ސްރީލަންކާގެ ރައީސަކަށް މިފަހަރު ކާކު؟ 

1948 ގައި މިނިވަންކަން ލިބުނުފަހުން އަވަށްޓެރި ސްރީލަންކާއަށްމެދުވެރި އެންމެ ބޮޑު އިގްތިސާދީ ތަދުމަޑުކަމާގުޅިގެން ރައްޔިތުން މަގުތަކަށް ނިކުމެ ރަށުން ފައްސާލެވުނު ކުރީގެ ރައީސް ފިލައިގެން ރާއްޖެމަގުން ސިންގަޕޯރަށް ވަޑައިގެން މަގާމުން އިސްތިއުފާ ދެއްވުމުންކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އަލުން ރައީސަކު އައްޔަންކުރުމައް އެ ގައުމުގެ ޕާރލަމެންޓުން މަސައްކަތް ފެށި ކުރިއަށް ދަނީއެވެ. މިހާތަނަށް ރައީސްކަމަށް ކުރިމަތި ލައްވާނެކަމަށް 5 ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާމުން އެބަ ގެންދަވައެވެ. ރައީސްގެ މަގާމަށް ވަޑައިގަތުމަށްޓަކައި އެއިންކޮންމެ ބޭފުޅެއްގެ ކުރިމަތީގައި އޮތީ ވަރަށް އުނދަގޫ މަގެކެވެ. މަޖިލީހުގެ އަޣްލަބިއްޔަތުގެ އިތުރުން މުޒާހަރާ ކުރަމުންގެންދާ ރައްޔިތުންގެ […]

އަމާން ކަމަކީ ޙަޔާތުގެ އެންމެ މުހިއްމު ބަހާއެވެ. – ހުކުރު ޚުތުބާ 

މުސްލިމް އަޚުންނޭވެ! އީމާންކަމަށް ފަހު އެންމެބޮޑު ނިޢުމަތަކީ ސިއްޙަތު ސަލާމަތުން ހުރުމާއި، އަމާންކަން ލިބިގެން ވުމެވެ. އަމާން ކަމަކީ ޙަޔާތުގެ އެންމެ މުހިއްމު ބަހާއެވެ. އަމާންކަމާ ނުލައި ކުރިއެރުމެއްނެތް. އެއީ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެންމެ ހެޔޮ ފަރުވާއެވެ. އަމާން ވެއްޓެއްގައި ނަފުސުގެ ރައްކާތެރިކަން އޮންނާނެ. އަނބިދަރީންނާއި މުދަލުގެ މައްޗަށް ކަންބޮޑުވާކަށް ނުޖެހޭނެ. އަބުރާއި ޢިއްޒަތާއިމެދު ބިރުގަންނާކަށް ނުޖެހޭނެ. ޙައްގުތަކުން މަޙްރޫމް ވެދާނެތީ ފިކުރު ކުރާކަށް ނުޖެހޭނެ. މިފަދަ ފުރިހަމަ ސިފަތަކެއް އެކުލެވިގެންވާ ދިރިއުޅުމަކަށް މަގުދައްކާ ނިޒާމަކީ ހަމައެކަނި […]

ރައީސް ބައިޑަންގެ ސަޢޫދީ ދަތުރުފުޅަށް އަވަސް ކަޅިއެއް 

އެމެރިކާގެ ރައީސް ބައިޑެން މިއަންނަ ހުކުރުދުވަހު ސަޢޫދީ އެރޭބިއާ އަށް ކުރަށްވާ ދަތުރުފުޅަކީ ސިޔާސީގޮތުން ހުރަސްތަކެއް ހުރި އަދި ވަރަށްކަށިގިނަ ލޮޖިސްޓިކް  ސުވާލުތަކަކަށް ފުރުސަތު ހުޅުވިގެންދާނެދަތުރެކެވެ. މީގެ ތެރެއިން އެއް ސުވާލަކީ ރައީސް ބައިޑެން ސަޢޫދީ ޢަރަބިއާގެ ވަލީއަޙްދު މުޙައްމަދާ ބައްދަލުކޮށް ސަލާން ކުރައްވަން ޖެހޭނެ ހެއްޔެވެ؟  އެމެރިކާގެ ރައީސުން ގައުމުތަކަށް ވަޑައިގަތުމަކީ އާދައިގެ ކަމެއް ނޫނެވެ. އިށީނުމުގެ އިންތިޒާމް ތަކާއި ކެމެރާތައް ބަހައްޓަންޖެހޭ ތަންތަނާއި ކޮޓަރިކޮޅަށް ވަޑައިގަތުމަށް ހިންގަވާނެ ގޮތްވެސް އެތައް ހަފްތާއެއްގެ ކުރިން ހުންނަންޖެހެނީ އިންތިޒާމް ކުރެވިފައެވެ. 2018 ވަނައަހަރު ވޯޝިންގްޓަން ޕޯސްޓުގެ ޖާނަލިސްޓް ޖަމާލް ޚަޝޯގީ މަރާލި މައްސަލައަށް އިޝާރާތް ކުރައްވައި ސައޫދީ އެރޭބިޔާގެ […]

އީރާނުން ބްރިކްސް ގުރޫޕް އާއި ގުޅެނީ

މުޅިދުނިޔޭގައިވެސް ދެވަނައަށް އެންމެ ގިނައިން ގޭސް ރިޒާވް ހުރި ގައުމު އީރާނުން ބްރިކްސް ގްރޫޕުގައި ބައިވެރިވުމަށް ހުށައަޅައިފިއެވެ. ބްރިކްސް އަކީ ހުޅަނގުގެ ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމުގެ ބޭނުމުގައި ބެއިޖިން އާއި އަދި މޮސްކޯ އިސްނަގައިގެން އުފައްދަން މަސައްކަތްކުރާ ވަރުގަދަ އެހެން މާރކެޓެކެވެ.  މިހާތަނަށް ބްރިކްސް ގްރޫޕްގެ ބައިވެރިންނަކީ ބްރެޒިލް ރަޝިޔާ އިންޑިއާ ޗައިނާ އަދި ސައުތު އެފްރިކާއެވެ. ބްރިކްސް އަކީ ގޯލްޑްމަން ސެކްސްގެ އިގްތިސާދީ މާހިރެއްކަމުގައިވާ ޖިމް އޯ ނީލް ބްރެޒިލް އާއި ރަޝިޔާ އާއި އިންޑިއާ އަދި ޗައިނާގެ […]

ޔޫކްރެއިނުން ބައެއް ގައުމުތަކަށް ފޮނުވާފައިތިބި ސަފީރުން ގެންނަނީ

ޔޫކްރެއިންގެ ރައީސް އޮފީހުގެ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުން ޖަރުމަނާއި އަދި ބައެއް އެހެން ގައުމުތަކުގައި ތިއްބަވާ އެގައުމުގެ ސަފީރުން އަނބުރާ ގެނައުމަށް ނިންމައިފިއެވެ. އެބޭފުޅުން މަގާމުން ވަކިކުރި ސަބަބު ބަޔާންކޮށްފައި ނެތް ނަމަވެސް އޭގެ ތެރޭގައި ޖަރމަނާއިޗެކް ރިޕަބްލިކާއި އިންޑިއާއި ނޯރވޭ އަދި ހަންގޭރީގައި ތިއްބަވާ ސަފީރުން ހިމެނެއެވެ. އެބޭފުޅުންނަށް ދެން ހަމަޖައްސަވާނެ މަގާމަކާބެހޭ ގޮތުން އެއްވެސް އިޝާރާތެއް ކުރައްވާފައިނުވާއިރު 24 ފެބްރުއަރީގައި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާގުޅިގެން ރައީސް ޒެލެންސްކީ ގެންދަވަނީ ބޭރުގައުމުތަކުން އިތުރު އެހީ ހޯއްދެވުމަށް އެ […]

އެފްރިކާގެ ގައުމުތައް ބިނާކުރުމުގައި ޗައިނާގެ ހިއްސާއަށް ބަލައިލުން    

ދަންނަބޭކަލުންގެ ދަރުސްތަކުގައި އެންމެގިނައިން އިރުޝާދު ދެއްވަނީ ތިމަތިމާމެންނަށް ލިބިފައިވާ ބުއްދީގެ އަގުހުރި ނިއުމަތް ހެޔޮގޮތުގައި ބޭނުން ކުރުމަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހަމަ އެނޭވާގައި ވަގުތީގޮތުން ލިބިދާނެ މާއްދީ ފައިދާއަކަށްޓަކައި އަދި އޭގައި އެތައް ބައެއްގެ ޙައްގުތަކެއް ހިމެނިފައި އޮތްނަމަވެސް ބުއްދީގެ ބޭނުންކުރުމަކާނުލައި ތިމަތިމާމެންގެ އަމިއްލަ މަސްލަޙަތަށް ދީލާލާތަން ފެންނަނީވެސް މަދެއްކޮށްނޫނޭ ބުނެވިދާނެއެވެ.                                       […]

ފަނާކުރުވަނިވި ހަތިޔާރުގެ ވާދަވެރިކަމުގައި ކޮންޓްރޯލް ގެއްލިދުނިޔެ ގޮތް ހުސްވެފައި 

ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ހަނގުރާމައިގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ފަތުރަމުންގެންދާއިރު ނުރައްކާތެރި ފަނާކުރަނިވި ހަތިޔާރުގެ ވާދަވެރިކަންވެސް އެދަނީ އަތުންދޫވެގެންނެވެ. އެކަކަށްވުރެން އަނެކަކު ކުރިއަރާ ދިއުމަކީ އިންސާނާގައި ތަބީއަތުގައި ހުންނަ ސިފައަކަށް ވެދާނެއެވެ. އަދި އެކަމުގައި ކުރިމަތިވަމުންދާ ހުރަސްތައް ނައަތާލުމަކީ އެމީހެއްގެ ގާބިލުކަން ހުރިވަރަކުން ކުރާނެކަމެއްވެސް މެއެވެ. އެއީ ދުނިޔެއިން އަބަދާއަބަދު ފެންނަމުންދާ ހަގީގަތެކެވެ.  ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ބޯވިލާތައް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރިގެން ހިގައިދާނެކަމުގެ ބިރުވެރިކަން އިތުރުވަމުންދާ މިދަނޑިވަޅުގައި އެ ހަނގުރާމައިގާ ހިމެނޭ ފަރާތްތައް ސުލްހަވެރި ކުރުވައި […]

ކޮންމެ ހަނގުރާމައަކީވެސް ވިޔަފާރިއެކެވެ. 

ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުގެ މައިގަނޑު ބޭނުމަކީ ކޮބައިބާވައެވެ؟ މި ހަނގުރާމައަށް 4 މަސް ފާއިތުވެގެންދާއިރު އަދި ހަނގުރާމައިގެ މަސްރަހަށް ބަލާލާއިރު ހަނގުރާމަ ނިމޭނެ ދުވަހެއް ނުވަތަ ނިންމާނެ ދުވަހެއް އެނގޭ މީހަކު ނެތޭ ބުނެވިދާނެއެވެ. ސަބަބުތައް ބައިވަރެވެ. ދުނިޔޭގެ ފުންނާބުއުސް މާހިރުންގެ ނަޒަރުގައި ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ދުވަސްތަކަކަށް ދެމިގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ދުނިޔޭގައި މިލިޓްރީގޮތުން އެންމެ ބާރުގަދަ ކަމަށް ބެލެވޭ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވެސް މި ހަނގުރާމަ ހުއްޓުވަން އެކަށީގެންވާ މިންވަރަށް މަސައްކަތެއް ނުކުރެއެވެ.  އެމެރިކާއިން ވަރަށް […]

އެމެރިކާގެ މިލިޓްރީ ސިޔާސަތު ދުނިޔެއިން ފެންނަގޮތް 

މީގެ ހަތްދިހަ ވަރަކަށް އަހަރުގެ ކުރިން އެމެރިކާގެ ރައީސް އަދި ދެވަނަ ބޮޑުހަނގުރާމައިގެ ހީރޯ އައިޒަން ހާވަރ އެމެރިކާއަށް އިއުލާންކުރައްވައި އިރުޝާދު ދެއްވާފައިވަނީ އެމެރިކާ އަބަދުވެސް އޮންނަންޖެހޭނީ މިލިޓްރީ އިންޑަސްޓްރިއަލް ކޮމްޕްލެކްސް އެއްގެ ގޮތުގައިކަމަށެވެ. އެ އިރުޝާދު އެމެރިކާގެ ސިޔާސީ ވެރިންނާއި މިލިޓްރީން އަދި މިލިޓްރީ އިންޑަސްޓްރީތަކުން އެގެންދަނީ ތަންފީޒު ކުރަމުންނެވެ.  އަދި ދުވަހެއް ދުވަހަކަށް އެމެރިކާގެ މިލިޓްރީ ބާރު ގަދަކުރަމުންނެވެ. އެމެރިކާގެ މިލިޓްރީއާއި މިލިޓްރީ އިންޑަސްޓްރީ ތަކަށް މިލިޓްރީ ޕްލޭޓްފޯމްތައް އެމެރިކާ ސަރުކާރުން އަބަދުވެސްއޮންނަނީ ސިޔާސީގޮތުން ކަށަވަރު ކޮށްދީފައެވެ. އަދި މިލިޓްރީގޮތުން ދުވަހެއް ދުވަހަކަށް ބާރު ގަދަކުރުމަށްޓަކައިތަޖްރިބާ ކުރުމުގެގޮތުން ރަޙްމަތްތެރި އަދި ގުޅިފައިވާ ގައުމުތަކުން މިފަދަ މިލިޓްރީ ޕްލެޓްފޯމުތަކަށް އެގައުމުތަކުގެ ޚަރަދުގައި ގެންދަނީ މަގުހުޅުވައިދީ […]

ވީރާނާ ކޮށްލެވެމުންދާ ޔޫކްރެއިންގެ ޙާލަތު 

ޔޫކްރެއިންގެ ހަނގުރާމައަކީ ކޮންމެދިވެއްސަކުވެސް ވިސްނާފިކުރުކުރަންޖެހޭ ކަމެކެވެ. މި ގައުމަށްޓަކައި ފިލާވަޅުތަކެއް ލިބިގަތުމަށްޓަކައެވެ. މި ގައުމުގެ މުސްތަގްބަލް ހެޔޮގޮތުގައި ބިނާކުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންވާ ފިލާވަޅުތަކެކެވެ. އެއްވެސް ގައުމެއްގައި އެ ގައުމުގެ ރައްޔިތުންނަވުރެން ބޮޑަށް ގައުމުދެކެ ލޯބިވާ ބަޔަކު ނުތިބޭނެއެވެ. ރައްޔިތުންގެ ކަންތައްތައް ނިންމަންޖެހޭނީ ރައްޔިތުންނެވެ.  ކިތަންމެ ފުންނާބު އުސްވެގެން އުޅުނަސް އެއީ ދެތިންމީހަކު އެއްބަސްވެލައިގެން ނިންމޭނެ ކަންތަކެއް ނޫނެވެ. ދެކިބަލާށެވެ. ދުނިޔޭގައި އޮތް ފުދުންތެރި މުއްސަނދި  ގައުމެއް ވިރާނާވެގެން ދަނީއެވެ. ޒިންމާނަގަނީ ކާކު ހެއްޔެވެ؟ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ކާކު ހެއްޔެވެ؟ ހުރިހާ ނިކަމެތިކަމެއް އާންމު ރައްޔިތުންނަށެވެ.     […]