އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދާ ނޫޅެށެވެ!

އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ. ”وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ“ ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ. (އަލް ބަޤަރާ:12-11) أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَٰكِن لَّا يَشْعُرُونَ ބިމުގަ ކަރަޕްޝަން (ފަސާދަ) ހިންގުން ﷲ ނުރުއްސަވާއިރު ކަރަޕްޝަން ހިންގާ ވައްކަންކޮށް ކުރާ ތަރައްގީވެސް ހަމަ ރަނގަޅުކަމަށް ބުނެ އެފަދަ މީހުނަށް ބަޔަކު އަތްޖަހާ ތައުރީފުކޮށް ވާގިވެރިވެ އެމީހުންނަށް ސަޕޯޓްކުރުން އެއީ ﷲ ނަހީކުރެއްވިބޮޑު މުންކަރާތަކަށް އެހީތެރިވަނީ ކަމުގައި ނުވަނީހެއްޔެވެ؟ ނޫނީ ފާސިގު ވެރިންގެ ފަސާދައިގަ އެފަދަ ރައްޔިތުން ބައިވެރި […]

މުރުތައްދު ސަލްމާނު ރުޝްދީ ވެންޓިލޭޓަރާގުޅާފައި

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނިއުޔޯރކުގެ ޗައުޓައުކާ އިންސްޓިޓިޔުޓްގައި ތަގްރީރުކުރަން ހުއްޓާ ވަޅިއަކުން ހަމަލާދެވުނު 75 އަހަރުގެ ލިއުންތެރިޔާ ސަލްމާނު ރުޝްދީ އަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން މިހާރު އޭނާ އޮތީ ވެންޓިލޭޓަރަށް ގުޅާފައެވެ.                                  ރުޝްދީއަށް މިދިޔަ ހުކުރުދުވަހު ހަމަލާ ދެވުނުއިރު އޭނާހުރީ ޗައުޓައުކާ އިންސްޓިޓިއުޓްގައި ތަގްރީރު ކުރާށެވެ. އޭނާގެ ހަށިގަނޑަށް  ދިހަ ވަރަކަށް ސިކުންތުގެ ތެރޭގައި ފަނަރަ ވަރަކަށް ފަހަރު ވަޅިއަކުން […]

ޔޫރަޕަށް ބޭނުންވާ ހަކަތަ ނުލިބިދާނެތީ ފަރަންސޭސިންގެ އާދޭސް 

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަރަންސޭސި ރައީސްގެ ގަނޑުވަރުގައި ސަޢޫދީ ވަލީއަޙުދު މުޙަންމަދު ބިން ސަލްމާނުގެ ޝަރަފްގައި އޮތް ރޭގަނޑުގެ ފަރީއްކޮޅެއްގައި ރަޝިޔާގެ ތެލާއި ގޭސް ނުލިބުމުގެ ސަބަބުން ޔޫރަޕާށް ދިމާވެފައިވާ ނުކުޅެދުން ތެރިކަމުން އަރާގަތުމަށް އެހީވެދިނުން އެދި ވަލީ އަހްދު މުޙައްމަދު އަރިހުގައި ފަރަންސޭސި ރައީސް އެދި ވަޑައިގެންފިއެވެ.  ފަރަންސޭސި ރައީސް އޮފީހުން ހިއްސާ ކުރި ބަޔާނެއްގައި ބުނާގޮތުން ސަޢޫދީ ޢަރަބިޔާ އާއި އެކު ގުޅުން ބަދަހިކުރުމުގެ ބޭނުންތެރިކަމާއި އަދި ސަޢޫދީގެ ހަކަތަ ޔޫރަޕުގެ ގައުމުތަކަށް ފޯރުކޮށްދިނުން އިތުރުކޮށްދިނުން އެދިވަޑައިގެން އެކަމަށް ބާރު […]

މަކުނު ވިދުރިން ދުނިޔެ ބޮޑު ނުރައްކަލަކާ ދިމާލަށް

މިފަހަކަށް އައިސް ބައިނަލް އަގްވާމީ މީޑިއާގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ހަމަގައިވެސް ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ވަބާއެއް ކަމުގައިވާ މަކުނުވިދުރީގެ ވާހަކައެވެ.މިލިއުމުގައި ބޭނުން ކުރެވިފައިވާ ބަހުރުވައިގެ ތެރޭގައި ދިވެހިންގެ ރީތި އާދަކާދައަށް ނުފެތޭ ބަހުރުވަވެސް ބޭނުން ކުރެވިފައި ހުރެދާނެއެވެ. އެކަމުން އެއްކިބާވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރީމެވެ.  މަކުނު ވިދުރިއާރި ފިރިހެންކުޅީގެ ވާހަކަ އަޅުގަނޑުމެން ލިޔާކަށްވެސް ބޭނުމެއް ނުވެއެވެ. އެހެނަނަމަވެސް މިއީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ވެރިންގެ ނާސްތާ މޭޒުތަކުގެ ވަށައިގެންވެސް މިހާރު އެންމެ ގިނައިން ބަހުސް ކުރެވޭ […]

ބްރެޒިލްގައި ހުންނަވާ ޖަރުމަނުގެ ކޮންސަލް ހައްޔަރުކޮށްފި 

ބްރެޒިލްގައި ހުންނަވާ ޖަރުމަނުގެ ކޮންސަލް އޭނާގެ ފިރިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ.  މިދިޔަ އާދިއްތަދުވަހުގެ ރޭ ރިއޯ ޑި ޖެނެއިރޯގައި ހުންނަވާ އެ ޑިޕްލޯމެޓް އޫވޭ ހާރބަރޓް  ހަން  ހައްޔަރު ކުރެވުނީ އޭނާގެ ފިރިމީހާ ބެލްޖިއަމްގެ ވޯލްޓަރ ބައިއޮޓް މަރާލުމުގެ ތުހުމަތުގައެވެ.  ފުލުހުން ބުނާގޮތުގައި ފޮރެންސިކް ތަހްލީލުތަކުން އެ އެޕާރޓްމެންޓުގައި ލޭގެ އަސަރު ފެނިފައިވާކަމަށާއި އޮޓޯޕްސީ ރިޕޯރޓުން ބައިއޮޓްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން އެނގެންހުރިކަމަށެވެ. އަދި އޭނާ މަރާލެވިފައިވަނީ ގަދަބާރު ބޭނުންކޮށްގެންކަން އެއްވެސް ޝައްކެތްނެތް […]

ސްރީލަންކާގެ ކުރިއަށް އޮތް 25 އަހަރުގެ ތަސައްވުރު 

ސްރީލަންކާގެ މިހާރުގެ ސަރުކާރު އުފަންވެގެން މިއައީ ގޮޓަބާޔާ ރާޖަޕަކްސެގެ ވެރިކަމުގައި ގައުމު ބަޑަށްޖެހި ރައްޔިތުން މަގުތަކަށް ނިކުމެ އެތައްދުވަހެއް ވާންދެން ކުރަމުން ގެންދިޔަ މުޒާހަރާ ތަކަކާ ގުޅިގެންނެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ ގޮޓަބާޔާ ރާޖަޕަކްސެ ގެ ސަރުކާރުން ބާކީ އޮތް މުއްދަތަށެވެ. އެއީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.                                                       […]

ޖައްވުގައި އަނެއްކާވެސް އަދިރިކަމުގެ ޒަމާނެއްފެށިދާނެ

ޖައްވުތެރޭގައި އެންމެ ފުރަތަމަ ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަނެއް ގާއިމްކުރީ ނާސާއަކުން ނޫނެވެ. އަދި ކިއެއަތް! އެއީ ރަޝިޔާއެވެ. 41.2 ފޫޓުގެ ޒަރްޔާ ނަންދެވުނު ( ޒަރްޔާއަކީ ރަޝިޔާގެ ބަހުން އިރުއެރުން ) މޮޑިއުލް އޭގެ ދަތުރަށް ފަށައިގަތީ އުޑުމަތި ބަނަ ދުވަހަކު އެކަމަށްޓަކައި ކަޒަކިސްތާނުގައި ތައްޔާރު ކުރެވިފައިވާ ފެސިލިޓީއަކުން 1998 ނޮވެމްބަރ 20 ވަނަ ދުވަހުއެވެ.  އެއީ 1989 ވަނައަހަރު ފިނި ހަނގުރާމަ ނިމުމަށްފަހު ޖެހިގެންއައި ދިހަވަރަކަށް އަހަރު ޖިއޯ ޕޮލިޓިކްސް ގެ ވާގަނޑު ދެކޮޅަށް ދަމަމުންގޮސް ކުރީގެ ދެ ދުޝްމިނުން ހިއްސާ ކުރާގޮތަށް ކުރިއަށްއޮތް 30 […]

ޗައިނާގެ މިލިޓްރީ ތަމްރީނުތަކުގައި ތައިވާނުގެ ސަރަހައްދަށް ވަދެއްޖެ 

ތައިވާނުގެ ދިފާއީ ވުޒާރާއިން ހާމަކުރާ ގޮތުގައި ޗައިނާއިން މިހާރު ކުރިއަށް ގެންދާ މިލިޓްރީ ތަމްރީނު ތަކުގައި އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް ވަދެގެންފިއެވެ. ތައިވާނުގެ ދިފާއީ ވުޒާރާއިން ބުނާގޮތުގައި ޗައިނާއިން މިކުރީ ޔުނައިޓެޑް ނޭޝަންސްގެ ގަވައިދުތަކާ ޚިލާފް އަމަލެކެވެ. ޗައިނާއިން ތައިވާނުގެ ސަރަހައްދުގެ ތެރެއަށް ވަންނަ ކޮންމެ ވަދެގަތުމަކަށް ރައްދުދޭނެ ކަމުގައި ތައިވާނުން ބުނެފިއެވެ. އަދި  ކަނޑާއި ވައިގެ ސަރަހައްދު ހިމެނޭގޮތަށް ޗައިނާއިން މި ހިންގާ ތަމްރީނުތަކުގެ ސަބަބުން ބައިނަލް އަގްވާމީ ބޯޓުފަހަރު ދަތުރު ކުރުމަށް ނުރައްކާތައް މެދުވެރިކޮށް ތައިވާން ކަނޑުއޮޅީގެ ސަރަހައްދުވެސް ނުރައްކާތެރި ތަނަކަށް ބަދަލުވެއްޖެ ކަމަށެއެވެ. އަދި ޗައިނާގެ ތަމްރީނުތައް […]

ޕާކިސްތާނުގެ ހެލިކޮޕްޓަރ ވައްޓާލީ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތަކުން.

ޕާކިސްތާނުން ވަކިވެގަތުމަށް މަސައްކަތްކުރާ ބަލޯޗް ރާޖީ އާޖޮއި ސަންގަރް (ބީ. އާރް. އޭ. އެސް.) އިން ރޮއިޓާރޒް އަށް މައުލޫމާތ ދީފައިވާގޮތުގައި ފެންބޮޑުވުމުގެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދޭން މިދިޔަ ހޯމަދުވަހު މަސައްކަތް ކުރަމުން ގެންދިޔަ މިލިޓްރީ ހެލިކޮޕްޓަރ ވައްޓާލީ އެ ގުރޫޕުންކަމަށް ބުނެފިއެވެ. އެހެންނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އެމީހުނަކަށް ނުދެއްކުނެވެ. އަދި ރޮއިޓާރޒް އަށް އެގުރޫޕްގެ ބުނުން ކަށަވަރު ކުރެވޭނެ ގޮތެއްވެސް ނުފެނުނެވެ. އެ ޚަބަރާގުޅިގެން ޕާކިސްތާނުގެ ސިފައިންގެ އިސް ބޭފުޅަކު ވިދާޅުވީ ސިފައިންގެ އިސް ބޭފުޅުން ތަކަކާއެކު ދަތުރުކުރި ހެލިކޮޕްޓަރ ވެއްޓުނީ […]

ޙާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދޭން އުޅުނު ހެލިކޮޕްޓަރ ގެއްލިއްޖެ

ޕާކިސްތާނުގެ ދެކުނު ބަލޯޗިސްތާނަށް އާދަޔާ ޚިލާފަށް ކުރަމުންދާ ވިއްސާރައިގާ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޙަރަކާތްތެރިވަމުންގެންދިޔަ ޕާކިސްތާނުގެ މިލިޓްރީ ހެލިކޮޕްޓަރެއް ގެއްލިއްޖެއެވެ. ސިފައިންގެ ބަޔާނުގައިވާގޮތުން އެ ހެލިކޮޕްޓަރ އާއި އެއަރޓްރެފިކް ކޮންޓްރޯލް ގެ ގުޅުން ކެނޑުނފަހުން މިހާރު ހަ ގަޑިއިރުވެއްޖެއެވެ.  ހެލިކޮޕްޓަރ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ފުލުހުންގެ ފަރާތުން ޕަރވޭޒް އުމްރާނީ ވިދާޅުވެފައިވަނީ އަދި މިހާތަނަށް ހެލިކޮޕްޓަރުގެ އެއްވެސް ހިލަމެއް ނުވާކަމުގައެވެ. ހެޕިކޮޕްޓަރުން ދަތުރުކުރި ސިފައިންގެ 6 މީހުންގެ ތެރޭގައި ކޯސްޓްގާރޑުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ އަމްޖަދު ހަނީފް ސައްޓީ […]