އީރާނުގެ ނިއުކްލިއަރ އެއްބަސްވުން ދެން ކުރިއަކަށް ނުދާނެ – އެމެރިކާ

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖީން ޕިއާރ ދެއްވި ބަސްދީގަތުމެއްގައި އީރާނުން ނިއުކްލިއަރ ހަކަތަ އުފެއްދުން ކޮންޓްރޯލް ކުރުމާއި ބެހޭގޮތުން 2015 ވަނައަހަރު އެއްބަސްވެވުނު ޖޭ. ސީ. ޕީ. އޯ. އޭ ގެ އެއްބަސްވުމުން ޓްރަމްޕުގެ ރިޔާސަތުގައި އެމެރިކާ އެކަހެރި ވުމާގުޅިގެން އަލުން އެ އެއްބަސްވުމުގައި އެމެރިކާއާއި އީރާން އެއްގަލަކަށް އެރުވުމަށް ކުރެވެމުންދާ މަސައްކަތްތައް މިއިން ޒަމާނަކުވެސް ދެން ކުރިއަށް ނުދާނެކަމަށާއި އެހެންނަމަވެސް ޑިޕްލޯމެސީގެ ދޮރު ހުންނާނީ އަބަދުވެސް ހުޅުވިފައިކަމަށް ވިދާޅުވެއްޖެއެވެ. އެބުނެފައިވާ އެއްބަސަވުމުގައި ރަޝިޔާއާއި ޗައިނާ ޖަރުމަނާއި ފަރަންސޭސި ވިލާތާއި އަދި ޔުނައިޓެޑް ކިންގްޑަމް ވެސް ބައިވެރިވެއެވެ. އަދި […]
ޕާކިސްތާނުގެ ބައި-އިލެކްޝަން ބޮޑުތަނުން އިމްރާން ޚާން ކާމިޔާބު ކުރައްވައިފި

މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުގައި ބޭއްވުނު ބައި-އިލެކްޝަން ބޮޑުތަނުން އިމްރާން ކާން ކާމިޔާބު ކުރައްވައި ޕާކިސްތާނުގައި އެންމެ 6 މަސްދުވަސްވީ ސަރުކާރުން ގައުމީ އިންތިޚާބު އަވަސްކުރަން އިތުރު ފިއްތުން ކުރިމަތި ކުރަން ފުރުސަތު ހޯދައިފިއެވެ. ވޯޓު ނެގުނު އިންތިޚާބުގެ 8 ގޮނޑީގެ ތެރެއިން 7 ގޮނޑިއަށް ވާދަކުރައްވައި އިމްރާނު ޚާނުގެ ޕާރޓީން 6 ގޮނޑި ކާމިޔާބު ކުރެއްވިއެވެ. މިހާރު ސަރުކާރު ހިންގާބައިވެރިންގެ ފަރާތުން އިންތިޚާބުގައި ވާދަކުރި ޕާކިސްތާނު ޕީޕަލްސް ޕާރޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 2 ގޮނޑިއެވެ. އިތުބާރު […]
ދުނިޔޭގައިއޮތް އެންމެ ނުރައްކާތެރި ގައުމަކީ ޕާކިސްތާނު – އެމެރިކާ

ޑިމޮކްރެޓިކް ކޮންގްރެޝަނަލް ކެމްޕެއިނަށް ފައިސާހޯދަން ލޮސް އެންޖަލްސްގައި ބޭއްވުނު އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޕާކިސްތާނަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއްގައުމުކަމުގައި އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވުމުން ޕާކިސްތާނުން އެކަމަށް ރައްދު ދީފިއެވެ. ބައިޑަން އެހެން ވިދާޅުވީ އެ ބައްދަލުވުމުގައި ރަޝިޔާ- ޔޫކްރެއިން ހަނގުރާމައާއި ގުޅޭގޮތުން ޗައިނާއާއި އެގައުމުގެ ރައީސް ޒީ ޖިންޕިންގ އާއިދޭތެރޭ އެމެރިކާއިން ގެންގުޅޭ ސިޔާސަތު ހާމަކުރުމުގައި ޗައިނާއާއި ރަޝިޔާ އިންޑިއާ އަދި ޕާކިސްތާނުގެ ގުޅުމާބެހޭގޮތުން ވާހަކަ ދައްކަމުންނެވެ. […]
ޖަރުމަނުގެ ރޭލުދަތުރުގެ ނިޒާމް ސަބޯޓާޖް ކޮށްފި

ޖަރުމަނުގެ ރޭލު ދަތުރުފަތުރާބެހޭ ވަސީލަތް ތަކަށް ގޮތްނޭންގޭ ޙަމަލާތަކެއް ދިނުމުގެ ސަބަބުން ދަތުރުތައް މެދުކަނޑާލަން ޖެހުނު މައްސަލައަކީ ނޯޑް ސްޓްރީމްގެ ޕައިޕްލައިން ގޮއްވާލުމާ ގުޅިގެން ރަޝިޔާއިން ކުރި ކަމެއްކަމުގައި ޖަރުމަނުގެ ސިޔާސީ ބައެއް ފަރާތްތަކުން ތުޙުމަތު ކުރަމުން އެބަގެންދެއެވެ. މި ޙަމަލާގައި ދެ ސަރަޙައްދެއްގެ މުހިންމު މުވާސަލާތީ ކޭބަލްތަކެއް ބުރިވެފައިވާ ކަމަށާއި އޭގެ ސަބަބުން ޖަރުމަނުގެ އުތުރުގެ ބައެއް ސަރަޙައްދުތަކުން ރޭލު ދަތުރުތައް ހުއްޓިފާވެއެވެ. އެއާއެކު އެތައް ހާސް ދަތުރުވެރިންގެ ނުރުހުމާ ކުރިމަތިލާން ޖެހުނެވެ. ރޭލު ދަތުރުގެ ޚިދުމަތްދޭ ކުންފުނި ޑޯޝޭ ބާން އިންވެސް ބުނަނީ މިއީ ބަޔަކު ގަސްދުގައި ދިން ޙަމަލާއެއް ކަމުގައެވެ. […]
މެލޭޝިޔާގެ ދިފާޢީ މިސްރާބު ތުރުކީގެ ޑްރޯންތަކާ ދިމާލަށް

މެލޭޝިޔާއިން ތުރުކީގައި އުފައްދާ ތިން ވައްތަރެއްގެ ޑްރޯން ގަންނަން ނިންމައިފިއެވެ. މެލޭޝިޔާއިން ތުރުކީގެ ޑްރޯން ގަތުމަށް ނިންމަވައިފި ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރ ޙިޝާމުއްދީން ހުސައިން ހާމަ ކުރައްވައިފިއެވެ. އެގޮތުން ގަންނަން އެއްބަސްވެފައިވާ މޮޑެލް އެމްއޭއެލްއީ- ޔޫއޭއެސް ވައްތަރަކީ އިންސާނަކާ ނުލައި ބޭނުންކުރެވޭ ޑްރޯނެކެވެ. މި ޑްރޯންތަކަށް އަގު އަދާކުރުން ރޭވިފައިވަނީ މެލޭޝިޔާގެ ދިފާޢީ ބަޖެޓްގެ ތެރެއިންނޫންއެހެން ގޮތަކަށް 5 އަހަރުދުވަހުގެ މުއްދަތަކަށް ބަހާލައިގެންކަމަށް ބުނެއެވެ. ޓާރކިސް އެއަރޯސްޕޭސް އިންޑަސްޓްރީސް ( ޓީ. އޭ. އައި ) އިންހާމަކުރާގޮތުގައި އެކުންފުނީގެ އުފެއްދުމެއް ކަމުގައިވާ އަންކާ މަރުކާގެ ޑްރޯން […]
ހިޖާބު އެޅުމުގެ މައްސަލައަށް ގޮތެއް ނުނިންމުނު

ކަރުނާޓަކާގެ ކޮލެޖްތަކުގައި މުސްލިމު ދަރިވަރުން ހިޖާބު އެޅުން މަނާކުރުމާއި ގުޅިގެން މުޅި އިންޑިއާގައި ކަހަލަ ގޮތަކަށް އުފެދުނު ދެބަސްވުން ތަކަށް ކަރުނާޓަކާގެ ހައިކޯޓުން ކުރި ޙުކުމް އިންޑިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އަޑުއެހުންތައް ނިންމައި މިދިޔަ އަންގާރަ ދުވަހު ޙުކުމަކާއި ހަމަޔަށް ދެވުމުން ފަނޑިޔާރުންގެ ރައުޔުތައް ދެކަފި ވެއްޖެއެވެ. އެއްފަނޑިޔާރެއްގެ ރައުޔު ކަރުނާޓަކާގެ ހައިކޯޓަށް ތާއީދު ކުރިނަމަވެސް ދެވަނަ ފަނޑިޔާރުގެ ރައުޔު އޮތީ ތަފާތުވެފައެވެ. ކަރުނާޓަކާގެ ކޯޓުން ނިންމާފައިވަނީ ހިޖާބު އެޅުމަކީ ދީނީގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ހިޖާބު އެޅުމަކީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާން […]
އަހަރެމެން އެމެރިކާއަށް އިތުބާރެއް ނުކުރަން : ފަލަސްތީނު

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ރަޝިޔާގެ ރައީސް ޕޫޓިންއާއި ބައްދަލު ކުރައްވައިފިއެވެ. ބައްދަލު ކުރެއްވުމުގެ ބޭނުންފުޅަކަށްވީ ފަލަސްތީނާއި އިޒްރޭލްގެ މައްސަލައަށް ޙައްލެއްހޯދުމަށް ރަޝީޔާގެ ސަޕޯޓް ހޯއްދެވުމެވެ. ބައްދަލުވުމުގައި ދެއްކެވި ވާހަކަ ފުޅުގައި ފަލަސްތީނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން އެމެރިކާ މެދުވެރިވެގެން ޙައްލު ކޮށްދޭނެ ކަމަށް މިހާރު އިތުބާރު ނުކުރައްވާކަމަށް ތަކުރާރު ކުރައްވައި ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް ރަޝިޔާއިން ކުޅެމުންގެންދާ ރޯލާ މެދު ވަރަށް ހިތްހަމަޖެހިވަޑައި ގަންނަވާކަމަށް ވިދާޅުވިއެވެ. ވިދާޅުވީ، ފަލަސްތީނުގެމައްސަލާގައި ރަޝިޔާއިން އަޅަމުންގެންދާ ފިޔަވަޅުތައް އަހަރެމެން ހިތްހަމަޖެހުމާއެކު ބަލައިގަންނަމެވެ. ބައިނަލް އަގްވާމީ ނިންމުންތައް އެއީ އިންސާފު ކަމުގައި ރަޝިޔާއިން ދުށުން އެއީ އަހަރެމެން އުފާކުރާ ކަމެކެވެ. އަދި އެއީ ރަޝިޔާ ގަބޫލުކުރާގޮތް […]
ފާޚާނާކަރުދާހުގެ އަގު އަތްނުފޯރާ ހިސާބަށް

ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަގުބޮޑު ވަމުންދާ އެއްޗެހީގެ ލިސްޓުގެ އެންމެ ކުރިއަށް ފާޚާނާ ކަރުދާހުގެ އަގު އަރައިގެން ހިނގައްޖެއެވެ. އަދި ފާޚާނާ ކަރުދާސް މާރކެޓަށް ނުލިބިދާނެެ ކަމުގެ ބިރުވެސް ކުރިމަތި ވެއްޖެއެވެ. ފާޚާނާ ކަރުދާސް އުފެއްދުމަށް އެންމެ އާންމުކޮށް ބޭނުންކުރާ […]
ޔޫކްރެއިން ހަކަތައިގެ ވަސީލަތްތަކުން ބޮޑުބައެއް ވީރާނާ ކޮށްލައިފި

ޔޫކްރެއިންގެ ހަކަތައާއިބެހޭ ވަޒީރު ވިދާޅުވެފައި ވާގޮތުގައި ފާއިތުވެގެން މިދާ ތިން ދުވަހުގެ ތެރޭގައި ޔޫކްރެގެ ހަކަތައިގެ ވަސީލަތްތަކުގެ 30 އިން ސައްތަ ރަޝިޔާގެ މިސައިލްތަކުން ވީރާނާ ކޮށްލައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ފެށުނީއްސުރެން މިއީ ފުރަތަމަ ފަހަރު ހަކަތައިގެ ވަސީލަތްތަކަށް ރަޝިޔާއިން ގަސްދުގައި ހަމަލާދިން ފުރަތަމަފަހަރެވެ. ޔޫކްރެއިނުން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ ވީހާވެސް އަވަހަކަށް އެތަންތަން އަލުން އޮޕަރޭޝަނަށް ގެނެވޭތޯއެވެ. ސީ. އެން. އެން. ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ހަލުޝިންކޯ ވިދާޅުވީ ރަޝިޔާއިން މިޙަމަލާތައް ދީފައިމިވަނީ ރަޝިޔާގެ ހަކަތަ ނުލިބުން ޔޫރަޕަށް ކުރިމަތި […]
އެމެރިކާގެ އިންޒާރު ސަޢޫދީ އެރޭބިޔާއަށް

މިދިޔަ ހަފްތާގައި އޯޕެކް (ޕްލަސް) އިން ތެޔޮ އުފައްދާ މިންވަރު ދަށްކުރަން ނިންމުމާގުޅިގެން އެނިންމުމުގެ ހިތިރަހަ ސަޢޫދީ އެރޭބިޔާއިން އުފުލަން ޖައްސާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ސީ. އެން. އެން.އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވެއްޖެއެވެ. އެ ބަސްދީ ގަތުމުގައި މިއީ ސަޢޫދީ އެރޭބިޔާ އާއިއެކު އޮންނަގުޅުން ދެވަނަ ވިސްނުމަކަށް ދާންވީ ވަގުތު ތޯ ސުވާލު ކުރުމުން ރައީސް ބައިޑަން ވިދާޅުވީ ’ އާއެކޭ ’ އެވެ. އަހަރެން ހިތުގައި އޮތް އެއްޗަކާ ބެހޭގޮތުން ނުވަތަ އަހަރެން […]