ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރަން ފަސްނުޖެހޭނަމޭ މިބުނަނީ ސަމާސައަކަށް ނޫން: - ރަޝިޔާ 

Loading

Facebook
Twitter
WhatsApp

ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވަނީ ރަޝިޔާ ދިފާޢުކުރުމުގެ ފުރިހަމަ ޙައްގު އަބަދުވެސް ރަޝިޔާއަށް ލިބިފައި އޮންނާނޭ ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށްޓަކައި ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން ޖެހުނަސް އެކަންކުރުމުގެ ޙައްގުވެސް އޮންނާނެއެވެ. 

ރަޝިޔާއިން  ޔޫރަޕަށް ނިއުކްލިއަރ ނުރައްކާތެރި ޙާދިސާއެއް އަމާޒުކުރިޔަސް ބިރުން އެމެރިކާއާއި ނޭޓޯއިން ޔޫކްރެއިންގެ ހަނގުރާމައަށްވަންނާކަށް ނުކެރޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ސަލާމަތާބެހޭ ކައުންސިލްގެ މިހާރުގެ ޑެޕިއުޓީ ޗެއަރމަން މެޑްވެޑޭވް ވިދާޅުވީ ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަންޖެހޭ ފައްތަރަކަށް ގެންގޮސްފިނަމަ ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރާނަމޭ ބުނަމުން މިގެންދަނީ ސަމާސާއަކަށް ނޫންކަމަށެވެ.

   ޑިމިޓްރީ މެޑްވެޑޭވް ސިކިއުރިޓީ މީޓިންގައި :

ކަލޭމެނަށް ހަމައެކަނި ކަލޭމެން ދައްކާ ވާހަކަ އަޑުއިވޭ ބީރު ކަންފަތްތަކަށް އަނެއްކާވެސް އަހަރެން މި ހަނދާންކޮށްދެނީ ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަންޖެހޭ ފައްތަރަކަށް ގެންގޮސްފިނަމަ ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރާނަމޭ މިބުނަނީ ސަމާސާއަކަށް ނޫނެވެ. އަދި އެއީ އަހަރެމެންގެ ސިޔާސަތާ އެއްގޮތަށް ކުރެވޭނެކަމެކެވެ. މިސާލަކަށް ޔޫކްރެއިންގެ ހަނގުރާމާގައި ރަޝިޔާއާއި ދެކޮޅަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އެހީތެރިވެދީ ވަރަށްގިނަ އުދުވާންތައް މިހާތަނަށްވަނީހިންގާފައި ވެއެވެ. އެހެންނަމަވެސް ނޭޓޯއަކަށް ސީދާ މިޢުދުވާންތަކުގައި ފައުޅުގައި ޙަރަކާތްތެރި ވާކަށް ނުކެރޭނެއެވެ. އެހެނީ އޭގެނަތީޖާ ވަރަށް ހިތިވާނެކަން އެމީހުނަށް އެނގޭނެއެވެ.                                            

އުމުރުފުޅުން 57 އަހަރުގެ މެޑްވެޑޭވް އަކީ 2008 ން 2012 ށް ރަޝިޔާގެ ރައީސްކަމާއި 2012 ން 2020 ށް ރަޝިޔާގެ ބޮޑުވަޒީރުކަން  ކުރައްވާފައިވާ ބޭފުޅެކެވެ. އެއްދުވަސްވަރެއްގައި އެބޭފުޅާ ފާހަގަ ކުރެވިގެންދިޔައީ އެމެރިކާއާއިވެސް ގުޅިގެން ”އިސްލާޙަށް“ މަސައްކަތް ކުރައްވަން ބޭނުންފުޅުވި ބޭފުޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް ފަހަކަށްއައިސް އެބޭފުޅާ ފާހަގަ ކުރެވިފައިވަނީ ރައީސް ޕޫޓިންގެ އަރިހުގައި ހުރި އެންމެ ”ހަރުކަށީ“ ވިސްނުމަށް އެންމެބޮޑަށް ތާއީދުކުރައްވާ ބޭފުޅާކަމުގައެވެ. އަދި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާނެކަމުގެ އިންޒާރުވެސް އެންމެ ފާޅުގައި ދެއްވަމުން ގެންދަވަނީ އެ ބޭފުޅާއެވެ.                                                   

ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި އެކަމަށް ފަސްނުޖެހޭނެކަމަށް ރަޝިޔާއިން ބުނަމުންގެންދާ ގެންދިއުމަށް އެމެރިކާއިން ސީދާ ގޮތެއްގައި މިހާތަނަށް ރައްދު ދީފައެއް ނުވެއެވެ.

އެހެނަސް މި ދިޔަ ހަފްތާ ބަންދުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖެކް ސުލިވާން ވިދާޅުވެފައިވަނީ ރަޝިޔާއިން ޔޫކްރެއިނަށް ނިއުކްލިއަރ ޙަމަލާއެއް ދީފިނަމަ އެމެރިކާއިން ފައިސަލާ ކުރަނިވި ރައްދެއް ދޭނެކަމުގައެވެ. އަދި ދެން ކުރިމަތި ވެދާނެކޮންމެ ޙާލަތަކަށް ރަޝިޔާ ޒިންމާނަގަން ޖެހޭނެ ކަމުގައެވެ.                            

ނިއުކްލިއަރ ހަތިޔާރުން ޙަމަލާއެއް ދީފިނަމަ އެކަން ވެގެންދާނީ 1945 ވަނައަހަރު ޖަޕާނުގެ ހީރޯޝީމާ އާއި ނާގަސާކީއަށް އެމެރިކާއިން ދިން ޙަމަލާގެ ފަހުން ދެވަނަފަހަރަށް އެފަދަ ހަތިޔާރު ބޭނުން ކުރެވޭ ފަހަރުކަމުގައެވެ. ދުނިޔޭގައި މިހާރު ހުރި ނިއުކްލިއަރ ހަތިޔާރުގެ 90 އިން ސައްތަ ހުރީވެސް ރަޝިޔާ އާއި އެމެރިކާގައެވެ. 

ބުނެވޭގޮތުގައި ރަޝިޔާގައި 5977 ނިއުކްލިއަރ ހަތިޔާރު ހުރިއިރު އެމެރިކާގައި އެފަދަ 5428 ހަތިޔާރު އެބަހުއްޓެވެ. އަދި ޗައިނާގައި 350 ފަރަންސޭސި ވިލާތުގައި 290 އަދި އިނގިރޭސި ވިލާތުގައި 225 ހަތިޔާރާއި އަދި އިޒްރޭލުގައި ޑިކްލިއަނުކޮށް ހުރި 90 ނިއުކުލިއަރ ހިމެނެއެވެ.

Loading

2 Responses

  1. އިޒްރޭލް ގައި ނިއުކްލިއަރ ހަތިޔާރުހުރިކަން އެއީ އެންމެނަށްވެސް އެނގޭ ބޮޑު ސިއްރެއް. އެހެނަސް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަޅައެއް ނުލާނެ. އިސްލާމީ ގައުމަކުން އަލިފާންފޮއްޓެއް ހެދިޔަސް ކަންބޮޑުވާނެ. ނަސީބެއް ޕާކިސްތާނުން ވަގުތުބަލާފަ އެކަން ކޮއްލިކަން. ރަނގަލަށްވިއްޔާ އީރާނުގައިވެސް މިހާރު އެބާރު ހުންނާނެކަމަށް ބެލެވެއެވެ.

  2. ޚަބަރުތަކުގައި ބުނެފާއެބަހުރި އީރާނުގެ މަގުތަކުގައްޔާ ކުނިގޮނޑުތަކުގައިވެސް ވަކިމީހަކަށް ނުލައްވާގޮތަށް ފައްކާކޮށްފައިހުރި ޔުރޭނިއަމް ހުރި ވާހަކަ. އަދި އެތަކެތީގެ ވެރިންހޯދަން އެޓޮމިކް އޭޖެންސީން އިއުލާނެއް ކޮށްގެންވެސް އެނގޭ މީހަކު ހުރިކަމަކަށްނުވިޔޯލަ. އެވަރުގެ ބަޔަކު ފޮރުވައިގެން ގެންގުޅޭ އެއްޗެހި ފެންނާނެތަ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް