ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަނުން ރަޝިޔާ އެކަހެރިވަނީ

Loading

Facebook
Twitter
WhatsApp


ރަޝިޔާގެ ޖައްވީ އިދާރާގެ އެންމެ އިސްވެރިޔާ ޔޫރީ ބޮރިސޯވް މިދަޔަ އަންގާރަދުވަހު ރައީސް ޕޫޓިންއާއިކު އިންނެވި ވީޑިއޯއެއްގައި ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަނުން 2024 ގެ ފަހުން ރަޝިޔާ ވަކިވާނެކަން ހާމަކޮށްފިއެވެ. ބައިނަލް އަގްވާމީ ފަރާތްތަކާ ގުޅިގެން ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަން ހިންގަމުން ގެންދަނީ ރަޝިޔާއިންނެވެ. 

އެހެންވީމާ އަހަރެމެންގެ ޒިންމާތަކެއް އެކަމުގައި ހުރިކަން ގަބޫލުކުރަމެވެ. އަދި އެކަން ވަރަށް ފުރިހަމައަށް އަދާކޮށް ނިންމާދޭނެކަން އަހަރެމެންގެ ބައިވެރިންނަށް ޔަގީންކޮށްދޭން ބޭނުމެވެ. އެހެންނަމަވެސް 2024 ގައި އަހަރެމެން އެއިން ވަކިވަން މިހާރު މިއޮތީ ނިންމާފައެވެ. އެހާތަނަށް ރަޝިޔާގެ އަމިއްލަ އޯބިޓަލް ސްޓޭޝަނެއްގ އުފައްދަން އަހަރެމެން ފަށާނަމެވެ.  ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޮސްމޯސް އިން އެމީހުންގެ ޖައްވީ ސްޓޭޝަންގެ ކުރެހުން ތަކެއްވެސް ވަނީ އާންމު ކޮށްފައެވެ. އެހެންނަމަވެސް ނާސާގެ ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަންގެ ޑިރެކްޓަރ ރޮބީން ގޭޓެންސް ވިދާޅުވީ ރަޝިޔާއިން ޖައްވީ ސްޓޭޝަން ހިންގަމުންގެންދަނީ އެމެރިކާއާއި ރަޝިޔާގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި މިހާތަނަށް ރަޝިޔާއިން އެމެރިކާއަށް އެކަން އަންގާފައި ނުވާކަމަށެވެ. މިކަމާގުޅޭގޮތުން ޚާރިޖީ ވުޒާރާގެ ސްޕޯކްސް ޕަރސަން ނެޑް ޕްރައިސް ވިދާޅުވެފައިވަނީ ރަޝިޔާގެ ޢާންމުކުރުމަކީ ވަރަށް ބޮޑަށް ހައިރާންކުރުވިކަމެއް ކަމުގައެވެ.

އޭނާގެ ވާހަކައިގާ އިތުރަށް ވިދާޅުވީ ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަން ގެކަންތަކުގައި ފާއިތުވެގެން ދިޔަ އަހަރުތަކުގައި ދެގައުމުން ގުޅިގެން އަގުނުކުރެވޭފަދަ ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށާއި އަދި އެ ސްޓޭޝަން އާއި ގުޅޭގޮތުން ސައެންސްގެ ރޮނގުންވެސް ފާހަގަ ކުރެވޭފަދަ ގިނަ ކަންތައްތަކެއް ކުރެވިފައި ވާއިރު ޖައްވީ ދަތުރުތަކާބެހޭ އެއްބަސްވުންވެސް އާކުރެވިފައި ވަނިކޮށް މިހާރު މިދިމާވަނީ ވަރަށް ދެރަގޮތެއް ކަމުގައެވެ. ޖައްވީ ސްޓޭޝަނާބެހޭ ގޮތުން އެމެރިކާއާއި ރަޝިޔާއާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމަކީ ދެގައުމުގެ މެދުގައި މިހާރު ހަލާކުނު ވެތޮއް ހަމައެކަނި ގުޅުމެވެ. ނަމަވެސް ޔޫކްރެއިންގެ ހަނގުރާމައާއި ގުޅިގެން އެ ގުޅުންވެސް މިއޮތީ ފިނި ހަނގުރާމައިގެ ދުވަސްވަރަށ ްވުރެންވެސް މާބޮޑަށް ނެތިދިއުމާ ކައިރިވެފައެވެ

ޖައްވުތެރޭގައި 400 ވަރަކަށް ކިލޯމީޓަރުގެ އުހުގައި ޙަރަކާތްތެރިވަމުން ގެންދާ ފުޓްބޯޅަ ދަނޑެއްވަރުގެ ޖައްވީ ސްޓޭޝަންގައި ދެން ބައިވެރިވަނީ ކެނެޑާއާއި ޖަޕާން އަދި ޔޫރަޕްގެ ޖައްވީ އިދާރާއެވެ. އެހެންނަމަވެސް އެ ސްޓޭޝަންގެ އެންމެހާ ކަންތައްތަކުގައި އިސްކޮށް ނަގާކިޔަންތިބީ އެމެރިކާއާއި ރަޝިޔާއެވެ. އަދި ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މިގުޅުން 2030 އާ ހަމަޔަށް ދެމެހެއްޓުމަށްވެސް ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. ޖައްވީ ސްޓޭޝަނަށް އެސްޓްރޮނޯޓުން ފޮނުވުންވެސް ދެ ގައުމު ގުޅިގެން ކުރާގޮތަށް އަލުން ވާހަކަތައް ފަށަންވެސް ދެ ގައުމުން މީގެ ކުރިން އޮތީ އެއްބަސް ވެފައެވެ. ބުނެވޭގޮތުގައި ރަޝިޔާގެ މި ނިންމުމަކީ ރަޝިޔާއާއި ދެކޮޅަށް ކުރެވޭ ޔޫކުރެއިންގެ ހަނގުރާމައިގާ އިންޓެނޭޝަނަލް ކޮމިޔުނިޓީގެ ބައިވެރީން ގެންގުޅޭ ރަޝިޔާއައި ދެކޮޅު އުދުވާނީ ޕޮލިސީގެ ނުރަނގަޅު ނަތީޖާއެވެ.                        

Loading

One Response

  1. ފިއްތުންތަކަށް އިސްޖަހާނީ ނުކުޅެދުންތެރިން. ދުނިޔެއަކީ ސުލްހަވެރި ތަނަކަށް ހަދަން ބޭނުމީ ވިއްޔާ ބާރުގަދަ މީހުން ތިބެންޖެހޭނީ އެއްބައިވަންތަކަމުގެތެރޭގައި. އެކަމަކު ހައްތާވެސް މި ފެންނަނީ އިނގިރޭސީންގެންގުޅު ބައިބައި ކޮށްލުމުގެ ގޮތްގަނޑު. ދެންމިވާގޮތަކީ ބޮލަށް ފައިން އަރަން އުޅެން ހަދައިގެން ފައިން އެރެނީ ނަގުލަށް. ހަމައަރާއިރަށް އެނބުރިލާފައި އަޅަނީ ދަތް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް