ރާއްޖޭގައި ޑްރައިވިން ލައިސަންސް މެލޭޝިޔާގައި މިހާރު ބޭނުން ކުރެވޭނެ

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ޑްރައިވިން ލައިސަންސް އިއްޔެއިން ފެށިގެން މެލޭޝިޔާގައި ބޭނުންކުރަން ފަށައިފިއެވެ.

މި ލައިސަންސް ބޭނުން ކުރެވޭ ގޮތްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮންގް، އެއް ގައުމުން އަނެއް ގައުމުގައި ލައިސަންސް ބަލައިގަތުމަށް މިދިޔަ މަހު ސޮއިކުރި އެެއްބަސްވުމުގެ ދަށުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގައި އުޅޭ ދިވެހިންނަށް، ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން އެ ގައުމުގައި އެއްގަމު އުޅަނދުފަހަރު ދުއްވޭނެ ކަމަށާއި މެލޭޝިއާގައި ރައްޔިތުންނަށް އެ ގައުމުގެ ލައިސެންސް ބޭނުންކޮށްގެން ރާއްޖޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވޭނެ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ހުއްދަވާނީ ދިވެހި ލައިސަންސްގެ A0 އާއި B1 އަދި B2 ކެޓަގަރީގެ އުޅަނދު ފަހަރަށް ދުއްވާށެވެ.

މެލޭޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ.

Loading

One Response

  1. 2010 ގައިވެސް އަހަރެން މެލޭސިއާގައި ހުރިއިރު އެމްބަސީ ސިޓީއަކުން ތި ލައިސްނެ ވެރިފައިކޮށްދިނީމާ މެލޭސިއާގެ ހުރިހާތަނެއްގައިވެސް ދުއްވޭ ދުއްވީމެވެ. ޕޮލިސް ޗެކެއްކޮށްލާއިރު ބެލިޔަސް ހަމަ އޯކޭއެވެ. އެއްވެސް މައްސަލައެއް ނުޖެހެއެވެ. ތިއީ އައިޝާ ދަތުރެއް ކޮށްލާފަ ޖެއްސީ މީޑިއާ ސްޓަންޓެކެވެ. ޑްރައިވިން ލައިސެން ގަނޑެއްގެ އެގްރީމެންޓެއްގައި ސޮއިކޮށްލަން މިނިސްޓަރެއް ގައުމަކަށް ދިޔަ އަޑު މަ އެނހި ފުރަތަކަމަ ފަހަރެވެ. މިބުނީ ޚަބަރަކުންވެސް. ހެހެހެހެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް