ކުރިކެޓް ސްޓާރ ދަނުޝްކާ ހައްޔަރުކޮށްފި 

Loading

Facebook
Twitter
WhatsApp

އޮސްޓްރޭލިއާގައި މިހާރު ކުޅެމުންދާ ދުނިޔޭގެ ކްރިކެޓް މުބާރާތުގައި ސްރީލަންކާއަށް ނިސްބަތްކުރެވޭ ކުޅުންތެރިޔަކު ރޭޕްގެ ތުހުމަތުގައި ސިޑްނީގައި ހައްޔަރުކޮށްފިއެވެ. އެސޯޝިއޭޓެޑް ޕްރެސްއިން ހާމަކުރާގޮތުގައި ކްރިކެޓް ކުޅުންތެރިޔާ ދަނުޝްކާ ގުނަތިލަކަ ހައްޔަރުކޮށްފައިވަނީ ސިޑްނީގެ ހޮޓަލެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި މިއަދު ހެނދުނުއެވެ. 

ފުލުހުން މައުލޫމާތު ދިން ގޮތުގައި ސިޑްނީގެ ރޯޒް ބޭ ހޯމްގައި 29 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރުމުގެ މަޢުލޫމާތު އިއްޔެ ހަވީރު ލިބުމާގުޅިގެން ދަނުޝްކާ ހައްޔަރު ކުރުމަށްފަހު އެ މައްސަލަ ގެންދަނީ ތަޙްގީގުކުރަމުންނެވެ. މިހާތަނަށް ފުލުހުންނަށް އެނގިފައިވާގ ޮތުގައި އެ އަންހެންމީހާ ދަނުޝްކާ އާއި އެކު ޑޭޓިންގ އެޕެއްގައި ވާހަކަދައްކަމުންގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. 

އަދި އެ އަންހެންމީހާގެ ނުރުހުމުގައި ހަތަރުފަހަރެއްގެ މަތިން ދަނުޝްކާ ވަނީ ޖިންސީ ގުޅުންހިންގާފައެވެ. މި މައްސަލާގައި 31 އަހަރުގެ ކްރިކެޓްކުޅުންތެރިޔާ މާދަމާ އެތަނުގެ ކޯޓަށް ހާޒިރު ކުރެވޭނެއެވެ.                                    

Loading

2 Responses

  1. ތިބުނާ އަންހެނާ ހަމަރުހިގެން ތިކަމެއް ކުރާނީ. ޑޭޓްކުރަނިއްޔޯ؟ އެއީ ކޮންކަމެއް؟ ބޭނުންވަރަކަށް ތިބުނާ ޑޭޓްކައިފާ ލިބޭއެތިކޮޅު މަދުވެ ނުވަތަ ރުހޭވަރަށް ނުކެވުނީމާ ރޭޕޯ؟ ފޭކް ރޭޕް ސްޓޯރީސް މިހާރު ބައިވަރު. ރުހުމުގައި ވަލަށްވަދެ ކުރާކަމެއް ކޮށްކޮށްފާ ނުރުހެވުނީމާ ރޭޕޯ!؟

  2. މިހާރުގެ ޖިންސީ ހަމަހަމަ ކަމުގެ ކިބަޅިފަރާތް. މަޝްހޫރު ސްޕޯރޓްސްމަނެއްވީމާ ލާރިކޮޅެއް އަތުލާގަންނަން ޖަހާ ރޮކެޓް. އެހެންނާފަހެ ހަތަރު ފަހަރު އެކަމެއްކުރިޔޯ. އެކިފަހަރުމަތިންބާ ނޫނީ ޖެހިޖެހިގެންބާ !

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް