ޗެކް ރިޕަބްލިކްގެ ރައްޔަތުން ސީދާ ޙަރަކާތައް

ޗެކް ރިޕަބްލިކްގެ ރައްޔަތުން އެތަނުގެ ސަރުކާރާއި އިދިކޮޅަށް  މަގުތަކަށް ނިކުމެއްޖެއެވެ. ފާރ ރައިޓް އަދި ފާރ ލެފްޓަށް ނިސްބަތް ކުރެވޭ އެތައް ހާސް ބަޔަކު ޗެކް ރިޕަބްލިކްގެ ސަރުކާރާއި ޔޫރަޕިއަން ޔުނިއަން އަދި ނޭޓޯއާއި ދެކޮޅަށް ޕްރާގުގެ މަގުތަކުގައި މުޒާހަރާ ކުރަމުން އެބަގެންދެއެވެ. އޭގެތެރޭގައި ޕޮޕިއުލިސްޓް ފްރީޑަމް އެންޑް ޑައިރެކްޓް ޑިމޮކްރެޓިކް ޕާރޓީއާއި ކޮމިއުނިސްޓް ޕާރޓީގެ މެމްބަރުންވެސް ހިމެނެއެވެ.  ފުލުހުން އަންދާޒާކުރާ ގޮތުގައި އެ މުޒާހަރާ ތަކުގައި ހަތްދިހަހާސް މީހުނަށްވުރެ ގިނަ ބަޔަކު ބައިވެރިވަމުން އެބަ ގެންދެއެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުންގެންދަނީ ސެންޓްރަލް […]

ރަޝިޔާގެ މިލިޓްރީގެ ބާރުހުރި މިންވަރާމެދު ނުރަނގަޅު އަންދާޒާއެއްނުކުރާތި! 

ރަޝިޔާގެ މިލިޓްރީ ބާރުހުރި މިންވަރާމެދު ނުރަނގަޅު އަންދާޒާއެއް ނުކުރަން ޖަރުމަންގެ ސިފައިންގެ ވެރިޔާ ޖެނެރަލް އެބާރހާރޑް ޒޯރން ހުޅަނގުގެ ގައުމުތަކަށް އިންޒާރު ދެއްވައިފިއެވެ.  އޭނާގެ އިންޒާރުގައި ވާގޮތުން ރަޝިޔާއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ދެވަނަ ސަރަޙައްދަކުން ވެސް ހަމަލާދިނުން ހުޅުވާލެވިދާނެއެވެ. ރަޝިޔާގެ އެއްގަމު ލަޝްކަރުގެ ބޮޑު ބައެއް މިވަގުތު ޔޫކްރެއިންގެ ހަނގުރާމައިގާ ބައިވެރިވަމުން ދާކަމަށް ވެދާނެއެވެ. އެހެންނަމަވެސް ދެވަނަ ސަރަހައްދަކުން އެމީހުންގެ ޙަމަލާތައް ހުޅުވާލުމަކީ އެމީހުންނަށް އުނދަގޫކަމަކަށް ނުވާނެކަން ހަނދާން ބަހައްޓަން ޖެހޭނެއެވެ.  އެއްގަމު ލަޝްކަރުގެ އިތުރުން ރަޝިޔާގެ ނޭވީންވެސް އަދި ޔޫކްރެއިންގެ […]


ގޯޓަބާޔާ ރާޖަޕަކްސެ އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވަނީ

މަޢުލޫމާތު އެނގޭފަރާތްތަކުން ޚަބަރު ދީފައިވާ ގޮތުގައި ސްރީލަންކާގެ ރައްޔިތުން ކުރަންފެށި މުޒާހަރާއާއި ގުޅިގެން މިދިޔަ ޖުލައިމަހު ގައުމުދޫކޮށް ވަޑައިގެންނެވި ސްރީލަންކާގެ އޭރުގެ ރައީސް ގޯޓަބާޔާ ރާޖަޕަކްސެ މިއަންނަ ހުކުރު ދުވަހު އެނބުރިގައުމަށް ވަޑައިގަންނަވަނީއެވެ.  ސްރީލަންކާއަށް މިނިވަންކަން ލިބުނީއްސުރެން މެދުވެރި ނުވާފަދަ ބޮޑު އިގްތިސާދީ ނުކުޅެދުންތެރި ކަމަކާއި ގޯޓަބާޔާގެ ވެރިކަމުގައި އެގައުމުގެ ރައްޔިތުން ކުރިމަތިލާންޖެހުނު ބަނޑުހައި ހޫނުކަމާއި ކެއްނުކުރެވޭފަދަ ދަތިތަކާއިހެދި ރައްޔަތުން ރަތަށްއަރައި އުފެދުނު ހަމަނުޖެހުންތަކަށް ނިމުމެއް ނައިސް އުޅެނިކޮށް އަނެއްކާ އެ މަނިކުފާނު ވަޑައިގެންފިނަމަ އުފެދޭނެ ހަމަނުޖެހުންތައް ގަނޫނީ އިމުގެތެރެއިން ކޮންޓްރޯލް ކުރެއްވޭނެކަމަށް މިހާރުގެ ރައީސް […]

އީރާނުގެ ނިއުކްލިއަރ އެއްބަސްވުން ކަފުންކުރަން ޔަހޫދީން ކުރާމަސައްކަތަށް ނާކާމިޔާބު

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކުޑަކަކޫ ޖެއްސުމަށްޓަކައި އީރާނުގެ އެންމެ އެތެރެއަށް ވަދެގެން އަހަރެމެންގެ އޮޕަރޭޝަން ތައް ހިންގިކަމަށް ޔަހޫދީ ޖާސޫސީ އިދާރާ މޮޝާޑުގެ ކުރީގެ ވެރިޔާ ކޯހެން ސްވިޒަރލޭންޑްގެ ބާސެލްގައި އޮތް ދުނިޔޭގެ ޒަޔަނިސްޓް އޯރގަނައިޒޭޝަންގެ އިހްތިފާލުގައވާހަކަ ދައްކަމުން ބުނެފިއެވެ.  އޭނާ ބުނާގޮތުގައި އީރާން ސަރުކާރުގެ ދޮގުތަކާއި ފޮރުވުންތައް ބޭޒާރުކުރުމުގައި ވަރަށް އިސްދައުރެއް މޮޝާޑުން އަދާކުރިއެވެ. އީރާނުގެ އާކައިވްސް ގައި ރައްކާކޮށްފާހުރި އެތައްހާސް ލިއެކިއުންތަކެއް އަހަރެމެން ނެގީމެވެ. އީރާނުން އެ ހަދަނީ ދޮގުކަން މުޅިދުނިޔެއަށް އަހަރެމެން ސާބިތުކޮށް ދިނީމެވެ.  ކޯހެން މި ބުނަނީ 2018 ވަނަ އަހަރު މޮޝާޑުން ތެހެރާނުގައި ހިންގި އޮޕަރޭޝަނުގައި ވަގަށްނެގި […]

ތެލުގެ މުއްސަނދިކަން ދެން ސަޢޫދީން ބޭކާރެއް ނުކުރާނެ     

ޔޫރަޕްގައި މިހާރު ގޭހުގެ އަގު އުޅެނީ ތެލުގެ ނިސްބަތުން 410 އެމެރިކާ ޑޮލަރަށް ފީފާއެކެވެ.               ސައޫދީ އެރޭބިޔާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ މިއަހަރުގެ ދެވަނަ ތިންމަސްދުވަހުގެ ފައިދާ 48.8 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ.  ބުލޫމްބާރގުން ބުނާގޮތުގައި މިއީ ތިން މަސްދުވަހެއްގައި ދުނިޔޭގެ އެއްވެސް ކުންފުންޏަކަށް މިހާތަނަށް ތެލުގެ ވިޔާފާރީގައި ޙާސިލުކުރެވުނު ލަނޑު ދަނޑިއެއް ނޫނެވެ. މިހާ ބޮޑު ފައިދާއެއް ލިބުމުގެ އަސްލަކީ ހުޅަނގުގެ ގައުމުތަކުން ރަޝިޔާއަށް ކުރިމަތިކޮށްފައިވާ އިގްތިސާދީ ދުއްތުރާ ތަކުގެ ސަބަބުން ރަޝިޔާގެ ހަކަތަ ވިއްކުމަށް […]

ކީވް ބިރުން ތުރުތުރު އަޅަންޖެހޭވަރު ކުރާނަން    

ރަޝިޔާގެ ރައީސް އެންމެ ގާތް ރަޙްމަތްތެރިޔާގެ އަންހެން ދަރިފުޅުދަރުޔާ ދުގިނާ، މޮސްކޯގެ ރަށްބޭރުގައި އޮތް ހަފްލާއަކުން އެނބުރު ވަޑައިގަންނަވަނިކޮށް ކާރު ބޮމުގެ ހާދިސާއެއްގައި މަރާލުމާގުޅިގެން ރުޅިއައިސްފައި ތިބި ރަޝިޔާގެ ރައްޔިތުން މިހާރު ރަޝިޔާގެ ސިފައިންނަށް ގޮވަމުންގެންދަނީ ޔުކްރެއިންގެ ވެރިރަށް ކީވް ގައިހުންނަ އެ ސަރުކާރުގެ އިމާރާތަކަށް ހަމަލާދިނުމަށެވެ.  މިހަމަލާ އާއި ގުޅިގެން ރަޝިޔާގެ ސަރްގްރަޑް ޓީ. ވީ. ސްޓޭޝަން ގެވެބްސައިޓްގެ އެންމެފަލަ ސުރުޚީއަކަށް ކީވް ބިރުން ތުރުތުރު އަޅަންޖެހޭވަރު ކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ރަޝިޔަން ޓި. ވީ. ގެ އެޑިޓަރ މާރްގަރިޓާ ސައިމަންވަން ޔޫކްރެއިންގެ އިންޓެލިޖެންސް އޭޖެންސީގެ އިމާރާތް، ފަހުގެ […]

ދަނޫބުކޯރު ތިލަވެގެން ދިއުމުގެ ބިރު ޔޫރަޕަށް 

މިއިން ޒަމާނަކުވެސް ޔޫރަޕަށް މެދުވެރި ނުވާފަދަ ހަނަފަސްކަމެއްމެދުވެރިވުމުގެ ސަބަބުން ޔޫރަޕްގެ ދެވަނައަށް އެންމެ ބޮޑު ކޯރު ދަނޫބުގެ ފެންގަނޑު ވޭތުވެދިޔަ ސަތޭކަވަރަކަށް އަހަރުދުވަހުގައިވެސް ނުހިނދޭވަރަށް ހިނދިއްޖެއެވެ. އޭގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމައިގާ އެ ކޯރުގެ ތެރެއިން ސަރބިޔާގެ ޕްރަހޯވޯގެ ބަނދަރަށް ގޮވާ އެއްޗެއްސާއެކު ފެތިފައިހުރި ޖަރުމަނުގެ އެތައް ބޯޓެއް ފެނުން މައްޗަށް ދައްކާލައިފިއެވެ. ސައެންސްވެރިން ބުނާގޮތުގައި މިއަހަރު މެދުވެރިވެގެން މިއުޅޭ ހަނަފަސްކަމަކީ ޖައްވު ހޫނު ވަމުން ދިއުމުގެ ނަތީޖާއެވެ. ޖަރުމަނުގެ ލަޝްކަރަށް ނިސްބަތްކުރެވޭ ވިއްސަކަށް ބޯޓު މިހާރުވެސް އެތަނުން ފެނެއެވެ. އަދި އެބޯޓުތައް ބަރުކޮށްފާހުރި ގޮވާތަކެތީގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަރަށް […]

ރަޝިޔާގެ ޙަރަކާތްތައް ނިއުކްލިއަރ ނުރައްކަލަކާ ދިމައަށް! 

ޔޫރަޕްގެ އެންމެ ނުރައްކާތެރި ނިއުކުލިއަރ ޕަވަރ ޕްލާންޓް ގެ ސަރަހައްދުގައި ހަނގުރާމައިގެ ހަރަކާތް ނުހިންގުމަށް އެދި ގޮވަމުންދާ ގޮވުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ރައީސް ޕޫޓިންގެ ހަނގުރާމައިގެ ފުދުންތެރި މަގްސަދު ހާމަކޮށްދޭ  “ ޒެޑް “ އަކުރު ފަވާލާފައިވާ ރަޝިޔާގެ މިލިޓްރީ ޓްރަކްތައް އެ ޕްލާންޓުގެ ޓަރބައިން ހޯލްގެ ތެރެއިން ފެނިއްޖެއެވެ.  ރަޝިޔާގެ ބާރުގެ ދަށުގައި ހުރި އެ ޕްލާންޓުގެ ތެރޭގައި ހިފޭއްޓިފައިތިބި ޔޫކްރެއިންގެ މަސައްކަތުމީހުން ގެންދަނީ އެތަނުން ސަލާމަތް ކޮށްދިނުމަށް އެދި އާދޭސް ކުރަމުންނެވެ. ޓެލެގްރާމް ގެ ވަސީލަތުން އެމީހުން […]

ތާރީޚުގެ ތެރެއިން އިނގިރޭސިން އިންޑިއާ ބައިބައިކޮށްލުން 

ދިވެހިންގެ އެންމެ ގާތް އެއް އަވައްޓެރި އަދި ހަމައެފަދައިން އެ ގާތްކަން އަބަދުވެސް ދަމަހައްޓަމުން ގެންދާ އިންޑިއާއަށް އިނގިރޭސީން ވެރިވެގަނެ އެގައުމުގެ މުއްސަނދިކަން ލޫޓުވާލުމަށްފަހު މިނިވަންކަން ދިނިއްޔޭ ބުނެ ފައިބައިގެން ދިޔައިރު ކަންތައް ކުރި ގޮތް ޚުލާސާ ގޮތެއްގައި ނަމަވެސްއެނގުމަކީ ބޭނުންތެރި ކަމެކެވެ.  މިއަދުގެ ދުނިޔޭގައި އިންސާނިއްޔަތުގެ ހަމަހަމަ ކަމަށް ދައުވާކުރުމުގައި އެންމެ ކުރީސަފަށް ނިކުމެ އުޅޭ އިނގިރޭސީން ކަންތައްކުރި ގޮތް އެނގުން ކޮންމެހެން ބޭނުމެވެ. މިނިވަންކަން ދިނުމުގައި ކޮންމެ ކަމެއްގައިވެސް އަމަލު ކޮށްފައިވަނީ އެ ގައުމުގެ ރައްޔިތުންގެ މެދުގައި ދުވަހަކުވެސް އެއްބަސް ނުވެވޭ ވަރަށް ނަފްރަތާ ރުޅިވެރިކަން ދެމިއޮންނާނެ ގޮތެއް ކަށަވަރު ކޮށްފައެވެ. ދެ ޕާކިސްތާނުގެ މެދުގައި އިންޑިއާ […]

ޗައިނާގެ ޖާސޫސީ ބޯޓު ސްރީލަންކާގައި ބަނދަރުކޮށްފި 

އިންޑިއާއިން ހިތްހަމަ ނުޖެހުން ފާޅުކޮށް ހަފްތާއެއްހާދުވަހު ލަންކާގެ ކަނޑުގެ ސަރަޙައްދުގައި މަޑުކޮށްގެން ރަޙުމަތްތެރިކަމުގެ ޙައްލެއްހޯދުމަށް މަސައްކަތްކޮށް ލަންކާއިން ހުއްދަދިނުން ލަސްކުރަމުން ދިޔަ ޗައިނާގެ ރިސާރޗް ޝިޕް ޔުއާންގް ވާންގް 5 ސްރީލަންކާގެ ހަމްބަންޓޮޓާގައި ބަނދަރު ކޮށްފިއެވެ. އަދި ޗައިނާއިން ބިލްޓްކޮށް ހިންގާ އެބަނދަރުގައި މި އޯގަސްޓްމަހުގެ 22 ވަނަދުވަހާ ހަމަޔަށް އެ ބޯޓު އޮތުމުގެ ހުއްދަ ދީފައިވާ ކަމަށް މިއަދު ސްރީލަންކާގެ ޚާރިޖިއްޔާއިން ބުނެފިއެވެ. އެހެންނަމަވެސް އެއީ ސްރީލަންކާގެ ސަރަހައްދުގައި އޮވެގެން އެއްވެސް ބާވަތެއްގެ ރިސާޗެއް ނުކުރުން ޝަރުތު ކޮށްފައި ކަމަށްވެސް ސްރީލަންކާގެ ރަސްމީ ފަރާތުން މައުލޫމާތު ދީފައިވެއެވެ. އެއީ ޖާސޫސި ބޯޓެއް ކަމަށާއިޖާސޫސީ ހަރަކާތްތައް ހިންގާނެ ކަމަށް ބެލެވޭކަމުގައި މީގެ […]