މަކުނު ވިދުރިން ދުނިޔެ ބޮޑު ނުރައްކަލަކާ ދިމާލަށް

Loading

Facebook
Twitter
WhatsApp


މިފަހަކަށް އައިސް ބައިނަލް އަގްވާމީ މީޑިއާގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ހަމަގައިވެސް ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ވަބާއެއް ކަމުގައިވާ މަކުނުވިދުރީގެ ވާހަކައެވެ.މިލިއުމުގައި ބޭނުން ކުރެވިފައިވާ ބަހުރުވައިގެ ތެރޭގައި ދިވެހިންގެ ރީތި އާދަކާދައަށް ނުފެތޭ ބަހުރުވަވެސް ބޭނުން ކުރެވިފައި ހުރެދާނެއެވެ. އެކަމުން އެއްކިބާވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރީމެވެ. 

މަކުނު ވިދުރިއާރި ފިރިހެންކުޅީގެ ވާހަކަ އަޅުގަނޑުމެން ލިޔާކަށްވެސް ބޭނުމެއް ނުވެއެވެ. އެހެނަނަމަވެސް މިއީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ވެރިންގެ ނާސްތާ މޭޒުތަކުގެ ވަށައިގެންވެސް މިހާރު އެންމެ ގިނައިން ބަހުސް ކުރެވޭ އެއް މައްސަލައެވެ. ހިތާމައަކީ އެ ބަހުސްތަކުގެ މިސްރާބު ހުރި ދިމާލެވެ. ފިރިހެންކުޅި ހުއްޓުވަން މަސައްކަތް ކުރުމުގެ ބަދަލުގައި އެކަން ކުރަންވީގޮތް ތަޢާރުފް ކުރުމުގެ ބަހުސަކަށް ވާތީއެވެ. ރައްކާތެރިކަމުގެ ފިޔަބވަޅުތަކެއް ތަޢާރުފް ކުރުމުގެ ބަހުސަކަށް ވާތީއެވެ. އެމީހުންގެ ކޮންމެ ނިންމުމަކަށް މުޅިދުނިޔެ އާނބަސް ބުނަން ޖެހޭނެތީއެވެ. އެހެންނޫނީ ދަތުރުފަތުރު ކުރުންފަދަ އެތައްކަމަކަށް އޮތް މަގުވެސް ބަންދު ވެދާނެތީއެވެ. އެފަދަގޮތެއް މެދުވެރިވެއްޖެނަމަ އިންސާނާ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ އަސާސީ ބޭނުންތަކަށްވެސް މަގު ބަންދުވެދާނެތީއެވެ.

ކޯވިޑް 19 އިން އަދި މިއުޅެނީ ސަލާމަތް ނުވެވިގެންނެވެ. ސަންދާނުގެ މަގްސަދަކީފިރިހެން ކުޅިއާއި މަކުނު ވިދުރި އިންސާނިއްޔަތު ލަވަމުން މިގެންދާ ހަލާކުގެމިސްރާބު ކިއުންތެރިންނަށް ގެނެސްދިނުމެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައިކަން އޮޅުންފިލުވާ ދިނުމަށްޓަކައި ތަފާތު ދީންތަކާއި މަޒްހަބުގެ އިލްމުވެރިންގެ ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެމީހުންގެ ނުރުހުމާއި ކަންބޮޑުވުންހާމަކުރަމުންނެވެ. ހަމައެބީދައިން އަނެއްބަޔަކު ގެންދަނީ މިނުބައި ފާހިޝްކަންތަކުންވެސް ސިޔާސީ މަންފާ ހޯދޭނެ ގޮތްތަކަށް މަގު ކޮށަމުންނެވެ.އަޅުގަނޑުމެންގެ ތެރޭގައިވެސް މަކުނު ވިދުރީގެ ވަބާ އަށަގަތުމުގެ ފުރުސަތު ނެތެއް ނޫނެވެ. ނެތްކަމެއްވެސް ނޭނގެއެވެ. ވަގުތު ފާއިތުވެގެން ދިއުމުގެ ކުރިން ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯ ގަދައަޅައި މަސައްކުރަން މިއޮތީ ޖެހިފައެވެ.                           

މަކުނު ވިދުރިއަކީ ސިއްޙީ އިމަރޖެންސީއެއް ކަމަށާއި ވީހާވެސް ”މަދު“ އަދަދެއްގެ ފިރިހެނުންނާއެކު ޖިންސީގުޅުން ހިންގުމަށް އިލްތިމާސްކޮށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ އިން އިއުލާނު ކުރިތާ އެއްދުވަސް ފަހުން ސެން އެމެރިކާގައިވެސް މިއީ ސިއްޙީ އިމަރޖެންސީ އެއްކަމާއި އަދި  މިވަބާ ފެތުރިގެން ދަނީ ފިރިހެނުން އެއްޖިންސުން ގުޅުންހިންގާ މީހުންގެ މެދުގައިކަން އިޢުލާން ކޮށްފިއެވެ. އެހެންނަމަވެސް އެތައްހާސްބަޔަކު ނިކުމެ މިދިޔަ ހަފްތާ ބަންދުތެރޭގައި އެމީހުންގެ ލަދުޙަޔާތުން އެކަހެރިވެފައިވާ އަހަރީ ކިންކް އެންޑް ފެޓިޝް ނުވަތަ ޑޯރ އެލީ ގެ މުނާސަބަތު ފާހަގަކޮށްފިއެވެ. 

ކިންކް އެންޑް ފެޓިޝް ނުވަތަ ޑޯރ އެލީގެ މުނާސަބަތަށް ދިވެހިބަހުން ކިޔާނެ އެއްޗެއް ނޭގެއެވެ. އެނގޭ މިންވަރަކީ އެއީ ލަދުޙަޔާތް އަރުއްވާގެންފައިވާ އެއްޖިންސުން ގުޅުންހިންގާ ފިރިހެނުން ކޮންމެ އަހަރަކުވެސް ފާހަގަކުރާ ޚާއްސަ މުނާސަބަތެއް ކަމުގައެވެ. އެމެރިކާގެ ސެންފްރާންސިސްކޯގެ ސިއްޙީ އިދާރާއިން އެމީހުންގެ ޙަފްލާކުރުން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނާޅައެވެ. އެމެރިކާގައި މި ވަބާ ފެތުރުން ކަންބޮޑުވާ ހިސާބަށް ދިއުމުން ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން މިހާރު ވިސްނަމުން ގެންދަނީ ގުޅުންހިންގާ ފިރިހެނުންގެ އަދަދު މަދުކުރުމަށް އިރުޝާދު ދިނުމަށެވެ. ހަމައެއާއެކު ސެންފްރާންސިސްކޯ އާއި ޗިކާގޯ އާއި ނިއު ޔޯރކްފަދަ ބޮޑެތި ސަހަރުތަކުގައި މި ފިރިހެންކުޅީގެ ވަބާ ހައްދުން ނައްޓާލާ ހިސާބަށްގޮސް ފައިވާއިރުވެސް އެކުގައި ގުޅުންހިންގާ ފިރިހެނުންގެ އަދަދު މަދުކުރަން އިރުޝާދު ދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތަށްވެސް ލިބެމުންދަނީ މުޅިން ބީރު ކަންފަތެވެ.

މިކަމުގެ ސަބަބުން ފިރިހެންކުޅި މިހާރަށްވުރެންވެސް ބޮޑަށް ފެތުރިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ރައްކާތެރި ކަމާއެކު ގުޅުން ހިންގުމަށާއި ބަލިފެތުރުން ހުއްޓުވަން އެއްބާރުލުން ދިނުމަށް ސަރުކާރުގެ ސިއްޙީ ދާއިރާތަކުން ގެންދަނީ އިލްތިމާސްކުރަމުންނެވެ. އެހެންނަމަވެސް މަކުނުވިދުރި ފެތުރުން ހުއްޓުވުމަށްޓަކައި ނިދާކޮޓަރިތަކަށް ސަރުކާރުން ވަދެގަނެވޭނެގޮތެއް ނެތޭވެސް ބުނަމުންނެވެ. މަކުނުވިދުރި ހުއްޓުވަން މަސައްކަތްކުރާ ރެސްޕޯންސް ޓީމުގައި ހިމެނިވަޑައިގަންނަވާ ކެލިފޯނިޔާގެ ސްޓޭޓް ސެނޭޓަރ ސްކޮޓް ވިއެނަރ ވިދާޅުވާގޮތުގައި މަކުނުކުޅި ކުޅެން ބޭނުންވާ މީހުން އެކަން ކުރާނެއެވެ. އެކަމުގެ ޕާރޓީތަކަށްވެސް ދާނެއެވެ. ހަމައެފަދައިން އެކަންނުކުރާނެބަޔަކު ނުވެސް ކުރާނެއެވެ. ކޮންމެމީހަކަށްވެސް އެމީހަކު އެކުރާކަންތަކުގެ ނަތީޖާ އެނގެންވާނެއެވެ. އާއެކެވެ! ފަސޭހަ ނިންމުމެކެވެ. އެހެނަސް އެހެންމީހުންގެ ޙައްގުތަކެވެސް މުޖުތަމަޢުގައި ވާނެކަން ކަށަވަރެވެ.                                                                         

މިހާތަނަށް އެމެރިކާއިން އެކަނިވެސް 6600 މީހުންނަށް މަކުނުވިދުރި ޖެހިފައިވާކަން ވަނީ ކަށަވަރު ވެފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އެމެރިކާގައި އޮތީ މަކުނުވިދުރިއަކީ ސިއްޙީ އިމަރޖެންސީއެއް ކަމުގައި އިޢުލާން ކޮށްފައެވެ. މިބަލި ޖެހުން އެންމެ އާންމުގޮތަކީ ބަލިޖެހިފައިވާ މީހެއްގެ ގައިގާ ބީހުމުން އެމީހެއްގެ ގައިގާ ހުންނަ ބިހިތަކެއް ޖެހުމުގެ ސަބަބުންނާއި ނުވަތަ މަށައިގެން ގޮއްސާހުރި ތަނެއް ހަމުގައި ބީހުމުގެ ޒަރީއާއިންނެވެ

ޖިންސީ ގުޅުން ހިންގުމަކީ މީގެތެރެއިން ފާހަގަކޮށްލެވޭ ޒަރީއާއެކެވެ. ފިރިހެނުންނާއިއެކު ފިރިހެނުން ޖިންސީ ގުޅުން ހިންގާ މީހުންނަށް އެންމެ ގިނައިން މި ބަލި ޖެހިފައިވާކަން ފާހަގަ ކުރެވިފައި ވާއިރު އެނޫން ގޮތްގޮތުންވެސް ދެން މި ބަލި ފެތުރުމުގެމަގު ފަހިވެދާނެކަން ދެނެގަންނަން ޖެހެއެވެ.                                                         

އެޗް.އައި.ވީ. އާއި އެއިޑްސް ފަދަ ބަލިމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޚިދުމަތުގައި އެތައް އަހަރެއް ހޭދަކުރަމުން ގެންދާ ސިއްޙީ ތަޖްރިބާކާރުން ވިދާޅުވެފައިވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގުން މަދުކުރަން ނަސޭޙަތްތެރިވުމަކީ ބޭކާރު މަސައްކަތެކެވެ. ގައިންގަޔަށްއަރާ ނުރައްކާތެރި ބަލިތަކުގެ ތަޖުރިބާކާރު ވިދާޅުވާގޮތުގައި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ޚާއްސަކޮށްގެން މަކުނު ވިދުރި ހުއްޓުވަން ހަމައެކަނި އިންޒާރު ދިނުމަކީ އެންމެ ރަނގަޅ ުގޮތެއްނޫނެވެ. އެހެންނަމަވެސް ޖިންސީގުޅުން ތަކާބެހޭ ލިއުންތެރިޔަކުކަމުގައިވާ ޑާން ސެވޭޖް ގެ ނަޒަރުގައި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުން ފެތުރެމުންދާ މަކުނުވިދުރިއާ ބެހޭގޮތުން އެމީހުން ހޭލުންތެރިކުރުވުމަކީ ސިއްޙީ އިދާރާގެ ޒިންމާއެކެވެ. ސެވޭޖް އަކީ ގިނަ ބައިވެރިންނާއެކު ޖިންސީގުޅުން ނުހިންގުމަށް ވަކާލާތުކުރާ މީހެކެވެ. އޭނާ ބުނާގޮތުގައި އޭނާގެ ހަމައެކަނި ބައިވެރިޔަކީ އޭނާގެ ފިރިމީހާ ނުވަތަ ބޯއިފްރެންޑެވެ. އޭނާ އިތުރަށް ވިދާޅުވެފައިވާގޮތުގައި މި ބަލިމަޑުކަން މިހާބޮޑަށް ފެތުރިގެން މިދިޔައީ އެއްވެސް މިނެއް ހަމައެއް ލަމައެއްނެތި ޔޫރަޕްގެ ގައުމުތަކުގައި ބާއްވަމުން ގެންދިޔަ ޝަހުވާނީ އެއްވުންތަކެއްގެ ސަބަބުންނެވެ. ސިއްޙީ އިދާރާތަކުން އެމީހުންގެ ޙަރަކާތްތަކަށް ހައްދެއް ކަނޑައެޅިނަމަ އަދުގެ މިނުރައްކާތެރި ޙާލަތަކަށް ނުވެއްޓުނީހެވެ.                           

ޑޯރ އެލީގެ ޙަފްލާގައި (ފިރިހެން ކުޅީގެ ޙަފުލާގައި) ބައިވެރިވި ބައެއް މީހުންނާއެކުވޯޝިންގްޓަން ޕޯސްޓުން ބަސްދީގަތުން ހޯދިކަމަށްވެއެވެ. އެމީހުން ބުނި ގޮތުގައި މަކުނު ވިދުރީގެ ނުރައްކާތެރިކަން އެމީހުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވީމާ އެމީހުންތިބީ އެކަކު އަނެކެއްގެ ހަމުގައި ނުބީހޭ ކަހަލަ ރައްކާތެރި ވާރޭދުނީގެ ޔުނިފޯމު ގައެވެ. އަދި ބައެއްމީހުން ބުނިގޮތުގައި ޙަފްލާގެފަހުން އެމީހުން ޖިންސީގުޅުން ހިންގަންވެސް ބޭނުމެއް ނުވިއެވެ. އެމީހުން ތިބީވެސް އެކަކު އަނެކަކު ގައިގާ ނުޖެހޭ ގޮތަށް ދުރުދުރުގައެވެ. އެހެންނަމަވެސް ކުއްތާތަކެއްހެން ހެދުން އަޅައިގެން ތިބިއިރު އެމީހުންގެންދިޔައީ ފިރިހެނުންނާ ދިމާއަށް ކަޅިއަޅަމުންކަން ފާހަގަކުރެވުނެވެ.

ކޮންމެ އަހަރަކުވެސް މި ޙަފްލާގައި ބައިވެރިވަމުން ގެންދާ އުމުރުން ތިރީހަކަށް އަހަރުގެ ފިރިހެނަކު ބުނިގޮތުގައި އޭނާހުރީ މަކުނު ވިދުރީގެ ވެކްސިންވެސް ނަގައިގެންނެވެ. އެހެންނަމަވެސް މިފަހަރުގެ ޙަފްލާއަށްފަހު ޖިންސީގުޅުން ހިންގާކަށް ބޭނުމެއް ނުވިއެވެ. އަދި ޙަފްލާއަށް އަންނަމީހުން ގިނަވެ ތޮއްޖެހެން ފެށުމުން އޭނާ ނިކުމެގެން ދިއައީ ކަމަށެވެ. އަހަރެންގެ ވަޒީފާއަކީ މަސާޖްކޮށް ދިނުން ކަމުގައިވާތީ ވަޒީފާއަށް ނިކުތުމަށް ހުރަސް އެޅޭނެގޮތް މެދުވެރިވިޔަ ނުދިނުމަށްޓަކައި މިދުވަސްވަރު އަދިރިކޮޓަރީގައި ހިންގޭ ޖިންސީގުޅުން ހިންގުމުގެ ޕާރޓީ ތަކަށް ދިއުމާއި އަދިއެގޮތަށް ޖިންސީ އެދުންފުއްދުމުން ދުރުހެލިވާން ބޭނުންވަނީއެވެ.         

ސެންފްރާންސިސްކޯގެ ޕަބްލިކް ހެލްތު އޮފިސަރަކު ބުނިގޮތުގައި އެޗް.އައި.ވީ. އާއި އެލް.ޖީ.ބީ.ޓީ.ކިޔޫ. (ފިރިހެންކުޅި ތަޢާރަފުކޮށް އެކަމަށް ވާގިވެރިވެ ޕްރޮމޯޓްކުރަ ވަޙުޝީ) ގެ ޖަމްޢިއްޔާ ތަކާއެކު ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރުމުން ދަސްވި ފިލާވަޅަކީ މުޖުތަމާއިން މިކުޅި ފޮހެލުމަށްޓަކައި ކުރެވެމުންދާ މަސައްކަތް ކާމިޔާބު ނުވާނެކަމެވެ. އަދި ގަވައިދުތައް މާބޮޑަށް ހަރުކަށި ކޮށްފިނަމަ މި ކުޅިއާއާމެދު މީހުންގެ ޝައުގުވެރިކަން މާބޮޑަށް އިތުރުވެގެން ހިނގައިދާނެ ކަމަށެވެ. އަދި ސެންފްރާންސިސްކޯއިން ގަސްދުކުރަނީ ޑޯރ އެލީގެ ޙަފްލާތައް މަނާކުރުމުގެ ބަދަލުގައި މަކުނު ވިދުރީގެ ނުރައްކާތެރިކަން އަންގައިދިނުމާއި ހަމުގެ ގުޅުން ނުހިނގާގޮތަކަށް ހެދުން އެޅުން ކަށަވަރު ކުރުމަށްބާރު އެޅުމަށެވެ. އެހެންނަމަވެސް މިފަހަރުގެ ޙަފްލާތައް ބޭއްވެމުންދާ މަގުތަކުގައިވެސް މި ބަލީގެ ނުރައްކާތެރިކަން އަންގައިދޭފަދަ އެއްވެސް އިޝްތިހާރެއް ފެންނާކަށް ނެތްކަމުގައިވެއެވެ.                                                                            

ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމާއި މަކުނުވިދުރިއާ ބެހޭގޮތުން ވާހަކަދައްކަމުން ވޯޝިންގްޓަން ގެ ސިއްޙީ އިދާރާގެ ޖިންސީ ގުޅުންތަކުގެ ސަބަބުން އުފެދޭ ބަލިމަޑު ކަމުން މުޖުތަމާ ރައްކާތެރި ކުރުމާއިބެހޭ މެނޭޖަރ ބުނިގޮތުގައި މިހާރު އުފެދިގެން މިއުޅޭފަދަ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހިތަށް އަރާއިރަށް ޖިންސީގުޅުން ހިންގުމުގެ އާދަކާދައާއި ދުރުހެލިވުމުގެ އިތުރުން ގައިގޯޅިކޮށް ނެށުންފަދަ ކަންތަކުންވެސް އެއްކިބާވުން ވަރަށް ބޭނުމެވެ.

ނަމަވެސް ބައެއް ސިއްޙީ އޮފިޝަލުން ބާރުއަޅަމުން ގެންދަނީ މަކުނުވިދުރި ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލަށް ނުދިއުމަށާއި ދީނީ އަދި ކައިވެނީގެ ޙަފްލާތަކަށާއި ޖަނާޒާ ތަކުން ދުރުހެލިވުމަށެވެ. އަދި މަކުނުވިދުރީގެ ނުރައްކާ ތެރިކަން ކޯވިޑް 19 އަށްވުރެން މާކުޑަކަމަށާއި ވެކްސިންއާއި ބެސްފަރުވާވެސް ހޯދިފާއޮތުމާއެކު މިހާތަނަށް ހޮސްޕިޓަލް ތަކުގައި އެޑްމިޓްކުރެވޭ މީހުންގެ އަދަދުވެސް މާބޮޑަށް މަދު ކަމަށާއި އަދި މި ބަލިމަޑުކަމުގައި އެމެރިކާއިން އެއްވެސްމީހަކު މަރު ނުވާކަމުގައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިންވެސް މިދިޔަ ޖުލައިމަހު މަކުނުވިދުރިއަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް  ކަނޑައެޅުމުގައިވެސް ބާރުއަޅާފައި ވަނީ ގިނަ ފިރިހެނުންނާއެކު ޖިންސީގުޅުން ނުހިންގުމަށާއި ޖިންސީގުޅުން ހިންގާ ޙަފްލާތަކުން ދުރުހެލިވުމަށެވެ. މިކަމާގުޅޭގޮތުން މިދިޔަ ހަފްތާގައި އެ ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވި ސަރުކާރުތަކުންނާއި ފަރުދުންގެ އެއްބާރުލުން ލިބިއްޖެނަމަ މަކުނުވިދުރި ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. 

ފަރުދީގޮތުން ވިސްނާނަމަ ގިނަ ފިރިހެނުންނާއި އެކު ޖިންސީގުޅުން ނުހިންގުމަށާއި އަލަށް ބައިވެރިން ނުހޯދުން މުހިންމު ކަމުގައެވެ. އަދި ޖިންސީ ގުޅުން ހިންގަމުން ގެންދާ ބައިވެރިންގެ މައުލޫމާތު އޮޅުންފިލުވާފައި އޮތުން ވެކްސިން ދިނުން ފަދަކަންކަމުގައި ވަރަށް ބޭނުންތެރި ކަމުގައެވެ. އަދި ޖިންސީ ގުޅުން ހިންގުމުގެ ގޮތްތައް އެމީހުން އަމިއްލައަށް ބަދަލުކުރަމުން ގެންދާކަންވެސް އެނގިފައިވާކަށް އޭނާ ވިދާޅުވިއެވެ.                                         

މަކުނުވިދުރި ފެތުރުން ކޮންޓްރޯލް ކުރުމާއި ބެހޭގޮތުން ވާހަކަދައްކަމުން އެމެރިކާގެ ސީ.ޑި.ސީ. އިން ހާމަކުރާ ގޮތުގައި މި ބަލިމަޑުކަމަކީ ވަގުތީ ކަމެކެވެ. އެމެރިކާއިން މަސައްކަތް ކުރަމުން ގެންދަނީ މި ބަލިމަޑުކަމުގެ ވެކްސިން އާއި ބޭސްފަރުވާ ޢާންމުކޮށް ލިބެން ހުންނަގޮތް ހެދުމަށެވެ. މިކަމުގައި ދެން އޮތް ފިޔަވަޅަކީ އެކުގައި ޖިންސީގުޅުންހިންގާ މީހުންގެ އަދަދު މަދުކުރުމެވެ. ސީ.ޑީ.ސީ. ގެ މި ވިސްނުމާއިދިކޮޅަށް ފާޑުކިޔަމުން ގެންދާ ސިއްޙީ މާހިރުންވެސް މަދެއްނޫނެވެ. 

އެމީހުންގެ ނަޒަރުގައި ސީ.ޑީ.ސީ. ގެ ވިސްނުން ހުރިގޮތުން މިވަބާގެ ދޮރު އެއްވެސް ވަރަކަށް ބަންދެއް ނުކުރެވޭނެއެވެ. މި ވަޙުޝީ ބަލިމަޑުކަމުން އިންސާނިއްޔަތު ރައްކާތެރި ކުރެވޭނެ ހަމައެކަނި މަގަކީ ފިރިހެނުން އެއްޖިންސުގެ ގުޅުން ނުހިންގުމެވެ. ބަލި ޖެހިފައި ހުންނައިރު ޖިންސީގުޅުން ހިންގުމުގައި ދޮންދިނުމުން އެކަހެރި ވުމާއި އެމީހުންގެ ބިހިތަކާއި ފާރުވެފައިހުރި ތަންތަން އަނެއްމީހާގެ ގައިގާ ނުބީހޭގޮތަށް ގުޅުންހިންގިދާނެ ކަހަލަ އިޝާރާތެއްވެސް ކުރެވިގެން ނުވާނެއެވެ. 

މިގޮތަށް ވަކާލާތުކުރާ ބައެއް ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި އެމީހުންގެ މި ވިސްނުމުގެ ސަބަބުން މުޖުތަމާގައި ތައުރާތު ހިފައިގެން ދީން ދަސްކޮށްދޭން އުޅެނީކަމަށް ބުނާ ބަޔަކުވެސް އުޅޭނެކަން އެނގެއެވެ. އެހެންނަމަވެސް މި ބަލިމަޑުކަމުން އަރާގަތުމަށް މިނޫންގޮތެއް ނެތެވެ. މި ބަލިމަޑުކަމުން އިންސާނިއްޔަތު ރައްކާތެރި ކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެހެންނަމަވެސް މި ބަލިމަޑުކަން ހުއްޓުވަން އަޅަންހުރި ފިޔަވަޅުތަކުގައި ދުނިޔޭގެ އަމުރުމައުރޫފް ތަންފީޒުކުރަން ތިބި މީހުން ފެންނަމުން މިދަނީ އަތްފައިގެ ވާގިނެތޭ ބަލި ޖެހިފައި ތިބި ބައެއްގެ ގޮތުގައެވެ.މި ވިސްނުމާއި ގުޅޭގޮތުން ސިއްޙަތާބެހޭ އިދާރާގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.                                                                           

އެއްޖިންސުން ޖިންސީގުޅުން ހިންގަން ބޭނުންކުރާ ބައިވެރިންގެ އަދަދު މަދުކުރަން ދެމުންގެންދާ އިރުޝާދުތަކަށް ފާޑު ކިޔާ މީހުން ބުނާގޮތުގައި އެޗް.އައި.ވީ އާއި އެއިޑްސްގެ ބަލިމަޑުކަމުން އަރައިގަތުމަށް މިހާތަނަށް ކުރެވުނު ތަޖްރިބާތަކުން، އެގުޅުން ހިންގަން ބޭނުންވާ މީހުންގެ ވިސްނުމަށް އެއްވެސް މިންވަރެއްގެ ހެޔޮ ބަދަލެއް ނުގެނެވުނެވެ. އެޗް.އައި.ވީ. ފެށިގެން އައިދުވަސްވަރު ޖިންސީގުޅުންތައް ވަކި ހައްދެއްގެ ތެރޭގައި ހިފޭއްޓުމަށް ކުރެވެމުންދިޔަ އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ. 

އެކަންކުރަން ބޭނުންވާބަޔަކު ގެންދިޔައީ އެމީހުން ހިތް އެދޭގޮތަކަށް އެކަން ކުރަމުންނެވެ. ސައެންސާއި އަދި ތާރީޚުގައި ހިނގާފައިވާ ހާދިސާތަކުގެ މައްޗަށްބިނާކޮށް އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް އުނގަންނައިދީ އިންޒާރު ދިނުމަށްކުރެވޭ މަސައްކަތްތައް ދަނީ ބޭކާރު ވަމުންނެވެ. އެ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ. އެމީހުން ދެކޭގޮތުގައި ހުރަސް (ކޮންޑޮމް) ބޭނުން ކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުން ފުދޭނެއެވެ. އެކަމަކު ކުޅިކުޅުމެއް ނުހުއްޓުވޭނެއެވެ.                                         

އެއްޖިންސުން ގުޅުންހިންގުމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަށް އަމާޒުކޮށްއެއްޖިންސުން ގުޅުން ހިންގާމީހުން މުޖުތަމާއިން އެކަހެރިކުރަން ބާރުއަޅަމުންދާކަމަށާއި އަދި ސްކޫލްތަކުގެ ލައިބްރަރީތަކުން ވެސް އޭގެފޮތްތައް ނެގުމަށާއި އަދި ސްކޫލްތަކުގައި ކުޑަކުދިންނަށް ޖިންސީ ގުޅުންތަކާބެހޭ މައުލޫމާތު ކިޔަވާ ދިނުން މަނާކުރަން ބާރުއަޅަނީ ކަމަށްބުނެ ވަރަށް ބޮޑެތި ފާޑުކިއުންތައް ކުރިމަތި ކުރަމުން އެބަގެންދެއެވެ.

ހަމަމިމޭރުމުން އެއްޖިންސުން ގުޅުން ހިންގުމަކީ މާ ބޮޑުކަމަކަށް ނުދެކޭ ބައެއް ތާރީޚީ އިލްމުވެރިންގެ ނަޒަރުގައި އެޗް.އައި.ވީ. އާއި އެއިޑްސް އިން ދަސްވި ފިލާވަޅުތަކަށްބަލާއިރު މިއަށްވުރެން މާ ރަނގަޅު ވެއްޓެއްގައިވެސް މަކުނުވިދުރި ފެތުރުމުގެ ފުރުސަތު ނެތެކޭ ނުބުނެވޭނެއެވެ. 

މިހާރުގެ ޙާލަތުގައި ތަފާތުވެގެން މިއުޅެނީ ސިޔާސީ ދާއިރާގައި ޢާންމު ސިއްޙަތުގެ ކަންތައްދެކި ތަރުޖަމާ ކުރެވެމުންދާ ގޮތެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ޖަނަވާރުންގެ ފެންވަރަށް ވެއްޓިގެން އިންސާނުން ކުރަމުން އަންނަ ކަމެއްކަމުގައި ގަބޫލުކުރެވުނަސް ކޮންމެވެސް ސަބަބަކާހުރެ އެކަން މަނާކުރާކަށް ބޭނުމެއް ނުވެއެވެ. އަދި މަނާކުރާނެ ހިތްވަރެއްވެސް ނެތެވެ. އެއާޚިލާފަށް ބާރު އަޅަމުން ގެންދާތަން ފެންނަނީ އެމީހުންނަކީވެސް މުޖުތަމާގެ ބައެއްކަމުގައި ތަޢާރުފްކުރަން މަސައްކަތް ކުރަމުން ގެންދާތަނެވެ.

ހިތާމަޔަކީ ރާއްޖޭގައިވެސް މި މަކުނުކުޅީގެ ހާއްޔެއް، ފައުޅުކަންބޮޑު ގޮތެއްގައި އުފެދި، ހިންގަމުން ގެންދާތީއެވެ. އަދި މި ވަޙުޝީ  ފިރިހެންކުޅީގެ ބައިވެރީނަކީ ދައުލަތުން އަމާން ލިބިދެވިފައިވާ މީހުންކަމުގައި އެބައިމީހުން ދެކޭތީއެވެ. އެގޮތަށް ދެކެން ޖާގަލިބެނީ މިބޮޑު ނުބައި ޢަމަލުކޮށް ރެޑްހޭންޑްކޮށް ހިފުނީމާވެސް ދައުލަތް ހިންގުމާއި ޙަވާލުވެތިބި ވެރީން މަކުނުވިދުރީގެ ދިވެހި އާއިލާ އެކަހަށި ކޮށް ރައްޔަތުންގެ ސަލާމަތަށްޓައި ް ފިޔަވަޅުއެޅުމުގައި ފިނިހަކު ދުވެލި ދައްކާތީއެވެ.                                                  

Loading

4 Responses

  1. މިލިޔުން ކިޔާފަ ސުވާލު އުފެދޭ ލިޔުން ތެރިޔާއާއި ދޭތެރޭ. ލިޔުން ތެރިޔާގެ ނަން ނެތުމުން ސަންދާނު ގެ ބޮޑުމީހާ އާއި ދޭތެރޭ ވެސް ސުވާލު އުފެދޭ.
    މި ކޮމެންޓު ޕަބްލިކް ނުކުރިޔަސް ހެޔޮ، އެންމެ ކުޑަމިނުން އެޑިޓަރ އަށް ފެނުނިއްޔާ ވެސް ރަނގަޅު

  2. ދުނިޔޭގެ ބާރުގަދަ ގައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުން އިތުރަށް ފުޅާކުރުމުގެ މަގު ފަހިކޮށް ދިނުމަށްޓަކައި ގާނޫނީ އޮނިގަނޑުވެސް ބަދަލުކުރެވެމުންދިއުމާއި، ބައިނަލް އަގްވާމީ ގާނޫނުތަކުންވެސް އެކަންކަމަކީ އިންސާނުންނަށް ލިބިދޭންޖެހޭ ހައްގެއްކަމަށް ވަކާލާތު ކުރަމުން ދިއުމާއި އަދި އޭގެ އިތުރުން ތިމާގެ އަނބިމިހާ އެހެންފިރިހެނުންނާއެކު ރޭކުރުން އެއީވެސް އިޚްތިޔާރެއްކަމަށް ބެލެމުންދިޔަ ޒަމާނެއް ތާރީޚުން އެނގޭކަށް ނެތެވެ. ލޫތުގެ ފާނުގެ ގައުމުގެ ވާހަކަތަކުން ދަންނަބޭކަލުން ގެންދަވާނީ އަބަދާއަބަދު އިންޒާރު ދެއްވަމުންނެވެ. އެކަމަކު އެގައުމުގައިވެސް މިފެންވަރަށް ހައްދުފަހަނަޅާ ދިޔަވާހަކަ އެއްވެސް ތަގްރީރަކުން އަޑުނާހަމެވެ. އެހެންވީމާ އިންސާނުންގެ މި ފާހިޝް އަމަލުތަކުގެ ސަބަބުން ވަލުޖަނަވާރުގެ ދަރަޖައަށް ވެއްޓިގެންދަނިއްޔާ ނޫން އެހެން އެއްޗެއް ބުނެވޭކަންނެތެވެ. އަދި މާތް ﷲ ގެ މަތިވެރި ރަޙްމަތް ފުޅެއް މެދުވެރިވުމުންނޫންގޮތަކަށް މިކަމުން އިންސާނިއްޔަތު ސަލާމަތް ވެވޭނެގޮތެއްވެސް ނެތެވެ. މިއިން ކޮންމެ ކަމަކާ ގުޅިގެން އުފައްދާ ވެކްސިން އަކީ ކޮބައިކަމާއި އަދި އިން ކޮށްދެނީ ކޮންކަމެއްކަން ވިސްނާލުމުން އީމާންކަމެއްހުރި މީހަކު ބިރުން ތުރުތުރު އަޅާނެކަން ކަށަވަރެވެ.

  3. އަޅުގަނޑުގެ ހިތުގައި ވެސް ސުވާލެއް އެބަ އުފެދެއެވެ. އެއީ ލިއުންތެރިޔާއާއި ދޭތެރޭ އިބްރާގެ ސުވާލަކީ ކޮބައިބާވައެވެ ؟ ވަރަށް ގިނަ ފަހަރު ލިއުންތެރިޔާގެ ނަން އާންމުކޮށް ފާޅުނުކޮށް ހުރެއެވެ. މިސާލަކަށް އަލްޖަޒީރާއިން ބުނާގޮތުގައި ނުވަތަ ރޮއިޓާރސް އިން ޚަބަރު ދޭގޮތުގައި މިހެން އޮތުމުން އެ މައުލޫމާތެއް ހާމަކުރި ފަރާތަށް އެއީ ކޮން ރިޕޯރޓަރަކު ގެނައި މައުލޫމާތެއްކަން އެނގޭނެއެވެ. ހަމައެފަދައިން މި ލިއުން ލިއުނު ފަރާތުން ހާމަކުރި މައުލޫމާތު ސަންދާނުގެ ނަމުގައި ގެނެސްދިނުމަކީ ސަންދާނުގެ މަސްއޫލުވެރިންގެ ނިންމުމެއް ކަމުގައި ބަލަންޖެހެއެވެ. ދެން އޮތީ މައުލޫމާތުގެ މަސްދަރު ހާމަކުރުމެވެ. ނޫސްވެރިކަމުގެ ބެލެނިވެރިފަރާތުން އެ މައުލޫމާތުގެ މަސްދަރު އޮޅުންފިލުވަން ބޭނުންވާނަމަ އެ މައުލޫމާތު ފޯރުކޮށްދިނުމަކީ ސަންދާނުގެ މަސްއޫލިއްޔަތެކެވެ. މއީ އިބްރާއަށް ރައްދު ދިނުމެއްކަމުގައި ނުބެއްލެވުން އެދެމެވެ. އަނެކުންގެ އިމުގެ ތެރެއަށް ނުވަދެ ޚިޔާލު ފާޅުކުރުމުގެ ޙައްގު ލިބިދޭތީ އަޅުގަނޑު ހިތުގައި އުފެދުނު ސުވާލާއި އަދި އަޅުގަނޑު ދެކޭގޮތް ހާމަކޮށްލީއެވެ.

  4. ވަރަށް ދެރަ. ކަވަރ ފޮޓޯގައި ދިވެއްސަކު ދިވެހިރާއްޖޭގެ ދިދަ ހިފައިގެން ފިރިހެންކުޅި ޢާންމުކުރުމަށް ރައީސް އިބޫއަށް މެސެޖްލިޔެގެން.! އައްޗީޑި. އަންހެނަކު ނުވަނީތަހަމަ؟
    ބޯގޮވާފަ ތިބި ޙަޔާތްކުޑަ ބައެއް ދީނުގައި ބުނާ ޚުކުމް ތަންފީޒްކުރީމަ މައިތިރިވާނެއެވެ. ވަރަށް ދަށުދަރަޖައިގެ ބައެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް