އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދާ ނޫޅެށެވެ!

Loading

Facebook
Twitter
WhatsApp

އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.

”وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ“

ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ.

(އަލް ބަޤަރާ:12-11)

أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَٰكِن لَّا يَشْعُرُونَ

ބިމުގަ ކަރަޕްޝަން (ފަސާދަ) ހިންގުން ﷲ ނުރުއްސަވާއިރު ކަރަޕްޝަން ހިންގާ ވައްކަންކޮށް ކުރާ ތަރައްގީވެސް ހަމަ ރަނގަޅުކަމަށް ބުނެ އެފަދަ މީހުނަށް ބަޔަކު އަތްޖަހާ ތައުރީފުކޮށް ވާގިވެރިވެ އެމީހުންނަށް ސަޕޯޓްކުރުން އެއީ ﷲ ނަހީކުރެއްވިބޮޑު މުންކަރާތަކަށް އެހީތެރިވަނީ ކަމުގައި ނުވަނީހެއްޔެވެ؟ ނޫނީ ފާސިގު ވެރިންގެ ފަސާދައިގަ އެފަދަ ރައްޔިތުން ބައިވެރި ވުންކަމަށް ނުވޭހެއްޔެވެ؟

އަޅުގަނޑު އެދެނީ ބުއްދީގެ އަހުލުވެރީން ކަމުގައި އަހަރެމެން ލައްވާ އަދި ލޮބުވެރި ރަޢްޔިތުން ހެޔޮމަގު ހިޔާރު ކުރެއްވުމެވެ.

ހެޔޮބަސް ބުނެ ހެޔޮޢަމަލު ކުރުމަށް ވާގިދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ.

ދިވެހި ރާއްޖެއިން ކަރަޕްޝަން ނައްތާލެވޭނީ ރައްޔިތުން ﷲ އަށް ތަގުވާޥެރިވެ ފަސާދަ ކުރާ ވެރިންނަށް ނޫ ނެކޭ ބުނެގެންނެވެ.

ﷲ ނަހީކުރެއްވި އެންމެހާ ފާފަތަކުން ދުރުހެލިވެ ތެދުވެރިބަޔަކަށް ވެގެންކަން ކަށަވެރެވެ.

– ޑރ.މުހައްމަދު އާތިފް -–

Loading

One Response

  1. ވަރަށް ކުރު ލިއުމެކެވެ. އެކަމަކު ލިއުމުގައި އަންގަވާފައި އެވާ އެންގެވުން ތަފްސީރުކުރުމަށްޓަކައި ގިނަ ދަރުސްތަކެއް ބޭނުންވެއެވެ. އަދި މިލިއުމުން އިބްރަތް ލިބިގަންނަން ޖެހެއެވެ. ވެރިން ހޮވުމަކީ އާދައިގެ ކަމެއްނޫނެވެ. ސުވާލުކުރެވޭނެ ދުވަސް އަންނާނެކަމީ ހަމަކަށަވަރު ކަމެކެވެ. އެތައްބައެއްގެ ހައްގުތައް ހިމެނޭތީ ޖަވާބު ދިނުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް