާނީ ހަތިޔާރު ޔޫކްރެއިނަށް ލިބިއްޖެނަމަ އެ ފުރުސަތުގައި އަހަރެމެންވެސް ސިފައިން ތަމްރީނުކުރަން ބޭނުންކުރާނަމެވެ. އެކަމަކު އެފަދަ ހަތިޔާރު ލިބިދާނެކަމުގެ ޔަގީންކަމެއް އަދި ނުލިބެއެވެ. މީގެ ދެ ހަފްތާކުރިން ޔޫކްރެއިނުންވަނީ މިކަމަށް އެދި ސިޓީ ފޮނުވާފައެވެ. އަދި އިނގިރޭސި ބަސް އެނގޭ ބައެއް ޕައިލެޓުންވެސް މިހާރު ތިބީ ތަމްރީނަށް ފޮނުވަން ތައްޔާރު ކޮށްފައެވެ.                               

ޔޫކްރެއިނަށް ބޭނުންވާ ޓޭންކާއި އެފް-16 ގެ މަތިންދާބޯޓާއި އެހެނިހެން ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ޕެންޓަގަނުން ޔަގީންކޮށްދީފައި އޮތަސް އެތަކެތި ޔޫކްރެއިނަށް ފޯރުކޮށް ދިނުމަށްޓަކައި ސިޔާސީ ގޮތުން ނިންމަންޖެހޭ ނިންމުންތަކަށް ދުވަސް ނަގާނެ ވަރެއް ނޭގެއެވެ.                                       

އަހަރެމެންގެ އެކުވެރިން މަރުވެގެންދާތީ މިތިބީ ހަދާނެގޮތެއް ނެތިފައެވެ. ބައެއްފަހަރު ފޭސްބުކްގައި އެމީހުންނަށް އުފަންދުވަހުގެ ތަހްނިޔާ ފޮނުވުމުން ލިބެމުން އަންނަ ޖަވާބަކީ އޭނާ މިހާރު ދުނިޔޭގައި ނެތްކަމަށެވެ. ޔޫކުރެއިންގެ ސަރޖެންޓް އެންޑްރިއާނާ އަރެޚްތާބުނެފައިވެއެވެ.                                              

Loading

2 Responses

  1. ނައިޓް ވިޝަން އެއްނޫން އަދި ތަންތަން ނުފެނިގެން އުއުްބައްތިވެސް ދިއްލަންޖެހޭނެ. ތިޔަ ހަނގުރާމަ ހުއްޓާލާފާ ސުލްހަވެރިވެވޭތޯ ބަލާބަލަ.

  2. އީރަނަށް ހަމަ ސާބަސް. ތިޑްރޯންތައް ވިއްކައިގެން ވެސް ފައިސާގަނޑެއް ލިބޭނެތާއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް