އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުވާ ނަސީރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

Loading

Facebook
Twitter
WhatsApp

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން އެމައްސަލަ ބަލައި ނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.

ނަސީރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުންގުޅުން ހިންގާ ވީޑިއޯއެއް މީގެ ދެ މަސްކުރިން ވަނީ އާއްމުވެފައެވެ. އެ ވީޑިއޯ އާއްމުވުމާއެކު ނަސީރު ހައްޔަރުކޮށް ބަންދުގައި މަހެއްހާ ދުވަސް ބޭއްވިއެވެ.

”ސަންދާނަށް“ އެނގިފައިވާ ގޮތުގައި ނަސީރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ނުގަތީ، ނަސީރު އެއްޖިންސުން ގުޅުން ހިންގި ތާރީހެއް ސާފުނުވާތީއެވެ. އެހެންވެ،

ޕީޖީ އޮފީހުން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ރިވިއުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންނަށް ދައުވާ އުފުލާފައިވާއިރު ބައެއް މީހުންނަށް ހުކުމްވެސްކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުންހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ އިތުރުން އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް