ފުލުހުން 264 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

Loading

Facebook
Twitter
WhatsApp

އެކިއެކި އޮޕަރޭޝަންތަކުގައި ފުލުހުން އަތުލައިގެންފައި ހުރި 260 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މިހާރު ނައްތާނުލެވި ހުރީ 30 ކިލޯގެ މަސްތުވާތަކެއްޗެވެ. އެއީ އެ މަސްތުވާތަކެއްޗާ ބެހޭ ތަހުގީގުތައް ކުރިއަށްދާތީ، ނައްތާނުލެވި ހުރި ތަކެއްޗެވެ.

ފުލުހުން މިއަދު ނައްތާލައިފައިވަނީ 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެއްޗެވެ.

އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 10،888 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ހުރި 4،285 ސެލޯފިންކޮޅާއި މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި 246 ދަޅާއި 130 ބުލެޓާއި 40 ބިޑީގެ އިތުރުން 6،359 ބޭސްގުޅައެވެ،.

ފުލުހުން މިއަދު ވަނީ މަސްތުވާތަކެތި ބަންދުކުރުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ 4،559 އެއްޗެއްވެސް ނައްތާލި އެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން މަސްތުވާތަކެތި ނައްތައިލައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް