ބްރެޒިލްގައި ހުންނަވާ ޖަރުމަނުގެ ކޮންސަލް ހައްޔަރުކޮށްފި 

Loading

Facebook
Twitter
WhatsApp


ބްރެޒިލްގައި ހުންނަވާ ޖަރުމަނުގެ ކޮންސަލް އޭނާގެ ފިރިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ.  މިދިޔަ އާދިއްތަދުވަހުގެ ރޭ ރިއޯ ޑި ޖެނެއިރޯގައި ހުންނަވާ އެ ޑިޕްލޯމެޓް އޫވޭ ހާރބަރޓް  ހަން  ހައްޔަރު ކުރެވުނީ އޭނާގެ ފިރިމީހާ ބެލްޖިއަމްގެ ވޯލްޓަރ ބައިއޮޓް މަރާލުމުގެ ތުހުމަތުގައެވެ. 

ފުލުހުން ބުނާގޮތުގައި ފޮރެންސިކް ތަހްލީލުތަކުން އެ އެޕާރޓްމެންޓުގައި ލޭގެ އަސަރު ފެނިފައިވާކަމަށާއި އޮޓޯޕްސީ ރިޕޯރޓުން ބައިއޮޓްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން އެނގެންހުރިކަމަށެވެ. އަދި އޭނާ މަރާލެވިފައިވަނީ ގަދަބާރު ބޭނުންކޮށްގެންކަން އެއްވެސް ޝައްކެތްނެތް މިންވަރަށް ޔަގީންކުރެވޭ ކަމުގައެވެ. އެހެންނަމަވެސް ހާރބަރޓް ހަން ބުނާމުންގެންދަނީ އޭނާގެ ފިރިމީހާ ބަލިވެ އުޅުމުގެ ސަބަބުން އެމީހުން ދިރިއުޅޭ އެޕާރޓްމެންޓުން ވެއްޓިގެން މަރުވީކަމުގައެވެ.                                                      

ޖަރުމަނުގެ ސަރުކާރުން ހާމަކުރަމުން ގެންދާގޮތުގައި އެ ގައުމުގެ ޚާރިޖިއްޔާއިންނާއި ބްރެޒިލިއާގައި ހުންނަ ޖަރުމަނުގެ އެމްބަސީއާއި ރިއޯގައި ހުންނަ ކޮންސިއުލޭޓުން މި މައްސަލާ ގެންދަނީ ބްރެޒިލް ސަރުކާރާއެކު ވަރަށް ގާތުން ބަލަމުންނެވެ. 

އެހެންނަމަވެސް ތަހްގީގު ކުރެވެމުންދާ މައްސަލައަކަށްވާތީ އިތުރު މަޢުލޫމާތު ހާމައެއް ނުކުރެއެވެ. ބްރެޒިލްގެ ޚަބަރު ފަތުރާ ފަރާތްތަކުން ހާމަކުރަމުން ގެންދާގޮތުގައި 52 އަހަރުގެ ބައިއޮޓް އާއި އޭނާގެ (ފިރިހެން ) އަނބިމީހާ އެކުގައި ދިރިއުޅޭތާ 23 އަހަރު ވެދާނެއެވެ.                                  

ދުނިޔޭގެ މަސްރަހަށް ބަލާއިރު ފިރިހެންކުޅިއާއި އޭގެ ސަބަބުން ފެތުރެމުންދާ މަކުނު ވިދުރިން ރައްކާތެރި ވެވޭގޮތެއް އެބަ އޮތްތޯ ވިސްނާމީހާގެ ބޯ ހަލާކުވެދާނެއެވެ. މިކަންތައްތައް ހެޔޮމަގަކުން ހައްލުކޮށްދޭން ތިބި ސިޔާސީ މީހުން މިއުޅެނީ އެއްޖިންސުން ކައިވެނިކޮށްގެންނެވެ. މައިސޯބު އެނބުރޭގޮތަކަށް ނޫނީ ކުދި ސޯބުތައް އެނބުރޭނެގޮތެއް ނޯންނާނެއެވެ.                                                 

Loading

2 Responses

  1. މި ގޮލާ އިނދެގެން އުޅެނީ ފިރިހެނަކާދޯ؟ ކިހާބޮޑު މުސީބާތެއް ވަބާއެއް މިއީދެންދޯ؟ އޭނާގެ ވަކީލަކަށް ނާޒިމް ހަމަޖައްސަން ފެނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް