ޗައިނާގެ އިންޒާރު އެމެރިކާއަށް، އަލިފާނާ ނުކުޅޭތި

ދުނިޔޭގައި ދިރިއުޅެމުން ގެންދާ އިންސާނުންނާއި އަދިވެސް އެހެނިހެން މަޚްލޫގުންނާއި އެއްޗެހީގެ ދެމިތިބުމާމެދު ގޮތްކިޔައި ޝަރުތު ކަނޑައެޅުން މިއީ އިއްޔެއްކު މިއަދަކު ހިނގަމުން އަންނަ ކަމެއް ނޫނެވެ. ބާރުގަދަ ފަރާތްތަކުން މިގޮތަށް ކަންތައް ކުރަމުން ގެންދިއުން އެއީ މި ބިންމަތީގައި އަބަދުވެސް ކަންތައް ހިނގަމުން އައި އުސޫލުކަމުގައި ދެބަސްވެވޭކަށް ނެތެވެ. ކުރިއަށް އޮތް ތަނުގައި މިކަންތައް ހިނގަމުންދާނީ މިނޫން އެހެން ގޮތަކަށޭ ބުނެވޭކަށްވެސް ނޯންނާނެއެވެ. […]
ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަނުން ރަޝިޔާ އެކަހެރިވަނީ

ރަޝިޔާގެ ޖައްވީ އިދާރާގެ އެންމެ އިސްވެރިޔާ ޔޫރީ ބޮރިސޯވް މިދަޔަ އަންގާރަދުވަހު ރައީސް ޕޫޓިންއާއިކު އިންނެވި ވީޑިއޯއެއްގައި ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަނުން 2024 ގެ ފަހުން ރަޝިޔާ ވަކިވާނެކަން ހާމަކޮށްފިއެވެ. ބައިނަލް އަގްވާމީ ފަރާތްތަކާ ގުޅިގެން ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަން ހިންގަމުން ގެންދަނީ ރަޝިޔާއިންނެވެ. އެހެންވީމާ އަހަރެމެންގެ ޒިންމާތަކެއް އެކަމުގައި ހުރިކަން ގަބޫލުކުރަމެވެ. އަދި އެކަން ވަރަށް ފުރިހަމައަށް އަދާކޮށް ނިންމާދޭނެކަން އަހަރެމެންގެ ބައިވެރިންނަށް ޔަގީންކޮށްދޭން ބޭނުމެވެ. އެހެންނަމަވެސް 2024 ގައި އަހަރެމެން އެއިން ވަކިވަން މިހާރު މިއޮތީ […]
ސްރީލަންކާގެ ކުރީގެ ރައީސް ގޯޓާ އެނބުރި ގައުމަށް ވަޑައިގަންނަވަނީ

ސްރީލަންކާގެ ރަސްމީ އިދާރާތަކުން މައުލޫމާތު ދޭގޮތުގައި މިހާރު ސިންގަޕޯރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވި އެ ގައުމުގެ ކުރީގެ ރައީސް ގޮޓަބާޔާ ރާޖަޕަކްސަ ވަރަށް އަވަހަށް އެނބުރި ގައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އެކަމަށް ވަކި ތާރީޚެއް އަދި ނުނިންމަވައެވެ. ސްރީލަންކާގެ ކެބިނެޓްގެ […]
ގާނޫނުގެ ބާގަނޑުތައް

ގާނޫނުގެ ބާގަނޑުތަކޭ ލިއުނީމާ ދެމާނައެއްގައި ތަރުޖަމާ ކުރެވި ދާނެއެވެ. އޭގެތެރެއިން އެއް މާނައަކީ ގާނޫނު ލިޔެފައިހުރި ބާ ކަރުދާސް ތަކެއްގެ ވާހަކައެވެ. އެނެއް މާނައަކީ ގާނޫނުގައިހުރި ލޯވަޅު (ލޫޕްހޯލް) ތަކެއްގެ ވާހަކައެވެ. އަމާޒަކީ ގާނޫނުގައި ހުރި ލޯވަޅުތަކެވެ. ލިއަންމިއުޅެނީ ގާނޫނުގައި ލޯވަޅުތަކެއް ހުރުމާއެކު ނޫނީ ގަނޫނުގައި ލޯވަޅުތަކެއް އަޅައިގެންވިޔަސް ގާނޫނީ ޙުކުމް ތަންފީޒު ކުރުމުގެ ވާހަކައެވެ. ގާނޫނު ތަންފީޒު ކުރަން ޖެހޭނެކަމާއި މެދު ސުވާލެއް ނުއުފައްދަމެވެ. ގާނޫނު ތަންފީޒުކުރުމަކީ ނުކޮށް ދޫކޮށް ލެވޭނޭ ކަމެއް ނޫނެވެ. ހަމަ އެފަދައިން ގާނޫނުގެ ހަމަތަކުން ހަމަ އެކަކުވެސް އިސްތިސްނާ ކުރެވިގެން ނުވާނެއެވެ. ގާނޫނުގެ ކުރިމަތީގައި އަދިފަހަތުގައިވެސް ހުރިހާ ރައްޔިތުން ހަމަހަމަ ވެގެންވެއެވެ. ވަކި މީހަކަށް ޙަވާލުކުރެވުނު ދަވްލަތުގެ ނޯކިރީއެއްގެ ސަބަބުން […]
57 ވަނަ މިނިވަންދުވަހު ގައުމީ ޙާލަތް

ޖުލައިން، ސައްބީސް، ހަތާވީހެއް، އަށާވީހެއް، ތަފާތެއް ނެތް ޖުލައި ނިމިގެން އޮގަސްޓު އަޔަސް މިތާ މިނިވަން ކަމެއް އަދު ނެތް! މިއަދު ދިވެހިން، ގުނާ ފަންސާސް ހަތެއް މިނިވަން ދުވަސް އައި އިރު މިއަދު އަޅުވެތި ކަމުގެ ހިތި ކަރުނަ ވެސް ދެލޮލުން ހިކޭކަށް ނެތް! މިގައުމުން ނިކުމެގެން މިނިވަންކަމަށް އެޖިހާދު ކުރި ބަތަލުން މިގައުމަށް ހޯދި މިނިވަންކަން އަތުން ބީވުން މެ ނޫނީ ނެތް! ބިރެއްނެތިގެން މަޖާކުރިޔަސް، އިމެއްނެތިގޮސް ހަލާކުވިޔަސް، ލިބެން މިނިވަންކަމުގެ އަސަރެއް، މިތާންގެ ބިމާ، […]
ރަޝިޔާގެ ޗާޓް ދެން ޑޮންބަސް ސަރަޙައްދަށް ވުރެން ފުޅާކުރާނަން

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލަވްރޯވް ވިދާޅުވަނީ ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމަ ޑޮންބާސް ސަރަޙައްދަށް ވުރެން ފުޅާކުރަން މިހާރު ރަޝިޔާއިން ގަސްދުކޮށްފައި ވާކަމުގައެވެ. އަދި މިހާރު ރަޝިޔާގެ ބާރުގެ ދަށަން ގެނެވިފައިވާ ދެކުނުގެ ޚަރސަންއާއި ޒަޕޯރިޚްޒިޔާ އެއީ ރަޝިޔާގެ ތަންތަން ކަމުގައި ކަނޑައެޅުންވެސް އެބަ ކުރިއަށް ދާކަމުގައެވެ. ކީވް ހިފުމަށް ރަޝިޔާ ސިފައިން ކުރި މަސައްކަތް އަދި ކާމިޔާބު ނުވުމުން ޕޫޓިންގެ އެންގެވުމާއި އެއްގޮތްވާ ގޮތުގެ މަތިން ދެން ސިފައިންގެ އަމާޒަކަށްވީ ދެކުނުގެ ޑޮންބަސް ސަރަޙާއްދު ހިފުމެވެ. އަދި އެ ސަރަޙައްދުގެ ލުހާންސްކް އެއްކޮށްހިފުމަށްފަހު އިރުމަތީގެ ގިނަ އިގްތިސާދީ ސަރަޙާއްދު ތަކެއް […]
ޗެނަލް 13 ގެ ނޫސްވެރިޔާއަށް އެހީވެދިން ސަޢޫދީގެ މީހާ ހައްޔަރުކޮށްފި

ވަގަށް މައްކާއަށް އެތެރެ ވުމަށާއި އަދި އަރަފާތު ބިމަށް ދިއުމަށް އެމެރިކާގެ ރައްވެއްސަކު ކަމުގައިވާ އިސްރާއީލުގެ ޗެނަލް 13 ގެ ނޫސްވެރިޔާ ގިލް ތަމާރީ އަށް އެހީތެރިވެ ދިން ސައޫދީގެ މީހާ ސައޫދީ އެރޭބިޔާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރު ކޮށްފިއެވެ. އެހެންނަމަވެސް އޭނާއާއި ބެހޭ މައުލޫމަތު މިހާތަނަށް ސައޫދީ ފުލުހުން ހާމައެއް ނުކުރެއެވެ. ގިލް ތަމާރީ އޭ ކިޔުނު ޗެނަލް 13 ގެ ނޫސްވެރިޔާ ސައޫދީ އެރޭބިޔާއަށް އެތެރެވީ ރައީސް ބައިޑަންގެ ދަތުރާބެހޭ ޚަބަރުތައް ގެނެސްދޭ […]
ރަޝިޔާއިން ފޯރުކޮށްދޭ ގޭހަކީ ޔޫރަޕްގެ ގައުމުތަކަށް ކިހާ ބޭނުން އެއްޗެއް؟

ޗައިނާއަށް ފޯރުކޮށްދޭންޖެހޭ ގުދުރަތީގޭހުގެ މިންވަރ މާ ބޮޑަށް އިތުރުވުމާއި ގުޅިގެން ޔޫރަޕްގެ ގައުމުތަކަށް ބަރާބަރަށް ގޭސް ފޯރުކޮށް ނުދެވޭނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާގެ ބިޔަ ގޭސް ކުންފުނި ގޭޒްޕްރޯމް އިން ބުނެފައިވަނީ ނޯޑް ސްޓްރީމް 1 ގެ ގުދުރަތީ ގޭސް ފޯރުކޮށްދޭ ހޮޅި މަރާމާތު ކުރުމަށް ޓަކައި ބަންދުކުރެވިފައިވާތީ ޔޫރަޕްގެ ގައުމުތަކަށް ގޭސް ފޯރުކޮށްދިނުމުގެ އެއްބަސް ވުމުގައި އޮންނަ “ އިންސާނުންގެ ބާރު ނުފޯރުވޭ ޙަލަތުގެ މާއްދާގެ ދަށުން “ މިވަގުތު ގޭސް ފޯރުކޮށް ދެވެން ނެތީކަމަށެވެ. އަދި މިޙާލަތުގައި ރަޝިޔާއިން އިތުރަށް ކުރެވޭނެކަމެއް ނެތުމާއެކު އޭގެ […]
ޔޫކްރެއިންގެ ދާޚިލީ ސަލާމަތާ ބެހޭ އޮފީސް ރަޝިޔާގެ އޭޖެންޓުންގެ ހާއްޔަކަށް ވެފާ

ޔޫކްރެއިންގެ ރައީސް އޮފީހުން މަޢުލޫމާތު ލިބޭގޮތުގައި އެ ގައުމުގެ ދާޚިލީ ސަލާމަތާބެހޭ އެންމެ އިސްވެރިޔާ އަދި ރައީސް ޒެލެންސީގެ ކުޑަދުވަހުގެ ރަހްމަތްތެރިޔާ އިވާން ބަކާނޯވް އާއި އެ ގައުމުގެ ޕްރޮސިކިއުޓަރ ޖެނެރަލް އައިރީނާ ވެނެޑިކަޓޯވް މަގާމުން ކުއްލިގޮތަކަށް ދުރުކޮށްފިއެވެ. އެބޭފުޅުން ވަޒީފާއިން ވަކިކުރި ސަބަބެއްކަމަށް ބުނަނީ އެބޭފުޅުން ތަމްސީލުކުރާ އޮފީސްތަކުން ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުގައި ރަޝިޔާއަށް މަދަދު ކުރަމުން ގެންދިއުމެވެ. ރައީސް ޒެލެންސްކީ ވިދާޅުވާގޮތުގައި މިހާރު ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ސަރަހައްދު ތަކުގައި އެބޭފުޅުން ތަމްސީލު ކުރައްވާ އޮފީސްތަކުގެ […]
ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އީރާން!

1980 ގެ ތެރޭން އަށެއްކަ އަހަރުދުވަސް ހޭދަވެގެން ދިޔައީ ހުޅަނގުގެ ވަސްވާސް ތަކުން އަރަބި ދުނިޔެ ގަޑުބަޑުކޮށް އޭރު އަރަބި ދުނިޔޭގައި މިލިޓްރީގޮތުން އެންމެ ފުންނާބު އުސްކަމަށް ބެލެވުނު އިރާގުގެ ރައީސް ސައްދާމް ޙުސޭނު ރަންބުއްދި ކޮށްލައިގެން އީރާން ތަޅާސުންނާފަތި ކޮށްލަން ކުރި މަސައްކަތު ގައެވެ. ދެ އަވަށްޓެރިން ތަޅާ ހަފުސް ކޮށްލެވެމުން ދިޔައީއެވެ. އަވަށްޓެރިންނޭ ބުންޏަސް ގާތް އަވަށްޓެރިންނެވެ. އިރާގާއި އިރާން ވަކިކޮށްދޭ ސައްތަލް އަރަބު ކަނޑު އޮޅީގައި ނަގިލިލައިގެން އޮންނަ ބޯޓުފަހަރު އޮއިވަރު ބަދަލުވުމުން […]