ޔޫރޮޕާ ލީގު: ރޮނާލްޑޯގެ ފުރަތަމަ ގޯލު ޕެނެލްޓީއަކުން، ޔުނައިޓެޑަށް މޮޅެއް

Loading

Facebook
Twitter
WhatsApp

ޔޫއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ޝެރިފް ޓިރަސްޕޯލް ބަލިކޮށްފިއެވެ.

މޮލްޑޯވާގައި ޔުނައިޓެޑުން ރޭ ކުޅުނު ގްރޫޕް އީގެ މެޗުގައި ޝެރިފް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑް ހިމެނޭ ގްރޫޕް އީގެ އެއްވަނައިގައި މިވަގުތު ސޮސިއެދާދު އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ޔުނައިޓެޑް އޮތް އިރު، ތިންވަނައިގައި އޮތީ ޝެރިފެވެ.

ރޭގެ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 ގައި ހިމަނާފައިވާއިރު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ދެ ގޯލު ޖަހައިފައެވެ. ޔުނައިޓެޑަށް މެޗުގެ 18 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޖޯޑަން ސަންޗޯއެވެ. ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ޖެހި ގޯލުންނެވެ.

ރޮނާލްޑޯ ކެރިއަރުގައި މިހާރު 699 ކްލަބު ގޯލު ޖަހާފައިވާ އިރު، ރޭގެ މެޗުގައި އޭނާ ޖެހި ގޯލަކީ ޔޫރޮޕާ ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް