ޑޮލަރު ގޯނީގެ ތުން މޮހާލަން ޗައިނާގެ ގައުމީ ބޭންކުތަކަށް އަންގައިފި

Loading

Facebook
Twitter
WhatsApp

ޕީޕަލްސް ބޭންކް އޮފް ޗައިނާ އިން ޗައިނާގެ ގައުމީ ބޭންކުތަކުން ޑޮލަރ ވިއްކައިގެން ޔުއާން ގަތުން އިތުރުކުރަން އަންގައިފިއެވެ. މި ފިޔަވަޅުގެ ސަބަބުން ޗައިނާގެ ފައިސާ، ޔުއާންގެ އަގު އުފުލުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެއެވެ.             

ގައުމީ ބޭންކުތަކުން ޑޮލަރު ވިއްކާނެ އަދަދެއް މިހާތަނަށް ކަނޑައަޅާފައި ނުވެއެވެ. ޚަބަރުތައް ބުނާގޮތުން އެކަން ބިނާވެގެންދާނީ ޗައިނާއިން ބޭރުގައި ހުރި އެ ބޭންކުތަކުގައި ޑޮލަރ ހުރި ނިސްބަތެއްގެ މައްޗަށެވެ. އެނގިފައިވާގޮތުގައި ހޮންކޮންގ އާއި ނިއުޔޯރކް އަދި ލަންޑަން ގައި ހުރި އެ ބޭންކުތަކުގެ ގޮފިތަކުގައި ޔުއާންހުރި ނިސްބަތުގެ މައްޗަށްބަލައި ގަނެ ވިއްކާ ބާޒާރަށް އެންމެގިނައިން ނެރެވެން ހުރިޑޮލަރގެ މިންވަރު ދެނެގަތުމަށް މިހާރު ވަނީ އަންގާފައެވެ.                                                            

މިދިޔަ ބުރާސްފަތި ދުވަހު ޑޮލަރުގެ ނިސްބަތުން ޔުއާންގެ އަގު ވަނީ 7.1340 އަށް ވެއްޓިފައެވެ. 2020 ގައި ޔުއޭންގެ އަގު ހުރީ 6.90 ގައެވެ. މިއީ 1994 ގެ ފަހުން ޔުއާންގެ އަގު އެންމެ ދަށަށްދިޔަ ފަހަރެވެ. އަދި ޗައިނާއިން ބޭރުގައިހުރި ގޮފިތަކުގައިވެސް ޑޮލަރުގެ ނިސްބަތުން ޔުއާންގެ އަގު ވަރަށްބޮޑަށް ދަށަށް ދިޔަކަން ފާހަގަ ކުރެވިގެން ދިޔައެވެ.                      

އެމެރިކާގެ ފެޑެރަލް ބޭންކުގެ ގޮތް ދޫނުކުރުމުގެ ސިޔާސަތުގެ ދަށުން އެހެންގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ޑޮލަރުގެ އަގާ ނުކުޅުމަށާއި ރިޒާވް ކަރެންސީގެ ގޮތުގައި ދެމެހެއްޓުމަށް ގެންދަނީ އަބަދުވެސް ފިއްތުން ކުރިމަތި ކުރަމުންނެވެ.

ހަމައެއާއެކު ޗައިނާއިންވެސް ގެންދަނީ ޔުއާންގެ އަގު ހިފޭއްޓުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ތަޢާރުފް ކުރަމުންނެވެ. އަދި މި ފިޔަވަޅުތަކުން މިހާތަނަށް އެދެވޭ ނަތީޖާއަކާ ހަމަޔަށް ނުދެވުނުކަމުގައި ވިޔަސް ކޯވިޑް 19 ގެ ސަބަބުން އަރިއަޅާލި އިގްތިސާދު ކޮޅަށް ޖެހުމަށާއި ރިއަލް އިސްޓޭޓް ވިޔަފާރީގައި ހިންދެމިލުމަށް މިހާރު ވަނީ މަގު ތަނަވަސްކޮށް ދީފިއެވެ. މިވަގުތުވެސް ދުނިޔޭގައި އެންމެ ފައިސާގެ ރިޒާވް ބޮޑު އެއްގައުމަކީ ޗައިނާއެވެ.

ދުނިޔޭގެ ފައިސާގެ މާރކެޓުން ފާހަގަކުރެވޭ އެހެން ޚަބަރުތަކުގައި ޖަޕާނާއި ކޮރެޔާއިންވެސް އެ ގައުމުތަކުގެ ފައިސާގެ އަގު ހިފޭއްޓުމަށްޓަކައި ޑޮލަރ ވިއްކަމުންގެންދަން ފަށައިފިކަން ހާމަކޮށް ފައިވެއެވެ. 

އެނގިފައިވާ ގޮތުގައި ޖަޕާނާއި ކޮރެޔާއިންވެސް އެތައް ބިލިއަން ޑޮލަރ ފޮރިން އެކްސްޗޭންޖް ބާޒާރަށް އޮއްސާލައިފި ކަމަށާއި ޖަޕާނުގެ ފިނޭންސް މިނިސްޓްރީން ނެރެފައިވާ ނޯޓިސް އެއްގައިވާ ގޮތުން ޔެންގެ އަގު ހިފޭއްޓުމަށްޓަކައި މިދިޔަ ހަފްތާގައި އެކަނިވެސް 2.8 ޓްރިލިއަން ޑޮލަރ ބާޒާރަށް ނެރެފައިވާ ކަމަށް އެނގިފައި ވެއެވެ. 

އަދި މިއީ 1998 ވަނައަހަރުގެ ފަހުން މިގޮތަށް ޖަޕާނުން ކަންތައްކުރި ފުރަތަމަ ފަހަރުވެސް މެއެވެ. މީގެ ސަބަބުން ޑޮލަރަކަށް 145 އަށް ވެއްޓުނު ޔެންގެ އަގު މިހާރު 144 އަށް އުފުލިފައިވެއެވެ.

އަދި ޑޮލަރުގެ އަގުގެ ނިސްބަތުން މިދިޔަ ހުކުރުދުވަހު ކޮރެޔާގެ ވޮން ގަންނަމުން ގެންގޮސްފައި ވަނީ ޑޮލަރަކަށް 1436 ވޮން ގެ ރޭޓުންނެވެ. ބައިނަލް އަގްވާމީ މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތު ތަކުން އެނގޭ ގޮތުގައި މިއަހަރުގެ ތެރޭގައި ޖަޕާނުގެ ޔެން ވަނީ އެމެރިކާ ޑޮލަރުގެ ނިސްބަތުން 26 އިންސައްތަ ކުރިއެރުމެއް ހޯދާފައެވެ. އަދި ކޮރެޔާގެ ވޮން 21 އިން ސައްތަ އުފުލިފައެވެ.                                         

ސައުތުކޮރެޔާގެ ބެންކް އޮފް ކޮރެޔާ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެބޭންކުން 15.41 ބިލިއަން ޑޮލަރު ވިއްކާފައިވެއެވެ. އަދި މިއީ އެ ބޭންކުން 2019 ވަނައަހަރު ތަފާސް ހިސާބު ހާމަކުރަންފެށި ފަހުން އެންމެ ގިނައިން ޑޮލަރ ވިއްކި ފަހަރެވެ.                        

އެމެރިކާ ޑޮލަރުގެ އަގު ވެއްޓުނަނުދޭން ފެޑެރަލް ރިޒާވް އިން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއް ފަދައިން އޭޝިޔާގެ ބައެއް ގައުމުތަކުގައިވެސް ފައިސާގެއަގު ވަނީ ވެއްޓިފައެވެ. 

ޖަޕާނުގެ ޔެން އަދި ކޮރެޔާގެ ވޮން ގެ އަގު ވެއްޓެން ދިމާވި މައިގަނޑު ސަބަބަކީ މި ދެ ގައުމަކީވެސް ތެޔޮ އިމްޕޯރޓް ކުރަންޖެހޭ ގައުމު ތަކަކަށް ވެފައި ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމައާ ގުޅިގެން ތެލުގެ ބާޒާރުގައި އަގުތައް އުފުލިގެން ދިއުމާއި އަދި ޑޮލަރުން އަގު ދައްކަން ޖެހުންކަމަށް ބުނެއެވެ.                                                       

Loading

One Response

  1. އަހަރެމެންގެ ޑޮލަރު ގޯނި އޮތީ ބަންގާޅުން އަތުގައި… އެމީހުން ބޭނުންވީމާ ބޭނުންވާ ވަރަކަށް ގޯނީގެ ތުން ހުޅުވާދޭނީ…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް