ސްރީލަންކާގެ ރައީސަކަށް މިފަހަރު ކާކު؟ 

Loading

Facebook
Twitter
WhatsApp


1948 ގައި މިނިވަންކަން ލިބުނުފަހުން އަވަށްޓެރި ސްރީލަންކާއަށްމެދުވެރި އެންމެ ބޮޑު އިގްތިސާދީ ތަދުމަޑުކަމާގުޅިގެން ރައްޔިތުން މަގުތަކަށް ނިކުމެ ރަށުން ފައްސާލެވުނު ކުރީގެ ރައީސް ފިލައިގެން ރާއްޖެމަގުން ސިންގަޕޯރަށް ވަޑައިގެން މަގާމުން އިސްތިއުފާ ދެއްވުމުންކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އަލުން ރައީސަކު އައްޔަންކުރުމައް އެ ގައުމުގެ ޕާރލަމެންޓުން މަސައްކަތް ފެށި ކުރިއަށް ދަނީއެވެ.

މިހާތަނަށް ރައީސްކަމަށް ކުރިމަތި ލައްވާނެކަމަށް 5 ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާމުން އެބަ ގެންދަވައެވެ. ރައީސްގެ މަގާމަށް ވަޑައިގަތުމަށްޓަކައި އެއިންކޮންމެ ބޭފުޅެއްގެ ކުރިމަތީގައި އޮތީ ވަރަށް އުނދަގޫ މަގެކެވެ. މަޖިލީހުގެ އަޣްލަބިއްޔަތުގެ އިތުރުން މުޒާހަރާ ކުރަމުންގެންދާ ރައްޔިތުންގެ ރުހުންވެސް ބޭނުން ވާނެއެވެ.

ކާމިޔާބު ކުރެވޭ ބޭފުޅަކު ގޮތަބާޔާގެ ރިއާސީ ދައުރުގެ ބާކީއޮތް ދުވަސްތައް ނިމެންދެން މަގާމުގައި ދެމިހުންނަވާނެއެވެ. އަދި ރައީސަކު އައްޔަން ކޮށް ނިމެންދެން ވަގުތީ ރައީސެއްގެ ގޮތުގައި މިހާރު ހުންނެވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހެ އެވެ. ރައީސަކު އައްޔަން ކުރުމަށްޓަކައި މިއަދު ޕާރލަމެންޓް ބައްދަލުކުރާނެއެވެ. އަދި މި މަހުގެ 19 އާއި 20 ވަނަ ދުވަހު ރައީސް ކަނޑައެޅުން ޕާރލަމެންޓުގައި ކުރިއަށްދާނެއެވެ.                                                   

މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންނަކީ:

ރަނިލް ވިކްރަމަސިންގހެ 73 އަކީ ގާނޫނީ ވަކީލެކެވެ. އެންމެ ފުރަތަމަ ޕާރލަމެންޓަށް އިންތިޚާބު ކުރެވުނީ 1970 ގައެވެ. އެހާރުއްސުރެން އޭނާގެންދަވަނީ 2020 އާ ޖެހެންދެން މެމްބަރުކަން ކުރައްވަމުންނެވެ. އެ އަހަރު އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާއާއި ގުޅިގެން އޭނާ އިންތިޚާބެއް ނުވެއެވެ. މިފަހަރު އޭނާއަށް މެމްބަރުކަން ލިބުނީ ސްރީލަންކާގެ ގާނޫނު ބުނާގޮތުން ޕާރލަމެންޓުގެ އަޣްލަބިއްޔަތު އޮންނަ ޕާރޓީ އަކުން ބޭނުންވެއްޖެ ހިނދެއްގައި ހުސްވެފައިވާ ގޮނޑިއަކަށް އެ ޕާރޓީން ބޭނުންވާ މީހަކު ގެނެވިދާނެއެވެ. ބެލެވޭ ގޮތުގައި އޭނާ މަސައްކަތްކުރައްވާނީ ރާޖާޕަކްސޭގެ ޕޮޑުޖާނާ ޕެރަމުނާ ޕާރޓީގެ ކެންޑިޑޭޓުގެ ގޮތުގައެވެ. ފަހަކަށް އައިސް މި އުފެދުނު ކޯޅުންގަނޑާ ހަމަޔަށްވެސް އެ ޕާރޓީއަށް ޕާރލަމެނޓުގެ އަޣްލަބިއްޔަތު އޮތީ ކަށަވަރު ވެފައެވެ. ރަނިލް ވިކްރަމަސިންގހެ އަކީ ސްރީލަންކާގެ ސިޔާސީ މައިދާނާއި އަދި ބައިނަލް އަގްވާމީ ގޮތުންވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. 

މިހާރު ދިމާވެގެން އުޅޭ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށްޓަކައި ބައިނަލް އަގްވާމީ މާލީ އިދާރާތަކުން އެހީ ހޯދުމުގެ ގާބިލުކަން ވެސް ލިބިފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ސްރީލަންކާ ބޮޑުވަޒީރުކަން 5 ފަހަރު ކޮށްފައިވާ ބޭފުޅެކެވެ. ކަންމިހެން އޮތްނަމަވެސް މިފަހަރު ސްރީލަންކާގެ މަގުތަކަށް ނުކުމެ ސަރުކާރާ އިދިކޮޅަށް މުޒާހަރާ ކުރި ރައްޔިތުންގެ ނުރުހުން އޭނާއަށްވެސް އަމާޒުވެފައިވާލެއް ކުޑައެއް ނޫނެވެ.          

ސަޖިތު ޕްރެމަދާސަ 55 އަކީ މައިގަނޑު އިދިކޮޅު ޕާރޓީ ސަމާގައި ޖާނާ ބަލާވެގާޔާ ގެ ލީޑަރެވެ. ތަމަޅައިންގެ ޖާނުންފިދާ ވުމުގެ ހަމަލާއެއްގައި އޭނާގެ ބައްޕަ ކުރީގެ ރައީސް ޕްރެމަދާސަ އަވަހާރަކޮށްލުމަށްފަހު 1990 ވަނައަހަރު ރަނިލް ވިކްރަމަސިންގހެ ގެ ޔުނަޓެޑް ނޭޝަނަލް ޕާރޓީއަށް ގުޅިވަޑައިގަތެވެ. އަދި 2020 ގެ އިންތިޚާބާ ހަމަޔަށް ދެބޭފުޅުން އެކުގައި މަސައްކަތް ކުރެއްވިއެވެ. މިހާރު އިދުކޮޅު ލީޑަރެއްގެ ހައިސިއްޔަތުން ރައީސްކަމުގެ މަގާމަށް ކުރިމަތި ލުމުގެ ކުރިން ރަނިލް އަދި ސިރިސޭނާގެ ސަރުކާރުގައި ސަޖިތު ވަރަށް ގިނަ ކެބިނެޓްގެ މަގާމުތައް ވަނީ ފުރުއްވާފައެވެ.

މިފަހަރު ސްރީލަންކާއަށް މި ދިމާވި އިގްތިސާދި ތަދުމަޑުކަމާގުޅިގެން ރައްޔިތުން މަގުތަކަށް ނިކުމެ މައްސަލަ ކޮންޓްރޯލުން ނެއޓިގެން ދާން ފެށުމުން ބޮޑުވަޒީރުގެ މަގާމަށް އައުމަށް ރައީސް  ރާޖަޕަކްސޭ އެދިވަޑައިގަތުމުން ރައީސްގެ އެންމެހާ ބާރުތަކުން އެއްފަރާތްވެ އަލުން އިންތިޚާބު ބޭއްވުމުން މެނުވީ ބޮޑުވަޒީރުގެ މަގާމަށް އައުމުމަށް އެކަހެރިވެވަޑައިގަތީއެވެ. ޕްރެމަދާސަ ގެ ޕާރޓީގައި އޭނާ ރައީސްގެމަގާމަށް ގެނައުމަށް ބޭނުންވާ ވަރަށް ޕާރލަމެންޓުގެ ގޮނޑި ނެތުމުން ރަޖަޕަކްސެގެ ޕާރޓީއާއި އެހެން ކުދިކުދި ޕާރޓީތަކުގެ މަދަދު އޭނާއަށް ބޭނުން ވާނެއެވެ.                                                 

މަހިންދާ ޔާޕާ އަބޭވަރްދަނާ 76 އަކީ މިހާރުގެ ޕާރލަމެންޓުގެ ރައީސެވެ. އޭނާއަކީ މިހާރު ސަރުކާރު ހިންގާ އެސް. އެލް. ޕީ. ޕީ. ގެ ޑެޕިއުޓީ ޗެއަރމަން ވެސް މެއެވެ. އަދި ސްރީލަންކާގެ ސްޓްރޯންގްމޭން މަހިންދާ ރާޖަޕަކްސެ ގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާގެ ސިޔާސީ ހަރަކާތުގައި 30 އަހަރު ހޭދަވެފައިވާއިރު ބައެއް ވުޒާރާތައް ހިންގެވުމާއި އަދި 2001 ން ފެށިގެން 7 އަހަރު ދުވަހުގެ މުއްދަތަކަށް ދެކުނު ސަރަހައްދުތަކުގެ ޗީފް މިނިސްޓަރކަން ކުރައްވާފައިވެއެވެ. ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި  1987 ވަނައަހަރު އެކުލަވާލެވުނު އިންޑޯ ސްރީލަންކާގެ ގަރާރަށް ޕަރލަމެންޓުގައި ހިމެނޭ ސަރުކާރަށް ނިސްބަތްކުރެވޭ މެމްބަރުންގެ ތެރެއިން ނުފެންނަކަމަށް ވޯޓުދެއްވި ދެ މެމބަރުންގެ ތެރޭގައި ޔާޕާ ހިމެނެއެވެ. ކޮންމެއަކަސް އެ ގަރާރު ވުޖޫދަކަށް ނާދެއެވެ. އަދި ތަމަޅައިންގެ ހަނގުރާމަވެސް ހުއްޓޭގޮތެއް ނުވިއެވެ.                    

ދުލާސް އަލަހަޕެރުމާ 63 އަކީ ވެސް މަހިންދާ ރާޖަޕަކްސެ އާއި ވަރަށް އަރިސް ބޭފުޅެކެވެ. އޭނާ ސިޔާސީ މައިދާނަށް ނިކުތީ 1993 ވަނައަހަރު ޕަރލަމެންޓުގެ ސަރަހައްދީ ގޮނޑިއެއް ކާމިޔާބު ކުރެއްވުމާގުޅިގެންނެވެ. އެފަހަރު އޭނާއާއި ހަވާލުކުރެވުނީ ކަލްޗަރަލް އެފެއާރޒްއާއި ބެހޭ ސަރަހައްދީ ވަޒީރު ކަމެވެ. ރާޖަޕަކްސޭގެ އެސް. އެލް. ޕީ. ޕީ. ޕާރޓީގެ ފަރާތުން އޭނާގެ އުފަން ސަރަހައްދު މާޓަރާ ގޮފީގެ ރައީސަކީވެސް އޭނާއެވެ. މައުލޫމާތު ލިބެމުންދާގޮތުގައި އިދިކޮޅު ޕާރޓީގެ މެމްބަރުންނާއި އެސް. އެލް. ޕީ. ޕީ. އިން މިހާރު ވަކިވެ ގަނެގެން އުޅޭ ފެކްޝަނުން ބޭނުންވަނީ އަލަހަޕެރުމާ ރައީސަކަށް އަދި ޕްރެމަދާސަ ބޮޑުވަޒީރަކަށް ގެނައުމަށެވެ.            

ސަރަތު ފޮންސޭކާ 71 އަކީ ސަރުކާރާ ދެކޮޅަށް ތަމަޅައިން ކުރަމުންގެންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައި ހީރޯއެވެ. އޭނާއަކީ މިހާރު ރިޓަޔާރޑް އާރމީ ޖެނެރަލް އެކެވެ. ރާޖަ ޕަކްސޭގެ ޕާރޓީއަށް ނިސްބަތްކުރެވޭ ޕާރލަމެންޓުގެ ބައެއް މެމްބަރުން ގެ ތާއީދު އޭނާއަށް ލިބޭނެކަމަށް ބެލެވެއެވެ. އަދި އޭނާއަކީ ރަނިލް ވިކްރަމަސިންގހެ އަށް ޗެލެންޖަކަށްވެސް ވާނެއެވެ. މިފަހަރު ސްރީލަންކާގައި އިއްލާނުކުރި އިމަރޖެންސީ ހާލަތު ތަންފީޒުނުކުރުމަށް އާރމްޑް ފޯސަސްގެ ކިބައިން އޭނާ އެދިވަޑައިގަތް ކަމަށް ވެއެވެ. 

އެއްދުވަސް ވަރެއްގައި ރާޖަޕަކްސޭގެ ވަރަށް އަރިސް ބޭފުޅަކަށް ހުންނެވި ނަމަވެސް 2010 ގެ އިންތިޚާބުގައި ރާޖަޕަކްސެ އާއި އިދިކޮޅަށް ނިކުތުމުން ސަރުކާރާ އިދިކޮޅު މީހަކަށް ހަދާފައި ހަމައެކަނި ނަމަކަށް އޮންނަ މިލިޓްރީ ޕޯސްޓަކަށް އޭނާ ބަދަލު ކުރިއެވެ. އޭގެ ފަހުން ފޮންސޭކާ ތައްޔާރުވަމުންގެންދަނީ ބައިނަލް އަގްވާމީ ހަނގުރާމަތަކާބޭހޭ ކޯޓަށް ސަރުކާރާ އިދިކޮޅަށް ހެކިބަސް ދިނުމަށް ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރެވުނެވެ. އޭނާ ހައްޔަރު ކުރުމާގުޅިގެން އިދކޮޅު ފަރާތްތަކުން ބުނަމުންގެންދިޔައީ އެއީ އެ އަހަރު އޮންނަ ޕާރލަމެންޓުގެ އިންތިޚާބުގައި އެނާ ބައިވެރިވިޔަ ނުދިނުމަށް ސަރުކާރުން ކުރި ކަމެއް ކަމުގައެވެ. އޭނާގެ ކުށެއްނެތްކަމަށް ބުނެ ސިރިސޭނާގެ ސަރުކާރުން 2021 ގައި އޭނާ މިނިވަންކުރީއެވެ       

Loading

One Response

  1. ބަލަންތިބެމާ. ކޮންމެ ބޭފުޅަކު ވަޑައިގަތަސް ސްރީލަންކާއާއި ދިވެހިންނަކީ އަވަށްޓެރިން. އެ ގާތްކަން ދެމިއޮންނާނެ އަދި ދެމިއޮތުމަށްވެސް އެެދެން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް