މަހަށް ނުކުމެ އުޅުނު ދިވެހި ފިރިހެނަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ގއ. ގެމަނަފުއްޓާއި 50 މޭލު ދުރުން މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ގއ.ގެމަނަފުށީގައި ދުއްވާ ”ދޮންދީދީީ“ މަސް ދޯނިން މަހަށް ގޮސް އުޅުނު އެރަށު މުހައްމަދު ވަސީމެވެ. އުމުރުން 53 އަހަރުގެ ވަސީމް މަރުވެފައިވަނީ މިއަދު މެންދުރު ފަހު 2:30 ހާއިރުއެވެ. ކޯސްޓްގާޑުން މިހާރު އަންނަނީ ވަސީމްގެ ހަށިގަނޑު ގއ. ގެމަނަފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ
ފުލުހުންނަށް ނަން އޮޅުވާލި މީހަކު ދެ މަހަށް ގޭ ބަންދަށް

ޝަހުސު އޮޅުވާލުމުގެ ކުށް ސާބިތުވި މީހަކު ދެ މަހާއި 12 ދުވަހަށް ގޭބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. ޝަަހްސު އޮޅުވާލުމުގެ ކުށް ސާބިތުވެ، ހުކުމްކޮށްފައިވަނީ މ.ވައިޓްފިޝް އިބްރާހިމް ޝަރީފްގެ މައްޗަށެވެ. މި މައްސައަކީ، 14 އޮގަސްޓް 2020 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ނިކަގަސްމަގުގައި ހުންނަ އިލެކްޝަން ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު ކައިރިން ފެނިގެން ހުއްޓުވައި މައުލޫމާތު ސާފުކުރުމުން ނުބައި ނަމަކާއި އައިޑީކާޑު ނަންބަރެއް […]
ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯފަޅާލި ”ވަގު“ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިދިޔަ މަހުގެ ތެރޭގައި މާލޭގައި ހިންގި މާރާމާރީއެެއްގައި ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯ ފަޅައިލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައާގުޅިގެން އިއްޔެގެ ވަގުތެއްގައި 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހިންގި […]
ސައުދީގައި ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ނަބީހު، ބޮޑު ފަހުރެއް!

ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ކިންގް އަބްދުލް އަޒީޒްގެ ހަނދާނުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުން ރާއްޖޭގެ އަހުމަދު ނަބީހު އަބްދުލްގާދިރު ފައިނަލަށް ދަތުރުކޮށްފި އެވެ. މިމަހުގެ ދިހަ ވަނަ ދުވަހު ފެށި މި މުބާރާތް އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ނަބީހުގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރު، ޔޫޝައު ޒަމްޒަމް ފާރިޝެވެ. މި މުބާރާތުގައި 112 ގައުމަކުން، 153 ކުދިން ބައިވެރިވެއެވެ. މި މުބާރާތުގައި، އޯޓިޒަމް ހުންނަ ނަބީހު […]
އަލަމްގީރަށް އިތުރު 40 ދައުވާކޮށްފި

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރަށް އިތުރު 40 ދައުވާއެއް ދައުލަތުން ކޮށްފިއެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދެ ވަނަ ނަމްބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެއީ އެއްޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރުތައް ރެކޯޑްކުރުމުގެ ސަބަބުންނެވެ. […]
ފަރުވާ ކުޑަ ކުރުމުން ގާޒީ އަލީ އަބްދުﷲ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރަން ޖެހިއްޖެ

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ބުނީ ވަގުތީ އަމުރަކަށް އެދި ދައުވާކުރާ ފަރާތުން ހުށަހެޅުމުން އަޑު އެހުމެއް ބޭއްވުމަށްފަހު ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމައި ބޭއްވުމަށްފަހު، ”ވަގުތީ އަމުރާމެދު ނިންމިގޮތް“ ނިންމާފައިވަނީ ވަގުތީ އަމުރަކާ މެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށް ވުރެ ގިނަ ދުވަހުން ކަމަށް ބެލެވޭ […]
ފެރީއަކުން މޫދަށް ވެއްޓި ކަނޑުހުޅުދޫ ޒުވާނަކު މަރުވެއްޖެ

ގއ. ގެމަނަފުށިން ފުރައިގެން ކަނޑުހުޅުދޫއަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓުނު ޒުވާނަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ކަނޑުހުޅުދުއަށް ނިސްބަތްވާ އިރުފާން 24އ އެވެ. އެޒުވާނާ މޫދުން ނަގައިގެން ގއ. ގެމަނަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. ގެމަނަފުށީ ސިއްހީ މަރުކަޒަށް އެޒުވާނާ ގެންދިޔައީ މިއަދު އިރުއޮއްސި 18:00 ހާއިރު އެވެ. އެނގިފައިވާ ގޮތުގައި އެ ޒުވާނާ މަރުވީ ގެނބިގެންނެވެ.
ބިދޭސީ މީހެއްގެ މޫނަށް ދަނގަނޑެއް ހެރި ނޭފަތް ފޫއަޅުވާލައި ބަނޑުން ނިކުމެފައި، ހާލު ސީރިއަސް

އިމާރާތްކުރަމުން ދިޔަ ތަނަކުން ދަގަނޑެއް ވެއްޓި، މީހެއްގެ މޫނަށް ހެރި އޭނާގެ ހާލު ސީރިސްްވެއްޖެއެވެ. ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށާއި ޒަހަމްވި މީހާއަަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި، ދަގަނޑު ހެރިފައިވަނީ ހެންވޭރުގައި އިމާރާތް ކުރަމުންދިޔަ ތަނެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްގެ މޫނަށެވެ. އޭނާގެ ނޭފަތާ ދިމާލުން އެތެރެ ހައްޓަށް ދަގަނޑު ވަދެފައިވެއެވެ. އެ ބިދޭސީ މީހާގެ މޫނަށް އެދަގަނޑު […]
ޔޫރޮޕާ ލީގު: ރޮނާލްޑޯގެ ފުރަތަމަ ގޯލު ޕެނެލްޓީއަކުން، ޔުނައިޓެޑަށް މޮޅެއް

ޔޫއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ޝެރިފް ޓިރަސްޕޯލް ބަލިކޮށްފިއެވެ. މޮލްޑޯވާގައި ޔުނައިޓެޑުން ރޭ ކުޅުނު ގްރޫޕް އީގެ މެޗުގައި ޝެރިފް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑް ހިމެނޭ ގްރޫޕް އީގެ އެއްވަނައިގައި މިވަގުތު ސޮސިއެދާދު އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ޔުނައިޓެޑް އޮތް އިރު، ތިންވަނައިގައި އޮތީ ޝެރިފެވެ. ރޭގެ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 ގައި ހިމަނާފައިވާއިރު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން […]
އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުވާ ނަސީރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން އެމައްސަލަ ބަލައި ނުގަނެ އަނބުރާ ފޮނުވާލައިފިއެވެ. ނަސީރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުންގުޅުން ހިންގާ ވީޑިއޯއެއް މީގެ ދެ މަސްކުރިން ވަނީ އާއްމުވެފައެވެ. އެ ވީޑިއޯ އާއްމުވުމާއެކު ނަސީރު ހައްޔަރުކޮށް ބަންދުގައި މަހެއްހާ ދުވަސް ބޭއްވިއެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި ނަސީރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ނުގަތީ، ނަސީރު އެއްޖިންސުން ގުޅުން […]