ޔޫކްރެއިނުން ބައެއް ގައުމުތަކަށް ފޮނުވާފައިތިބި ސަފީރުން ގެންނަނީ

Loading

Facebook
Twitter
WhatsApp

ޔޫކްރެއިންގެ ރައީސް އޮފީހުގެ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުން ޖަރުމަނާއި އަދި ބައެއް އެހެން ގައުމުތަކުގައި ތިއްބަވާ އެގައުމުގެ ސަފީރުން އަނބުރާ ގެނައުމަށް ނިންމައިފިއެވެ. އެބޭފުޅުން މަގާމުން ވަކިކުރި ސަބަބު ބަޔާންކޮށްފައި ނެތް ނަމަވެސް އޭގެ ތެރޭގައި ޖަރމަނާއިޗެކް ރިޕަބްލިކާއި އިންޑިއާއި ނޯރވޭ އަދި ހަންގޭރީގައި ތިއްބަވާ ސަފީރުން ހިމެނެއެވެ. އެބޭފުޅުންނަށް ދެން ހަމަޖައްސަވާނެ މަގާމަކާބެހޭ ގޮތުން އެއްވެސް އިޝާރާތެއް ކުރައްވާފައިނުވާއިރު 24 ފެބްރުއަރީގައި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާގުޅިގެން ރައީސް ޒެލެންސްކީ ގެންދަވަނީ ބޭރުގައުމުތަކުން އިތުރު އެހީ ހޯއްދެވުމަށް އެ ގައުމުގެ ސަފީރުންނަށް އަންގަވަމުންނެވެ.          

ޔޫރަޕްގެ އެންމެބޮޑު އިގްތިސާދު ކަމަށް ބެލެވޭ ޖަރމަނަކީ ރަޝިޔާގެ ހަކަތައަށް އިންތިހާއަށް ބަރޯސާވެފާއޮންނަ ގައުމެކެވެ. އެހެންކަމުން ޖަރމަނާއި ރަޝިޔާއަކީ ވަރަށް ނާޒުކު ބިންގަލެއްގެ މަތީގައި ބިނާކުރެވިފައިވާ ގުޅުމެއް އޮންނަ ދެ ކަމުގައި ފާހަގަކުރެވެއެވެ. ޖަރމަނުން ރަޝިޔާއަށް އުފައްދާދީފައިވާ ޓަރބައިނެއް ކެނެޑާގައި މިހާރު މަރާމާތު ކުރެވެމުންދާއިރު ޔޫކްރެއިނުން ޖަރމަނުގައި އެދެމުންދަނީ އެ ޓަރބައިން އަނބުރާ ރަޝިޔާއަށް ނުފޮނުވުމަށެވެ. 

އެހެންނަމަވެސް ޖަރމަނުން ގަސްދުކުރަނީ އެ ޓަރބައިން މަރާމާތު ކުރުމަށްފަހު ރަޝިޔާއަށް ފޮނުވުމަށެވެ. އަދި ރަޝިޔާއިން ހުޅަނގުގެ ގައުމުތަކަށް ގޭސް ފޮނުވައިދޭ އެ ޓަރބައިން ހިމެނޭ ޕައިޕްލައިންގެ މައްސަލަ އުޅޭކަމަށްބުނެ ބަންދު ކޮށްފާނެތީ މިއަންނަ ހޯމަދުވަހު ނޯރޑް ސްޓްރީމް 1 މަރާމާތުކުރަން ފެށުމުގެ ކުރިން  އެ ޓަރބައިން ޖަރމަނަށްފޮނުވާދިނުން އެދި ޖަރމަނުގެ ވައިސް ޗާންސެލަރ ފާޅުގައި ކެނެޑާއަށް އެދިވަޑައިގެންފައި ވެއެވެ. ކަނަޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ މިހާރު އެ ޓަރބައިން ޖަރމަނަށް ފޮނުވަން ހުއްދަ ދީފައިވާ ކަމުގައެވެ. މި މައްސަލާގައިވެސް ޔޫކްރެއިނާއި ޖަރމަނުގެ ޚިޔާލު ތަފާތުވުން ފާހަގަކުރެވެއެވެ. 

އެ ޓަރބައިން އަނބުރާ ރަޝިޔާއަށް ނުފޮނުވަން ޔޫކްރެއިނުން ގެންދަނީ ކެނެޑާއަށްވެސް ބާރު އަޅަމުންނެވެ. އެއްވެސް ސަބަބެއް ބަޔާންކުރުމަކާނުލައި ގައުމެއް ތަމްސީލުކުރަން ފޮނުއްވާފައި ތިބޭ ސަފީރުން މަގާމުން ވަކިކުރުމަކީ ޚުދުމުޚްތާރު ވެރިކަމެއް ފެށުމުގެ ބިންގާ ނޫންތޯ ބައެއްމީހުން ސުވާލު އުފައްދައެވެ. 

އެފަދަ ވެރިކަމަކަށް މަގުކޮށާ ފައިވާ ގައުމުތަކުންވެސް ފެންނަމުން ދިޔައީ ސަރުކާރުގެ އިސްސަފުގައި ތިބި ތަޖްރިބާކާރު ބޭފުޅުން މަގާމުން ވަކިކުރުމަށްފަހު ގާނޫނާއި ގަވައިދުތައް ބަދަލުކޮށްގެން ވެރިކަންކުރަން ބޭނުންވާމީހާގެ ރުހުން ލިބިފައިވާ މީހުން އެ މަގާމުތަކަށް ހަމަޖައްސަމުންގެންދިޔަ މަންޒަރެވެ. އަނެއްބަޔަކު ބުނާގޮތުގައި ހަނގުރާމައިގެ މައިދާނެއްގައި ކަންތައް ކުރަންވީގޮތް ރާވައި ހިންގާނެގޮތްކިޔާދިނުމަށް ކޮމެޑީއަނެއް ބެހެއްޓުމަކީ އެއްވެސް އިރެއްގައި ބުއްދިވެރި ގޮތެކޭ ނުބުނެވޭނެއެވެ.     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް