ޔޫކްރެއިން ހަކަތައިގެ ވަސީލަތްތަކުން ބޮޑުބައެއް ވީރާނާ ކޮށްލައިފި 

Loading

Facebook
Twitter
WhatsApp

ޔޫކްރެއިންގެ ހަކަތައާއިބެހޭ ވަޒީރު ވިދާޅުވެފައި ވާގޮތުގައި ފާއިތުވެގެން މިދާ ތިން ދުވަހުގެ ތެރޭގައި ޔޫކްރެގެ ހަކަތައިގެ ވަސީލަތްތަކުގެ 30 އިން ސައްތަ ރަޝިޔާގެ މިސައިލްތަކުން ވީރާނާ ކޮށްލައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ފެށުނީއްސުރެން މިއީ ފުރަތަމަ ފަހަރު ހަކަތައިގެ ވަސީލަތްތަކަށް ރަޝިޔާއިން ގަސްދުގައި ހަމަލާދިން ފުރަތަމަފަހަރެވެ. 

ޔޫކްރެއިނުން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ ވީހާވެސް އަވަހަކަށް އެތަންތަން އަލުން އޮޕަރޭޝަނަށް ގެނެވޭތޯއެވެ. ސީ. އެން. އެން. ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ހަލުޝިންކޯ ވިދާޅުވީ ރަޝިޔާއިން މިޙަމަލާތައް ދީފައިމިވަނީ ރަޝިޔާގެ ހަކަތަ ނުލިބުން ޔޫރަޕަށް ކުރިމަތި ވަމުންދާ މައްސަލަތަކަށް އެހީވުމުގެ ގޮތުން ޔޫކްރެއިނުން ޔޫރަޕްގެ ގައުމުތަކަށް ހަކަތަ ފޯރުކޮށްދޭ ފޯރުކޮށްދިނުން ހުއްޓުވާލުމަށެވެ. 

މިނިސްޓަރުގެ ވާހަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ޔޫކްރެއިނަށް ފުދޭވަރަށް އަދިވެސް ހަކަތައިގެ ވަސީލަތްތައް އެބަހުރިކަމަށާއި އެކަމަކު އެ ވަސީލަތްތައް ދިފާއުކުރުމަށްޓަކައި މިހާރުން މިހާރަށްވެސް އެއަރޑިފެންސް ގެ ނިޒާމު ބޭނުންވާ ކަމުގައެވެ. އަހަރެމެންގެ ވަށައިގެންއޮތް ސަރަޙައްދު ޙިމާޔަތް ކުރުމަކީ އަހަރެމެންގެ މަސްއޫލިއްޔަތެކެވެ. ރަޝިޔާއަކީ ބައިނަލް އަގްވާމީ ގާނޫނުތަކަށް ބޯލަނބާ ބައެއްނޫންކަން ހަނދާން ބަހައްޓަން ޖެހޭނެކަމަށް އެނާ ބުނެއެވެ.

ފަރަންސޭސި ޓީ. ވީ. 2 އަށް ދެއްވި ބަސްދީގަތުމެއްގައި ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފަރަންސޭސި ވިލާތުން ޔޫކްރެއިނަށް ޑްރޯން ޙަމަލާތަކުން ދިފާއު ވުމަށްޓަކައި ރާޑަރ އާއި އެއަރ-ޑިފެންސް ނިޒާމް ފޯރުކޮށްދޭނެ ކަމުގައެވެ. 

އެހެންނަމަވެސް އެއީ ކޮން ވައްތަރެއްގެ އެންޓި-އެއަރކްރާފްޓް ކަމެއް އަދި ކިހާ ބައިވަރެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި ޔޫކްރެއިނުން ބޭނުންވާއަދަދަށް ވެސް ދެވޭކަށް ނޯންނާނެއެވެ. އަހަރެމެންގެ ސަރަޙައްދުތައް ޙިމާޔަތް ކުރެވޭނެ ގޮތްތައްވެސް އޮންނަންޖެހޭނީ ގާއިމް ކުރެވިފައެވެ. މީގެކުރިން ފަރަންސޭސި ވިލާތުން ޔޫކްރެއިނަށް ދީފައިވަނީ ކޮނޑުމަތީ ބަހައްޓައިގެން ބޭނުންކުރާ ކުރުރާސްތާގެ އެންޓި-އެއަރކްރާފްޓް މިސައިލެވެ.                               

ރަޝިޔާއިން ޔޫރަޕަށް ފޯރުކޮށްދޭ ބޯޓުދެލިވެސް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދާތީ ކުރިއަށް މިއޮތް ފިނިމޫސުމް ވަރަށް އުނދަގޫ ވާނެ ކަމަށާއި ކުރީ ބައިގާ ފިނި ހެދުމާއި އުއްބައްތި އާއި ޓޯރބައްތިއާއި ބެޓެރީފަދަ އެއްޗެހި ހޯދާފައި ބެހެއްޓުމަށް ޔޫކްރެއިންގެ ބޮޑުވަޒީރު އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައި ވެއެވެ.  

ބޮޑު ވަޒީރުގެ އިލްތިމާސްގައި ވިދާޅުވެފައިވަނީ ރަޝިޔާއިން މަސައްކަތް ކުރާނީ ފިނި މޫސުމުގައި ޔޫކްރެއިނަކީ ކަރަންޓްނެތި ކަނު އަނދިރީގައި ހޭދަކުރަންޖެހޭނެ ގައުމަކަށް ހެދުމަށް ކަން ހަނދާން ބެހެއްޓުމަށެވެ.ރަޝިޔާއިން އަހަރެމެންގެ މުހިންމު ވަސީލަތްތައް ހަލާކުކޮށްލަން މަސައްކަތް ކުރާނެއެވެ. 

ފާއިތުވެގެން މިދާ 3 ދުވަހުގެ ތެރޭގައި ރަޝިޔާއިން ދީފައިވާ 128 ޑްރޯން ޙަމަލާގައި  200 އަށްވުރެން ގިނަ މުހިންމު ވަސީލަތްތައްނެތިކޮށްލެވިފާ ވެއެވެ. އޭގެ ތެރޭގައި ވިއްސަކަށް ކަރަންޓް ފޯރުކޮށްދޭ ނިޒާމުތައްވެސް އެވަނީ ހަލާކު ކޮށްލާފައެވެ. ނަސީބަކުން ބައެއް ތަންތަން މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި ނުވާކަަމަށެވެ.

ރަޝިޔާއިން ބުނެފައިވަނީ އެގައުމުއަށް ޙަމަލާދީ ޢުދުވާނު ހިންގަން އުޅޭކޮންމެ ބަޔަކާމެދުވެސް ރަޝީޔައަށް ލިބިފައިވާ ކޮންމެ ބާރެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނެކަމަށާއި އެގޮތުން ނިއުކުލިއަރ ހަތީޔާރުވެސް ބޭނުން ކުރަންޖެހިއްޖެ ޙާލަތަކައް އަތުވެއްޖެކަމަށް ފެނިއްޖެ އެފަދަ ޙަމަލާވެސް ދޭވޭނެކަމަށެވެ.                                                

Loading

One Response

  1. ހައްތާ ގޯހުން ގޯހަށް. ހަނގުރާމަ ފެތުރުން ވަރަށް ގާތެވެ. ވީމާ ރަށްރަށުގެ ގޭ ގޯތިތެރޭގައި ކާނާ އިންދައި ހައްދަން މިހާރުވެސް ފައްޓަންވީއެވެ. ބޮޑު ހަނގުރާމައެއް ފެށިއްޖެއްޔާ ރާއްޖެއަށް ވަރަށް ގޯސް އަސަރުކުރާނެއެވެ. އެހެނީ ދޮންމީހުން ނާދެވެން ފެށީމާ ދިވެހިންނަށް ޑޮލަރެއް ނުލިބޭނެއެވެ. ދިވެހިފައިސާ ބޭނުންކުރާ ގައުމެއް ނެތެވެ. އޭރުން ފޫކޮޅުފުހެންވެސް އެ ބޭނުމެއް ނުުކުރެވޭނެއެވެ. ތަދުވާނެތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް