ޔޫކްރެއިންގެ ދާޚިލީ ސަލާމަތާ ބެހޭ އޮފީސް ރަޝިޔާގެ އޭޖެންޓުންގެ ހާއްޔަކަށް ވެފާ 

Loading

Facebook
Twitter
WhatsApp

ޔޫކްރެއިންގެ ރައީސް އޮފީހުން މަޢުލޫމާތު ލިބޭގޮތުގައި އެ ގައުމުގެ ދާޚިލީ ސަލާމަތާބެހޭ އެންމެ އިސްވެރިޔާ އަދި ރައީސް ޒެލެންސީގެ ކުޑަދުވަހުގެ ރަހްމަތްތެރިޔާ އިވާން ބަކާނޯވް އާއި އެ ގައުމުގެ ޕްރޮސިކިއުޓަރ ޖެނެރަލް އައިރީނާ ވެނެޑިކަޓޯވް މަގާމުން ކުއްލިގޮތަކަށް ދުރުކޮށްފިއެވެ. 

އެބޭފުޅުން ވަޒީފާއިން ވަކިކުރި ސަބަބެއްކަމަށް ބުނަނީ އެބޭފުޅުން ތަމްސީލުކުރާ އޮފީސްތަކުން ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުގައި ރަޝިޔާއަށް މަދަދު ކުރަމުން ގެންދިއުމެވެ. ރައީސް ޒެލެންސްކީ ވިދާޅުވާގޮތުގައި މިހާރު ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ސަރަހައްދު ތަކުގައި އެބޭފުޅުން ތަމްސީލު ކުރައްވާ އޮފީސްތަކުގެ 60 އަށް ވުރެން އޮފިޝަލުން ގެންދަނީ ޔޫކްރެއިންގެ ސިއްރު މަޢުލޫމާތް ރަޝިޔާ އާއި ޙިއްސާކުރަމުންނެވެ. 

އެ މީހުން ގައުމަށް ޣައްދާރުވެފައިވާ ކަމުގެ 650 އަށް ވުރެން ގިނަ މައްސަލަތައް މިހާރު އޮތީ ހުށައެޅިފައެވެ. މި މައްސަލަތައް ވަރަށް ރަނގަޅަށް ބެލިގެންދާނެ ކަމަށާއި އެހެންނަމަވެސް މި ޣައްދާރުވުން ސަރުކާރުގެ އެހެން ދާއިރާތަކަށްވެސް ފެތުރިގެންދާކަމުގެ ބިރު ބޮޑުވެއްޖެކަމަށެވެ. އަދި މިއާއެކު މިދިޔަ މާރޗްމަހުގެ ތެރޭގައި އެހާ ފަސޭހައިން ޚަރްސަން ރަޝިޔާގެ ބާރުގެ ދަށަށް ދިޔަގޮތާ އަދި ކީއެވްސަރަހައްދުގައި ޔޫކްރެއިނުން ރަޝިޔާގެ ކުރިއެރުން  ހުއްޓުވަން ރައްދުދެމުންގެންދަނިކޮށް ކުއްލިއަކަށް ޑޮންބާސް ސަރަހައްދަށް ދެކުނަށް ރަޝިޔާސިފައިން މިސްރާބު ޖެހުމާމެދުވެސް ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފައެވެ. 

ޔޫކްރެއިންގެ އިރުމައްޗާއި ދެކުނުގެ ގިނަ މަގުތަކަކާއި އެމަގުތަކާއި ގުޅިފައިވާ ޝަހަރުތައް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށެގައެވެ. އަދި އެތަންތަނަށް ވެރިވެގަތުމުގައި އެތައްހާސް މީހުނެއްވަނީ މަރާލާފައެވެ.                            

ބައިނަލް އަގްވާމީ މީޑިއާތަކުން ފާހަގަ ކުރާގޮތުގައި މިއިން ދޭހަކޮށްދެނީ ޔޫކްރެއިންގެ ސަލާމަތީ ކަންތައްތަކުގެ ތެރެއަށްވެސް ރަޝިޔާގެ ނުފޫޒު ވަދެފައިވާ ނުރައްކާތެރި  މިންވަރާއި ޔޫކްރެއިނުން ކުރިމަތިލާން ޖެހިފައިވާ ގިނަ ގޮންޖެހުން ތަކެއް އެބަ ހުރިކަމުގައެވެ.                                                     

ޔޫކްރެއިންގެ ދެކުނުގެ ޝަހަރެއްކަމުގައިވާ މައިކޯލައިވްގެ މޭޔަރ އޮލެކްސެންޑަރ ސެންކެވިޗް ވިދާޅުވާގޮތުގައި  ރަޝިޔާގެ މިސައިލްތަކުން އެ ޝަހަރުގެ އިގްތިސާދީ ސަރަހައްދުތައް ގެންދަނީ ސުންނާފަތިކުރަމުންނެވެ. އެ ޙާމަލާތަކަށް ޔޫކްރެއިންގެ ސިފައިންނަށް އެކަށިގެންވާގޮތެއްގައި ރައްދެއް ނުދެވެއެވެ.                    

ރަޝިޔާ ސިފައިން މިހާރު ޢިއްލާނު ކޮށްފައިވަނީ ކަޅުކަނޑަށް ޔޫކްރެއިނުން ނިކުމެވެން އޮންނަ މުޅި ސަރަޙައްދު ރޯމޭނިޔާއާއި ހަމަޔަށް ރަޝިޔާގެ ބާރުގެ ދަށަށް ގެންނާނެ ކަމުގައެވެ. މިކަންތައް ރަޝިޔާއަށް ކާމިޔާބު ކުރެވިއްޖެނަމަ ޔޫކްރެއިންގެ މުޅި ވިޔަފާރިއާއި އިގްތިސާދު ފުނޑުނީއެވެ. 

އަދި ރަޝިޔާގެ މިލިޓަރީ ބޭސް އެއް ގާއިމްކޮށްފާ ހުންނަ ޓްރާންސްއިސްޓްރިއާގައި މޯލްޑޯވާއިން ވަކިވެގަންނަން އުޅޭ ސަރަހައްދަށް ރަޝީޔާގެ އެއްގަމުގެ މަގެއްވެސް ހުޅުވިގެންދާނެއެވެ. ފެންނަ މަންޒަރުތަކުން ޔޫކުރޭއިންގެ އަތުން މިހަނގުރާމަ ގެއްލި ރަޝީޔާ ކާމިޔާބު ކުރަން ލަސްތަކެއްނެތެވެ.                                                     

Loading

One Response

  1. އަހަރެމެންނަށްވެސް ވާވަރުދޯ..ދެކޮޅުންކާވެން ހައްތާވެސް…ކުޑައިރުގެ ރަހްމަތްތެރިޔާވެސް ދޯކާދެނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް