އިނގިރޭސި ރާނީ އެލިޒަބެތުގެ ހާލުކޮޅު ވަރަށް ދެރަ، މޮނީޓާކޮށް ފަރުވާދެނީ

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގެ ރާނީ، ރާނީ އެލިޒަބަތު ދެވަނައިގެ ސިއްހީ ހާލުކޮޅު ދެރަވެ، ފަރުވާދޭން ފަށައިފިއެވެ.

އެކަމަނާގެ ސިއްހީ ހާލަތު ގޯސްވެ، ސިއްހީ ހާލަތު މޮނިޓާކޮށް ފަރުވާ ދިނުމަށް ބަލްމޯރަލް ކާސަލްގައި އެކަމަނާ އެޑްމިޓްކޮށްފައިވާކަމަށް ޝާހީ އާއިލާގެ ގާތް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާނީ އެލިޒަބަތުގެ ޑޮކްޓަރުން ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް އެ ޑޮކްޓަރުން ބުނެފައިވެއެވެ.

ރާނީގެ ހާލުކޮޅު ދަށްވަމުންދާތީ، ޕްރިންސް ޗާލްސް އަދި ޕްރިންސް ވިލިއަމް ވެސް ވަނީ ރާނީގެ އަރިހަށް ވަޑައިގެންފަ އެވެ.

އުމުރުފުޅުން 96 އަހަރުގެ ރާނީ ވަނީ އިނގިރޭސިވިލާތުގެ ރަސްކަން 70 އަހަރު ކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް