ދިވެހި ޤައުމު ދިފާޢުކުރުމުގެ ’ކޮމާންޑް އެންޑް ކޮންޓްރޯލް‘ އަބަދުވެސް އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައި: ރައީސް

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ޤައުމު ދިފާޢުކުރުމުގައި، އަބަދުވެސް ’ކޮމާންޑް އެންޑް ކޮންޓްރޯލް‘ އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައިކަމަށާއި، އެކަން، ދިވެހި ޢަސްކަރިއްޔާގެ ހަމަ ކޮންމެ ފަރުދަކު އަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި […]

ރާއްޖޭގައި ޑްރައިވިން ލައިސަންސް މެލޭޝިޔާގައި މިހާރު ބޭނުން ކުރެވޭނެ

ރާއްޖޭގެ ޑްރައިވިން ލައިސަންސް އިއްޔެއިން ފެށިގެން މެލޭޝިޔާގައި ބޭނުންކުރަން ފަށައިފިއެވެ. މި ލައިސަންސް ބޭނުން ކުރެވޭ ގޮތްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮންގް، އެއް ގައުމުން އަނެއް ގައުމުގައި ލައިސަންސް ބަލައިގަތުމަށް މިދިޔަ މަހު ސޮއިކުރި އެެއްބަސްވުމުގެ ދަށުންނެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގައި އުޅޭ ދިވެހިންނަށް، ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން އެ ގައުމުގައި އެއްގަމު އުޅަނދުފަހަރު ދުއްވޭނެ ކަމަށާއި މެލޭޝިއާގައި ރައްޔިތުންނަށް އެ […]

އެމްޑީޕީއަކީ އަޅުގަނޑު އުފެއްދި ޕާޓީއެއް، ފުރަތަމަ ސޮއިވެސްކުރީ އަޅުގަނޑު: ގާސިމް

ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު.... ފޮޓޯ/ ވަން އޮންލައިން

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަކީ އެބޭފުޅާ އުފެއްދެވި ޕާޓީއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ”ރާއްޖެ ޓީވީގެ“ ޕްރޮގްރާމެއްގައެވެ. ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމްގެ މާދަމާގެ ބައިގެ، ޓްރެއިލާ މިހާރު އާއްމުކޮށްފައިވާއިރު، ޓްރެއިލާގައި ގާސިމް ވަނީ އެމްޑީޕީއަކީ އެބޭފުޅާ އުފެއްދެވި ޕާޓީއެއް ކަމުގައި ވިދާޅުވެފައެވެ. ”އެމްޑީޕީއަކީ އަޅުގަނޑު އުފެއްދި ޕާޓީއެއް. އެމްޑީޕީގައި ފުރަތަމަ ސޮއިކުރީވެސް އަޅުގަނޑު“ ގާސިމް […]

ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފަށްޓަވައިދެއްވުމަށް، ލ. ގަމަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މިމަހުގެ 11-12 އަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސް ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތައް ތަންފީޒު ކުރެވެމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ، ރައްޔިތުންގެ މަޝްވަރާއާ ހިޔާލު ހޯއްދަވައިގެން މުޅި ނިޒާމު ފުރިހަމަ ކުރެއްވުން ކަމުގައި ވިދާޅުވެފައެވެ. މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން […]

މުދާ ބަރުކޮށްގެން އައި ސަވާރީ ބޯޓު އަޑިއަށް ހިނގައްޖެ

ހއ. ކެލާ ސަވާރީ ބޯޓް ނޮޅިވަރަންފަރު ފަރުމައްޗަށް އަރައި އަޑިއަށް ހިގަނއްޖެއެވެ. އެނގިފައިވާ ގޮތުގައި އެ ބޯޓު ފަރަށް އަރާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުއެވެ. ނޮޅިވަރަންފަރުން ”ސަންދާން“ އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ސަވާރީ ބޯޓުން މައްޗަށް ފެންނަން މިވަގުތު ހުރީ ހިޔާގެގަނޑުން އެއްބައި ކަމަށެވެ. އަދި ބޯޓުގެ ބައެއް މުދާތައް އޮޔާދާ ކަމަށް ބުންޏެވެ. އެ ބޯޓުގައި ތިބި އެންމެންވެސް ނޮޅުވަރަންފަރަށް މިހާރު ގެންގޮސްފައިވާއިރު، މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. […]

އިނގިރޭސި ރާނީ އެލިޒަބެތުގެ ހާލުކޮޅު ވަރަށް ދެރަ، މޮނީޓާކޮށް ފަރުވާދެނީ

އިނގިރޭސިވިލާތުގެ ރާނީ، ރާނީ އެލިޒަބަތު ދެވަނައިގެ ސިއްހީ ހާލުކޮޅު ދެރަވެ، ފަރުވާދޭން ފަށައިފިއެވެ. އެކަމަނާގެ ސިއްހީ ހާލަތު ގޯސްވެ، ސިއްހީ ހާލަތު މޮނިޓާކޮށް ފަރުވާ ދިނުމަށް ބަލްމޯރަލް ކާސަލްގައި އެކަމަނާ އެޑްމިޓްކޮށްފައިވާކަމަށް ޝާހީ އާއިލާގެ ގާތް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާނީ އެލިޒަބަތުގެ ޑޮކްޓަރުން ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް އެ ޑޮކްޓަރުން ބުނެފައިވެއެވެ. ރާނީގެ ހާލުކޮޅު ދަށްވަމުންދާތީ، ޕްރިންސް ޗާލްސް އަދި ޕްރިންސް […]

ފުލުހުން 264 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

އެކިއެކި އޮޕަރޭޝަންތަކުގައި ފުލުހުން އަތުލައިގެންފައި ހުރި 260 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ. ފުލުހުން ބުނި ގޮތުގައި މިހާރު ނައްތާނުލެވި ހުރީ 30 ކިލޯގެ މަސްތުވާތަކެއްޗެވެ. އެއީ އެ މަސްތުވާތަކެއްޗާ ބެހޭ ތަހުގީގުތައް ކުރިއަށްދާތީ، ނައްތާނުލެވި ހުރި ތަކެއްޗެވެ. ފުލުހުން މިއަދު ނައްތާލައިފައިވަނީ 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެއްޗެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 10،888 […]

ތަފާތު ކުށްތަކަށް އަހުލުވެރިކުރުވުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދޭ: ރައީސް

ތަފާތު ކުށްތަކަށް އަހުލުވެރިކުރުވުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މިޖުތަމައަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއްކަމަށެވެ. އެގޮތުން، ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، މިމަހުގެ ދެ ވަނަ ދުވަހު 32 ގައިދީއަކު އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފައިވާކަން […]

އައްޑޫ ބަހުން ހުތުބާކީ މުދިމަކު ސަސްޕެންޑް ކޮށްފި

އައްޑޫ ބަހުން ހުކުރު ހުތުބާކީ މުދިމަކު ހުކުރު ކުރުމުން ސަސްޕެންޑު ކޮށްފިއެވެ. އެނގިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ މީދޫގެ މުދިމެއް ކަމަށްވާ މުހައްމަދު ރަޝީދުއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހުތުބާ ކިޔުމުގެ އުސޫލާ ހިލާފުވެގެން އެ މައްސަލަ އިތުރަށް ބެލުމަށްޓަކައި މުދިމަކު ހުކުރު ކުރުމުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. މުހައްމަދު ރަޝީދު އައްޑޫ ބަހުން ހުތުބާ ކިޔައިފައިވަނީ މީދޫ މަސްޖިދުއް މަޖްދުއްދީނުގައެވެ، އޭނާ ވަނީ ހުކުރު ހުތުބާ ކީއިރު އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އައްޑޫ ބަހަށް […]

ގާނާގައި ފަތުރުވެރިކަން ކުރިއަރުވަން ދިވެހި ކުންފުނިތަކުން އިންވެސްޓް ކުރަން ހުށަހަޅައިފި

އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ ތަރައްގީކޮށްދިނުމަށްޓަކައި ދިވެހި ކުންފުނިތަކުން އެ ގައުމުގައި އިންވެސްޓް ކޮށްދިނުމަށް ގާނާ ސަރުކާރުން އެދިއްޖެ އެވެ. ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކުވާކޫ އަސޫމާ ޝެރަމޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެރުއްވުމަށްފަހު މިއަދު ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ސަފީރު ކުވާކޫ ވިދާޅުވީ ގާނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ގައުމެއް ކަމަށެވެ. […]