57 ވަނަ މިނިވަންދުވަހު ގައުމީ ޙާލަތް

Loading

Facebook
Twitter
WhatsApp


ޖުލައިން، ސައްބީސް، ހަތާވީހެއް، އަށާވީހެއް، ތަފާތެއް ނެތް

 ޖުލައި ނިމިގެން އޮގަސްޓު އަޔަސް މިތާ މިނިވަން ކަމެއް އަދު ނެތް!

މިއަދު ދިވެހިން، ގުނާ ފަންސާސް ހަތެއް މިނިވަން ދުވަސް އައި އިރު

 މިއަދު އަޅުވެތި ކަމުގެ ހިތި ކަރުނަ ވެސް ދެލޮލުން ހިކޭކަށް ނެތް!

މިގައުމުން ނިކުމެގެން މިނިވަންކަމަށް އެޖިހާދު ކުރި ބަތަލުން 

 މިގައުމަށް ހޯދި މިނިވަންކަން އަތުން ބީވުން މެ ނޫނީ ނެތް!

ބިރެއްނެތިގެން މަޖާކުރިޔަސް، އިމެއްނެތިގޮސް ހަލާކުވިޔަސް،

 ލިބެން މިނިވަންކަމުގެ އަސަރެއް، މިތާންގެ ބިމާ، ކަނޑެއްގައިނެތް!

މިއަދު ލިޔެވޭ ޝިޔާރެއްނަމަ ”ލިބުނު މިނިވަންކަމެއް ނިމިގެން

 މިއަދު އަޅުވެތިކަމުގެ ފެށުމެއް“ ކަމަށް ނޫނީ ލިޔާކަށް ނެތް!

މިއަދު މިތަނަކު، ނަހީ އާއި، މުންކަރާތާ މެދު، ބިރެއްވެސް ނެތް، 

 މިއަދު ހެޔޮބަސް ބުނާ މީހާ، ޖަލަށްލުން ނޫން ގޮތެއްވެސް ނެތް!

އިމާމެއް ޢާލިމެއް، އަދި ޖާހިލެއް، ހޯދާ ބެލޭކަށް ނެތް

 ތިމާގެ ދުލުން ދެފަހަރަކު އެއް ގޮތަށް ބުނެދޭނެ މީހަކު ނެތް!

ކުރާ އެއްވެސް ކަމެއް ފަރުދާގެ ނިވަލެއްގައި މެނޫނީ ނެތް،

 ބުނާ ބަހަކާ، ކުރާ ޢަމަލާ، ދިމާވާ އެއް ކަމެއްވެސް ނެތް!

މިއަދު ގައުމުގެ މިހާލަތު ލިޔެލުމަށްވެސް ދެލި އަޅާ ގަލަމަށް،

 މިއަދު ފަރުދުން ލޮލުން މިއޮހޭ، ކަރުނަ، ނޫނީ އަޅާކށް ނެތް!

އަނދިރި އަނދިރިންގެ މާޒީއެއް އަލުން އަންނަން ނުއެދި ތިއްބަސް،

 އަނދިރި ކަޅު ރޭގަނޑެއް ނޫނީ މިތާ މުސްތަގްބަލެއް ގައި ނެތް!

– ހަތިިފުށީ ޝާކިރު -–

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް