ކީވް ބިރުން ތުރުތުރު އަޅަންޖެހޭވަރު ކުރާނަން    

Loading

Facebook
Twitter
WhatsApp


ރަޝިޔާގެ ރައީސް އެންމެ ގާތް ރަޙްމަތްތެރިޔާގެ އަންހެން ދަރިފުޅުދަރުޔާ ދުގިނާ، މޮސްކޯގެ ރަށްބޭރުގައި އޮތް ހަފްލާއަކުން އެނބުރު ވަޑައިގަންނަވަނިކޮށް ކާރު ބޮމުގެ ހާދިސާއެއްގައި މަރާލުމާގުޅިގެން ރުޅިއައިސްފައި ތިބި ރަޝިޔާގެ ރައްޔިތުން މިހާރު ރަޝިޔާގެ ސިފައިންނަށް ގޮވަމުންގެންދަނީ ޔުކްރެއިންގެ ވެރިރަށް ކީވް ގައިހުންނަ އެ ސަރުކާރުގެ އިމާރާތަކަށް ހަމަލާދިނުމަށެވެ. 

މިހަމަލާ އާއި ގުޅިގެން ރަޝިޔާގެ ސަރްގްރަޑް ޓީ. ވީ. ސްޓޭޝަން ގެވެބްސައިޓްގެ އެންމެފަލަ ސުރުޚީއަކަށް ކީވް ބިރުން ތުރުތުރު އަޅަންޖެހޭވަރު ކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ރަޝިޔަން ޓި. ވީ. ގެ އެޑިޓަރ މާރްގަރިޓާ ސައިމަންވަން ޔޫކްރެއިންގެ އިންޓެލިޖެންސް އޭޖެންސީގެ އިމާރާތް، ފަހުގެ ބަސްބުނާ މަރުކަޒު މި ލަފުޒު ތަކުރާރު ކުރަމުން ޓެލެގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ އެ އިމާރާތަށް ބޮންއަޅާ ހަލާކު ކޮށްލުމަށެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ސްޕޯކްސް ޕަރސަން މާރިޔާ ޒަޚަރޯވާ ޓެލެގްރާމުގެ ޒަރީޢާއިން ވިދާޅުވެފައިވަނީ މި ހާދިސާގައި އެއްވެސް ވަރަކަށް ޔޫކްރެއިނާ ގުޅުންހުރިތޯ ރަޝިޔާއިން ބަލާނެކަމުގައެވެ. އަދި ޔޫކްރެއިންގެ ބައިވެރިވުން އޮތްކަން އެނގިއްޖެނަމަ ދެކޭނީ އެއީ ޓެރަރިޒަމްގެ އަމަލެއްކަމުގައެވެ.                                                           

ރަޝިޔާގެ ތަހްގީގީ ކޮމެޓީން ބުނާގޮތުގައި ބޮމުގެ މިހާދިސާގައި 29 އަހަރުގެ ދަރުޔާ ދުގިނާ ދުއްވަމުން އައި ޓޮޔޯޓާ ކާރުއޮތީ ވީދައިގެން ގޮސްކުދިކުދިވެފައެވެ. އެއީ އޭނާގެ ބައްޕަ އެލެގްޒެންޑަރ ޑުގިންގެ ކާރެކެވެ. އަދި ޝައްކު ކުރެވޭ ގޮތުގައި އެއީ ޑުގިން އަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. ރަޝިޔާގެ ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި ބޮމުގެ ހާދިސާ ހިނގާފައިވަނީ އާދަކާދައާއި ތާރީޚުގެ މައްޗަށް އޭނާގެ ބައްޕަ ދެއްވި ތަގްރީރެއް އަޑުއެހުމަށްފަހު ޑުގިނާ ނިކުމެ ވަޑައިގެން ކާރު ދުއްވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެރޭގެ 9 ޖަހާކަށްހާ އިރުގައެވެ. 

މި ހާދިސާއާއި ގުޅޭގޮތުން ޔޫކްރެއިންގެ ރައީސްގެ ޚާއްސަ މުޝީރު މައިޚަލޯ ޕޮޑޯލައިކް ވިދާޅުވެފައިވަނީ އެ ހާދިސާގައި އެއްވެސް ވަރަކަށް ޔޫކްރެއިން ބައިވެރިވެފައި ނޯންނާނެ ކަމުގައެވެ. އަހަރެމެންނަކީ ރަޝިޔާކަހަލަ  ކްރިމިނަލް ސްޓޭޓެއް ނޫނެވެ.  އެހެންނަމަވެސް ސަރުކާރުގެ އިމާރާތްތަކަށް ރަޝިޔާއިން ހަމަލާ ދީފަނެކަމަށް ބަލައި މުއައްޒިފުން އޮފީސްތަކަށް ނުގޮސް ގޭގައި ތިބެގެން ވަޒީފާ އަދާކުރުމަށްވާނީ އަންގާފައި ކަމަށެވެ.       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް