ގޯޓަބާޔާ ރާޖަޕަކްސެ އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp

މަޢުލޫމާތު އެނގޭފަރާތްތަކުން ޚަބަރު ދީފައިވާ ގޮތުގައި ސްރީލަންކާގެ ރައްޔިތުން ކުރަންފެށި މުޒާހަރާއާއި ގުޅިގެން މިދިޔަ ޖުލައިމަހު ގައުމުދޫކޮށް ވަޑައިގެންނެވި ސްރީލަންކާގެ އޭރުގެ ރައީސް ގޯޓަބާޔާ ރާޖަޕަކްސެ މިއަންނަ ހުކުރު ދުވަހު އެނބުރިގައުމަށް ވަޑައިގަންނަވަނީއެވެ. 

ސްރީލަންކާއަށް މިނިވަންކަން ލިބުނީއްސުރެން މެދުވެރި ނުވާފަދަ ބޮޑު އިގްތިސާދީ ނުކުޅެދުންތެރި ކަމަކާއި ގޯޓަބާޔާގެ ވެރިކަމުގައި އެގައުމުގެ ރައްޔިތުން ކުރިމަތިލާންޖެހުނު ބަނޑުހައި ހޫނުކަމާއި ކެއްނުކުރެވޭފަދަ ދަތިތަކާއިހެދި ރައްޔަތުން ރަތަށްއަރައި އުފެދުނު ހަމަނުޖެހުންތަކަށް ނިމުމެއް ނައިސް އުޅެނިކޮށް އަނެއްކާ އެ މަނިކުފާނު ވަޑައިގެންފިނަމަ އުފެދޭނެ ހަމަނުޖެހުންތައް ގަނޫނީ އިމުގެތެރެއިން ކޮންޓްރޯލް ކުރެއްވޭނެކަމަށް މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގްހެ އަށް އިތުބާރު އެބައޮތްކަމަށް ބުނެފައިވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ގޯޓަބާޔާ ދިރިއުޅުއްވާނީ ސަރުކާރުން އެމަނިކުފާނަށްޓަކައި ކޮޅުނބުގައި ހަމަޖައްސަވާދެއްވާ ގެއެއްގައެވެ. މި ޚަބަރުތައް އަދި މިހާތަނަށް ރަސްމީ ހައިސިއްޔަތަކުން ކަށަވަރު ކޮށްދީފައިނުވާތީ މައުލޫމާތު ދިން ފަރާތްތަކުން ނަން ސިއްރުކުރުން އެދިފައިވެއެވެ. މި ޚަބަރުތައް އެންމެ ފުރަތަމަ ޝާއިއު ކޮށްފައިވަނީ ސްރީލަންކާގައި ސިނަގަޅަބަހުން ނެރޭ މައުބިމާ އާއި ލޯކަލް މީޑިއާގައެވެ. ރަނިލްގެ އޮފީހުން މިކަމާގުޅިގެން އަދި ވަކިއެއްޗެއް ނުބުނެއެވެ.

ގޯޓާ ރާޖަޕަކްސެ ފެނިގެންދިޔައީ މިލިޓްރީ ގޮތުން ވަރަށް ބާރުގަދަ މިލިޓްރީ ވެރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް ވެރިކަމާއި ޙަވާލުވެ ގައުމުގައި ރައްޔަތުންގެ ވެރިކަމެއް ގައިމުކޮށް އެންމެނަށް ހަމަހަމަކަމާއި އެކު ހިންގަންޖެހުމުން މިލިޓްރީގެ ތަޖުރިބާ މަސައްކަތެއް ނުކުރިއެވެ. އެންމެފަހުން ގައުމުގެ ޙާލަތު ގޯސްވެ ރައްޔިތުން ބަނޑަށް ޖެހުމާ ދިރިއުޅުމަށްޓަކައި ބޭނުންވާ އެންމެ އަސާސީ ބޭނުންތައްވެސް ފުއްދޭނެގޮތެއްނެތި ގިނަދުވަސްތަކެއް ފާއިތުވެގެން ދިއުމާއެކު ރައްޔިތުން މަގުތަކަށް ނިކުމެ ރަށުގެ އަމާންކަންގެއްލި ރައީސްގެ ގަނޑުވަރަށްވެސް ރައްޔިތުން ވަދެގަތުމާގުޅިގެން ގައުމުން ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތުމަށްފަހު ސިންގަޕޯރަށް ވަޑައިގަންނަވަން ޖެހުނެވެ. 

އަދި ސިންގަޕޯރަށް ވަޑައިގަތުމަށްފަހު މިދިޔަ ޖުލައިމަހު 14 ވަނަ ދުވަހު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވިއެވެ. އެއަށްފަހު ސިންގަޕޫރުން ސިޔާސީ ޙިމާޔަތް ލިބޭގޮތް ނުވުމުން މިދިޔަ އޯގަސްޓްމަހުގެ ތެރޭގައި ތައިލޭންޑަށް ވަޑައިގަންނަވަން މަޖުބޫރުވީއެވެ. ގޯޓަބާޔާ ރާޖަޕަކްސެ އެބުރި ގައުމަށް ވަޑައިގެން ކުރީގެ ރައީސަކަށް ލިބިވަޑައި ގަންނަވަންޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި އަދި އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތުގައި ދެމިހުރެ ގައުމަށް ޚިދުމަތް ކުރުމުގެ ވިސްނުން ފުޅެއް އެމަނިކުފާނު ގެންގުޅުއްވުން އެއީ ސްރީލަންކާގެ ރައްޔިތުންނަށް ސިއްރެއްވެސް ނޫނެވެ. އަދި ސަރުކާރުންވެސް އެކަމަށް އިންކާރެއް ނުކުރެއެވެ.  


ގޮޓަބާޔާގެ އިސްތިއުފާއާއި ގުޅިގެން ޕާރލަމެންޓުގައި އެމަނިކުފާނުގެ ޕާރޓިއަށް ނިސްބަތްކުރެވޭ ޕާރޓީގެ މެމްބަރުންގެ ސަޕޯރޓުގައި ރަނިލް ވިކްރަމަސިންގްހެ ރައީސްކަމަށް އިސްކުރެވުނީވެސް ޖުލައިގައެވެ. އެހެންކަމުން ޕާރލަމެންޓުގެ އެ މެމްބަރުން ގެންދަވަނީ ގޮޓަބާޔާ އެބުރި ގައުމަށް ވަޑައިގެން ރައްކާތެރިކަމާއެކު ދިރިއުޅުއްވޭނެ އިންތިޒާމް ހަމަޖެއްސުމަށް ބާރު އަޅަމުންނެވެ. ޕާލަމެންޓްގެ މަޖޯރިޓީ އެއްވޯޓުގެ އިތުރުވުމަކުން ނަމަވެސް އަދިވެސް ހިފަހަށްޓަނީ ގޯޓާބާޔާގެ ޕާޓީއިންނެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް