ކާމިޔާބީއަކީ އެކަމަށް ގަދައަޅާ މަސައްކަތްކުރާ މީހުންގެ ޙައްގެއް – ނަބީލާ

ސަންދާނުގެ މިލިއުމުގެ ބޭނުމަކީ ދިވެހި ޒުވާނުންނަށް ހިތްވަރު ދިނުމެވެ. ދިވެހި ގައުމަށް ބޭނުންވާ ކޮންމެ މައިދާނެއްގައެވެ. މި ގައުމަކީ އަހަރެމެން ރައްޔިތު އެންމެންގެ ތަނެކެވެ. މިގައުމުގައި އަހަރެމެން ބާކީ ކުރުމުގެ ފުރުސަތު އެކަކަށްވެސް ނުދެވޭނެއެވެ.                                                 މިހާރު އުމުރުން އެން 23 އަހަރުގެ ނަބީލާ […]

އިންޑިއާގެ ރައްޔިތުން ސިއްސުވާލި އަދުލު އިންސާފުގެ ހުކުމް

މި ގެނެސްދެނީ އާންމުގޮތެއްގައި ދުނިޔޭގެ ހުރިހާގައުމެއްގައި ކަހަލަ ގޮތަކަށް އަދުލު އިންސާފު ގާއިމު ކުރުމުގެ މަރުޙަލާތަކުގައި ކަންތައް ކުރެވިފައި ހުންނަގޮތުން އިންސާފު ލިބުމަށް ނުވަތަ އިންސާފު ހޯދާދިނުމަށް ހުރަސް އެޅެން މެދުވެރިވެދާނެ ބައެއް ހާލަތެވެ.  ފަނޑިޔާރުންނަށް ކުޑައިމީސްބަސް ބުނުމުގެކުރިން ތަޙުގީގުގެ މަރުޙަލާތަކުގައިވެސް ފުރިހަމަ ނުކުރެވި ހުންނަ ކަންތައްތަކެއްގެ ސަބަބުންވެސް ޢަދުލު އިންސާފު ގާއިމު ކުރުމަށާއި އިންސާފު ހޯދާދިނުމަށް ހުރަސް އެޅޭގޮތް މެދުވެރި ވަމުންދާތީ އެކަންކަމާމެދު ވިސްނާ ފިކުރުކުރުމަށެވެ.  މިލިއުން އެއްވެސް ފަރާތަކަށް އަމާޒުކޮށް ކުޑައިމީސް ބަހެއް ބުނުމަކީ ސަންދާނުގެ މަގްސަދެއް ނޫނެވެ. މިލިއުން ބިނާކޮށްފައިވާނީ މި […]

އެމެރިކާގެ ހަތިޔާރު ޔޫރަޕަށް ވިއްކުން މެކުހަށްޖަހާފ 

ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާގުޅިގެން މި އަހަރު ފެބްރުއަރީން ފެށިގެން ޔޫރަޕަށް އެމެރިކާގެ ހަތިޔާރު ގަތުން ގިނަވެ އެމެރިކާއަށް ލިބޭފައިދާ ބޮޑުވުމަކީ އެމެރިކާއިން  ރަޝިޔާއަށް ޝުކުރުވެރިވާންޖެހޭ ކަމެކެވެ.ޚަބަރުތަކުން ބުނާގޮތުގައި 230 ބިލިއަން އެމެރިކާ ޑޮލަރުގެ އެމެރިކާގައި އުފައްދާ ހަތިޔާރު ޔޫރަޕުން ގަންނަންވަނީ ނިންމާފައެވެ. އެންމެ ގިނަ ހަތިޔާރު ގަންނާނެކަމަށް ބެލެވެނީ ޖަރުމަނުންނެވެ. އެ ގައުމުން 100 ބިލިއަން އެމެރިކާޑޮލަރުގެ ހަތިޔާރު ގަންނާނެކަމަށް އަންދާޒާކުރެވެއެވެ.                         […]

އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާލާން މަރުދޭނެ – އީރާން 

އީރާނުން ބައިނަލް އަގްވާމީ ނިއުކްލިއަރ ވޮޗްޑޯގަށް ހާމަކޮށްދީފައި ނުވާ ތަންތަނަށް ފާރަލުން ހުއްޓާނުލާނަމަ 2015 ގެ އެއްބަސްވުމަށް ރުޖޫޢުވުމަކީ މާނައެއް އޮތްކަމެއް ނޫނެވެ. ތެހެރާނުގައި ނޫސްވެރިންނަށް ބޭއްވީ ބަސްދީގަތުމެއްގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވިދާޅުވެފައިވެއެވެ.                    އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ފައިނަގާފައިވާ މިންވަރަށް އެކަން ކުރިއަ ނުދިނުމަށްޓަކައި އެމެރިކާއިންވެސް ދުލެއް ނުދޭނެއެވެ. މި ކަމުގައި އީރާނުން ގެންގުޅޭ އުކުޅުތަކުގެ ހާމަކަން ދަނީ ހައްތާ ބޮޑަށް ފާޅުވަމުންނެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދާނެކަމަށް ހަމައެކަނި ބިރުދައްކަނީކީ […]

ބޭނުމީ ޔޫކްރެއިނުން ސުލްޙައިގެ މަގު ޚިޔާރުކުރުން – އެމެރިކާ

ވޯޝިންގްޓަން ޕޯސްޓާ ޙަވާލާދީ ރޮއިޓާރސްއިން އިއްޔެ ހާމަކުރިގޮތުގައި އެމެރިކާއިން ބޭނުންވަނީ ރައީސް ޕޫޓިން ވެރިކަމުން ދުރުކުރެވޭނެ ގޮތެއް ނުހޯދިއްޖެނަމަ ޔޫކްރެއިނުންވެސް ސުލްޙައިގެ މަގު ޚިޔާރު ކުރުންކަމަށެވެ. މަޢުލޫމާތު އެނގޭ އެމެރިކާގެ ރަސްމީ ފަރާތް ތަކުން ބޭނުންވަނީ ޔޫކްރެއިނުން ރަޝިޔާއާއެކު ސުލްޙައިގެ ވާހަކަތަކަށް ކޮށްޕައިގެނ ގެންދިއުން ނޫންކަމަށާއި އެހެންނަމަވެސް މި ހަނގުރާމަ ދިގުލައިގެން ދާއިރު ޔޫކްރެއިނަށް އެހީތެރިވެދޭ ގައުމުތަކުގެ ގާނޫނު އަސާސީއާއި ދޭތެރޭވެސް ވިސްނަން ޖެހޭކަން ހަނދާންކޮށް ދިނުމެވެ. އެ ނޫހުން އިތުރަށް ހާމަކޮށްފައިވާގޮތުގައި މި ހަނގުރާމަ ކިތަންމެ ޒަމާނަކަށް ދިގުލައިގެން ދިޔަ ނަމަވެސް އެމެރިކާއިން ޔޫކްރެއިނަށް އެހީތެރިވެދިނުމުގައި ދެމިއޮންނާނެއެވެ.  އެކަމަކު […]

ކުރިކެޓް ސްޓާރ ދަނުޝްކާ ހައްޔަރުކޮށްފި 

އޮސްޓްރޭލިއާގައި މިހާރު ކުޅެމުންދާ ދުނިޔޭގެ ކްރިކެޓް މުބާރާތުގައި ސްރީލަންކާއަށް ނިސްބަތްކުރެވޭ ކުޅުންތެރިޔަކު ރޭޕްގެ ތުހުމަތުގައި ސިޑްނީގައި ހައްޔަރުކޮށްފިއެވެ. އެސޯޝިއޭޓެޑް ޕްރެސްއިން ހާމަކުރާގޮތުގައި ކްރިކެޓް ކުޅުންތެރިޔާ ދަނުޝްކާ ގުނަތިލަކަ ހައްޔަރުކޮށްފައިވަނީ ސިޑްނީގެ ހޮޓަލެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި މިއަދު ހެނދުނުއެވެ.  ފުލުހުން މައުލޫމާތު ދިން ގޮތުގައި ސިޑްނީގެ ރޯޒް ބޭ ހޯމްގައި 29 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރުމުގެ މަޢުލޫމާތު އިއްޔެ ހަވީރު ލިބުމާގުޅިގެން ދަނުޝްކާ ހައްޔަރު ކުރުމަށްފަހު އެ މައްސަލަ ގެންދަނީ ތަޙްގީގުކުރަމުންނެވެ. މިހާތަނަށް ފުލުހުންނަށް އެނގިފައިވާގ ޮތުގައި އެ އަންހެންމީހާ […]

އިންސާނީ ކަރާމާތާއި މިނިވަންކަން މިއަދު ތަރުޖަމާ ކުރެވެމުން ދާގޮތް 

މިއަދަކީ ދިވެހިންގެ ނަސްރުގެ ދުވަހެވެ. ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. މިދުވަހުގެ ހަނދާންތަކާއެކު މިނިވަންކަމުގެ މަތިވެރިކަން ކޮންމެ ދިވެއްސަކުވެސް އިޙްސާސް ކުރާނެއެވެ. ހަމަ އެއާއެކު މިއަދުގެ ދުނިޔޭގައި އިންސާނީ ކަރާމާތާއި މިނިވަންކަން ތަރުޖަމާ ކުރެވިގެންދާ ގޮތާއި ދޭތެރޭ އަދި އެއްފަހަރު ވިސްނާ ފިކުރު ކޮށްލުން ރަނގަޅުވާނެއެވެ.                                                           […]

ގަދަކަމުން ލޯތްބެއް ނުވެވޭނެ، މިއީ އެންމެ ފަހުގެ ދޮން ދިނުމުގެ ވަގުތު- ރަޝިޔާ 

ގަދަކަމުން ލޯވި ނުވެވޭނެ ކަމަށާއި މިއީ ހުޅަނގުގެ ގައުމުތަކަށް އެންމެފަހުގެ ދޮންދިނުމުގެ ވަގުތުކަމުގައި ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ބަނޑުބޮޑުވެނުވަމަސް ދުވަސް ހަމަވާން ކައިރިވެފައި ވަނިކޮށް ހުޅަނގުގެ ގައުމުތަކުގައި ސިޔާސީގޮތުން ގާއިމްވެ ތިބުމަކީ އެއްވެސް ބޭނުމެއް އޮތްކަމެއް ނޫން ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރޖީ ލަވްރޯވް ވިދާޅުވެއްޖެއެވެ.  ޚާރިޖީ ވަޒީރުގެ މި ބަޔާނުން ހާމަވެގެންދާ ގޮތުގައި މިއީ ހުޅަނގުގެ ގައުމުތަކާއެކު ރަޝިޔާއިން އޮންނަ ސިޔާސީ ގުޅުން ކަނޑާލާފާނެ ކަމުގެ ނިޝާނެކެވެ. އަހަރެމެންގެ ރައްޔިތުންނާއި ދޭތެރޭ ހުޅަނގުގެ ގައުމުތަކުން ދެކެނީ ވަރަށް […]

ރަޝިޔާއިން އީރާނުގެ ޑްރޯން ބޭނުންކުރާތީ އިސްރާއީލް ރުޅިގަދަވަނީ! 

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމާގައި މެދުއިރުމަތީގެ ހަތިޔާރު ބޭނުންކުރަން ފެށުމުން އެ ހަނގުރާމައިގެ ތެރެއަށް ޔޫކްރެއިންގެ އެންމެ ގާތް އެކުވެރިން ކަމުގައިވާ  އިސްރާއިލުން ވަދެފާނެކަމަށް ބެލެވެން ފަށައިފިއެވެ. ޑްރޯން ޙަމަލާތައް ގިނަވަމުން ދިއުމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއިއެކު އިސްރާއީލުންވެސް ޔޫކްރެއިނަށް ހަނގުރާމައިގެ މަދަދާއި ޓެކްނޯލޮޖީ ފޯރުކޮށްދިނުމަށް އިސްރާއީލުގެ އެތެރޭންނާއި ބޭރުން ބާރު އަޅަމުން އެބަގެންދެއެވެ. އިސްރާއީލުގެ ބައެއް ވަޒީރުން ވެސް މިކަން އަވަސްކުރަން ގޮވާލަމުން އެބަ ގެންދެއެވެ.އެހެންނަމަވެސް ފާޅުގައި ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިނަށް އެހީ ފޯރުކޮށްދޭނަމަ އެގައުމުގެ އާބާދީގައި ހިމެނޭ މިލިއަނަކަށްވުރެން ގިނަ […]

ބަނގުރަލާއި ސިނގިރޭޓް: ފުރަމޭގެ ކެންސަރަށް ހުޅުވޭ ބޮޑު ދޮރެއް! 

ފުރަމޭގެ ކެންސަރަކީ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އާއްމު ވައްތަރުގެ ކެންސަރެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާއްމު ގޮތެއްގައި ފުރަމޭގެ ކެންސަރު ޖެހެނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް މަދުން ނަމަވެސް 45 އަރުން ދަށުގެ މީހުންނަށް ފުރަމޭގެ ކެންސަރު ޖެހެއެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން ނުވަތަ ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ގިނައިން ޖެހެނީ ފިރިހެނުންނަށެވެ. ފުރަމޭގެ ކެންސަރު ދެބަޔަކަށް ބެހެއެވެ. އެއީ ޕްރައިމަރީ […]