ކާމިޔާބީއަކީ އެކަމަށް ގަދައަޅާ މަސައްކަތްކުރާ މީހުންގެ ޙައްގެއް - ނަބީލާ

Loading

Facebook
Twitter
WhatsApp


ސަންދާނުގެ މިލިއުމުގެ ބޭނުމަކީ ދިވެހި ޒުވާނުންނަށް ހިތްވަރު ދިނުމެވެ. ދިވެހި ގައުމަށް ބޭނުންވާ ކޮންމެ މައިދާނެއްގައެވެ. މި ގައުމަކީ އަހަރެމެން ރައްޔިތު އެންމެންގެ ތަނެކެވެ. މިގައުމުގައި އަހަރެމެން ބާކީ ކުރުމުގެ ފުރުސަތު އެކަކަށްވެސް ނުދެވޭނެއެވެ.                                                

މިހާރު އުމުރުން އެން 23 އަހަރުގެ ނަބީލާ ސަޢީދު ފުރާވަރަށް އެޅުނީ ރައީސް ޓްރަމްޕް ގެ ވެރިކަން ފެށުނު ތަނާހެންނެވެ. އޭރު އޭނާއަކީ އިލިނޮއިގެ ޕެލެޓައިން އަވަށުގެ ހައިސްކޫލްގެ ދަރިވަރެކެވެ. ވަށައިގެން އެނބުރެމުންދިޔަ ނަސްލީ ތަފާތުކުރުންތަކާއި އިސްލާމް ފޯބިޔާގެ ޒުވާބުތަކާހުރެ ސިޔާސީ ދާއިރާއަކީ އޭނާގެ ސިކުނޑިން މުޅިން އެއްފަރާތްކުރެވިފައިވާ އެއްޗެކެވެ. 

އެން. ސީ. ބީ. އަށް ދިން ބަސްދީގަތުމެއްގައި ނަބީލާ ބުނެފައިވަނީ ޓްރަމްޕް ރައީސްކަމަށް އިސްކުރެވުމުން މުސްލިމުންނާ  ދޭތެރޭ އޭނާގެ ބަސްމަގު ހުންނަ ގޮތުން އެމެރިކާއަކީ އަހަރެން ވިހާބޮޑުވެ ގައުމުނަމަވެސް މި ގައުމުގައި އަހަރެމެންނަށް އެއްވެސް މިންވަރެއްގެ ޙިއްސާއެއް ލިބިފައިނުވާކަން އިޙުސާސް ކުރެވިގެންދިޔަ ކިތަންމެ ފަހަރަކު ރުއީމެވެ.                    

އޭގެ 6 އަހަރުފަހުން މިހިނގާ ނޮވެމބަރު މަހުގެ ތެރޭގައި އަނެއްކާވެސް އެހެން އިންތިޚާބެއް ބޭއްވިއްޖެއެވެ. އެކަމަކު މިފަހަރުގެ އިންތިޚާބުން ނަބީލާއަށް ގެނެސްދިނީ މުޅިން ތަފާތު އިޙުސާސް ތަކެކެވެ. ޓްރަމްޕުގެ ރިޕަބްލިކްން ޕާރޓީން ކާމިޔާބުކުރަމުން ގެނައި 51 ވަނަ އަވަށުގެ އިންތިޚާބުގެ ނަތީޖާ އެހެންފަރާތަކަށް ފުރޮޅިގެން ދިއުން ހުއްޓުވާލުމުގައި މެދުވެރިއަކަށް އޭނާ ވީމައެވެ. 

އޭނާއަށް ސަޕޯރޓުކުރި ރިޕަބްލިކަން ޕާރޓީގެ ސަފުތަކުގެ ކޮޅެއްމެދެއް ނޭގެއެވެ. ނަބީލާއަކީ މިހާތަނަށް އެ އަވަށުގެ އެސެމްބްލީއަށް އިންތިޚާބުކުރެވުނު އެންމެ ޒުވާން މެމްބަރު ކަމުގައިވެގެން ދިޔައީއެވެ. އެއީ ނަބީލާ އުފަންވެ އަދި ބޮޑުވަމުން އައި އޭނާގެ އަވަށެވެ.                 

ނަބީލާގެ އިޙުސާސްތައް ކިޔާދެމުން ބުންޏެވެ. މިއީ އަހަރެންނަށް ވަރަށް މުހިންމު ދަނޑިވަޅެކެވެ. މި ރަށުގައި އަހަރެންގެ އެއްވެސް ޙިއްސާއެއް ނެތްކަމަށް ކުރެވެމުން ދިޔަ އިޙުސާސްތަކަށް ނިމުމެއް އައިކަހަލައެވެ. އަހަރެންކަހަލަ އެތައް ބަޔެއްގެ އިޙުސާސް ތަކަށެވެ. އަހަރެންގެ އާއިލާއަށް މިކުރެވޭ އިޙުސާސްތައް މިތާގައި ދިރިއުޅެމުންދާ “ ކުލައިގެ ނަސްލު ކަމަށްކިޔާއުޅޭ “ އެންމެހާ ޒުވާނުންނަށްވެސް އިޙުސާސް ކުރެވޭނެ ކަން އަހަރެން ގަބޫލު ކުރަމެވެ. މިރަށުގައި އަހަރެމެންގެވެސް ހަމަހަމަ ޙިއްސާއެއް އެބައޮތްކަން ސާބިތުކޮށް ދިނުމަށެވެ.      

ނަބީލާގެ ކާމިޔާބީއަކީ ސޯޝަލްމީޑިއާގެ ހިޓަކަށް ވެގެން ހިނގައްޖެއެވެ. އިންޑިއާގެ ދަރިކޮޅަށް ނިސްބަތްކުރެވޭ އެމެރިކާމީހަކު ޓްވީޓުގައި ބުނެފައިވަނީ “ ބިއްލޫރީގެ ފަންގިފިލާ ކަލެއަށް ފުނޑު ފުނޑު ކޮށްލެވިއްޖެއެވެ ”.         

ނަބީލާގެ މައިންބަފައިން 1980 ވަނައަހަރުގެ ތެރޭގައި އިންޑިއާގެ ހައިދަރު އާބާދުން އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ ދަރިންނަށް ރަނގަޅުގޮތެއް ހޯދާދިނުމުގެ ބޭނުމުގައެވެ. ސިޔާސީ މަގާމެއްގައި މަސައްކަތް ކުރާނެ     ފުރުސަތެއް ލިބިދާނެ ކަމަށް ދުވަހަކުވެސް އަހަރެން ހިތަކަށް ނާރައެވެ. އެކަމަކު މިއަދު މިހުރީ ސިޔާސީ މަގާމަކަށް އިންތިޚާބު ކޮށްފައެވެ. އަހަރެންގެ ކާމިޔާގެ ކުރިމަތިންނާއި ފަހަތުން އެންމެ ބުރަމަސައްކަތެއް ކުރީ މައިންބަފައިންނެވެ. އަހަރެންގެ ބައްޕައަކީ އެ އަވަށުގައި ބަސްވިކޭ މީހެކެވެ. 

އަހަންނާއެކު ކެމްޕޭން ކުރުމުގައި ބައްޕަ ގެ ބައިވެރިވުން އެމީހުންގެ ވޯޓު ކަށަވަރުކޮށްދީފި ކަހަލަ އިޙުސާސެއް ކުރެވެމުން ދިޔައެވެ. އަހަރެންގެ މާމައަކީ މުޅިން ތަފާތު ވެއްޓެއްގައި އުޅެބޮޑުވި މީހަކަށްވީތީ އަހަރެންނަށް ސަޕޯރޓުކުރި ރިޕަބްލިކަން ޕާރޓީގެ އެހާގިނަބައެއް އެކުލެވޭ ސަފުތަކެއްދޮރުމައްޗަށް އައުމަކީ މާމައަށް އަދި މުޅިން އާ ފެނުމެކެވެ. މީގެ ކުރިން އެފަދައިން މީހަކަށް ސަޕޯރޓުކުރިތަން ދެކިފައި ނުވާތީއެވެ.                                   

ކާރޓޫން ނެޓްވޯރކްސް އާއި އިންޓަރނެޓްގެ އެހެނިހެން ވަސީލަތްތައްވެސް މަދްރަސީ ދައުރުގައި އަހަރެންވެސް ބަލަމުން ގެންދިޔައީމެވެ. އެކަމަކު އިންޓަރނެޓްގެ ވަސީލަތްތަކަކީ އަހަރެންގެ ރައްޔިތުންނާ އަހަރެން ގުޅުވާދޭނެ ވަސީލަތަށް ވެދާނެއޭ ދުވަހަކުވެސް ހިތަކަށް ނާރައެވެ. މިހާރު އެ ވަސީލަތްތައް މިއޮތީ އަހަރެންގެ ދިރިއުޅުމާ އެންމެ ބޮޑަށް ގުޅި ލާމެހިފައެވެ. އަހަރެންގެ ރައްޔިތުންގެ ޝުޢޫރުތައް ދެނެގަތުމުގެ މަގަކީ އެއީއެވެ.         

ނަބީލާގެ ކެމްޕެއިނުގައި ބޭނުންކުރި މައިގަނޑު ފަލްސަފާއަކީ އަދުލުވެރި އިންސާފުގެ ނިޒާމަކާއި އެންމެނަށްވެސް ފޯރުންތެރިކަން ލިބިފައިވާ ސިއްޙީ ނިޒާމެއް ހަމަހަމަ ކަމާއެކު ގާއިމް ކުރުމާއި ބަޑި ފަދަ ނުރައްކާތެރި ހަތިޔާރު ކޮންމެކޮންމެ މީހަކު އަތަށް ލިބިފައި ހުރެގެން ނުވާނެކަމެވެ. މި ފަލްސަފާގައި ސޯޝަލްމީޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދިޔައީ އިންތިހާ ދަރަޖައަކަށެވެ.                                      

މިއީ ހަމައެކަނި ނަބީލާގެ ވާހަކައެވެ. އެމެރިކާގެ ކަންކޮޅުތަކުގައި ދެކުނު އިންޑިއާއަށް ނިސްބަތްކުރެވޭ އެތައް ޒުވާނުންނަކީ ނަމޫނާ ބައެކެވެ. އެ މީހުންގެ މައިދާންތަކުގައެވެ. ސިޔާސީ މަގާމުތަކާއި ޑޮކްޓަރުންނާއި އެކްޓަރުންނާއި ކޮމެޑީންނެވެ. ނަބީލާގެ އެދުމަކީ އިލިނޮއި އަކީ އެތަނުގައި ދިރިއުޅޭ އެންމެންގެ ތަނެކެވެ. ވަކި ނަސްލެއް ބާކީ ކުރެވިގެން ނުދިއުމެވެ.   

Loading

2 Responses

  1. މީހާއަށް ލިބިފައިވާ ޢިލްމާއިއެކު އޭނާގެ ޢަޚުލާގައި ކެރުމަކީ ޝައްކެއް ނެތްގޮތުގައި ކާމިޔާބު ތަޅުދަނޑިއެވެ. ނަބީލާގެ ސްޓޯރީއަކީ މިކަމުގެ ލާމަސީލު ޙަގީގަތެކެވެ. ބެސްޓ!

  2. އުމުރުން އެންމެ 23 އަހަރުގައި އިންތިޚާބަކަށް ވާދަކޮށްގެން ޚާއްސަކޮށް އެމެރިކާގައި އަމުދުން ނަސްލީ ތަފާތުކުރުމާއި ދީނީ ދިމާކުރުންތައް އިންތިހާއަށް ބޮޑުވެފައިވާ ދުވަސަވަރެއްގައި ކާމިޔާބުކުރުމަކީ ފަޚްރުވެރިވާންޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ޒުވާނުން އިބްރަތް ލިބިގަންނަންޖެހެއެވެ. އަޅުގަނޑުމެންގެ ގައުމައިގެން މިހާރު ދަތުރުކުރަން ލިބިފައި މިއޮތް ބާބޯޓުފަހަރު ބާދަނގަޑަށް ބީއްސާފައި ދިވެހިންގެ ދީނާ އާދަކާދަޔާގެން އާއުޅަނދުފަހަރުގައި އަމާން ކަން ލިބިދޭނެ ކަނޑެއްގައި ދާންވީ މަންޒިލަށް އަލުން މިސްރާބު ކުރަހަންތިބީ މިއަދުގެ ޒުވާނުންކަން ހަނދާންކުރާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް