މުދާ ބަރުކޮށްގެން އައި ސަވާރީ ބޯޓު އަޑިއަށް ހިނގައްޖެ

Loading

Facebook
Twitter
WhatsApp

ހއ. ކެލާ ސަވާރީ ބޯޓް ނޮޅިވަރަންފަރު ފަރުމައްޗަށް އަރައި އަޑިއަށް ހިގަނއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓު ފަރަށް އަރާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުއެވެ.

ނޮޅިވަރަންފަރުން ”ސަންދާން“ އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ސަވާރީ ބޯޓުން މައްޗަށް ފެންނަން މިވަގުތު ހުރީ ހިޔާގެގަނޑުން އެއްބައި ކަމަށެވެ. އަދި ބޯޓުގެ ބައެއް މުދާތައް އޮޔާދާ ކަމަށް ބުންޏެވެ.

އެ ބޯޓުގައި ތިބި އެންމެންވެސް ނޮޅުވަރަންފަރަށް މިހާރު ގެންގޮސްފައިވާއިރު، މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ސަވާރީ ބޯޓް ނޮޅިވަރަންފަރަށް ވަންނަން މަސައްކަތް ކޮށްފައިވަނީ މާލެއިން ނޮޅިވަރަންފަރަށް ގެނައި މުދާ ހުސްކުރުމަށެވެ،.

އެމްއެންޑީއެފުން ބުނީ ”ސަވާރީ“ ބޯޓު ފަރަށް އެރި ސަރަހައްދުގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކެލާގެ ބޯޓެއް ފަރަކަށް އަރައި އަޑިއަށް ގޮސްފައިވާއިރު، މިދިޔަ މަހުގެ 31 ވަނަ ދުވަހު ގިނަ ބަޔަކާ އެކު މާލެ އިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުން ލަންދޫ ބޯޓެއް ވެސް ވަނީ ގާފަރު ކައިރިން އަޑިއަށް ގޮސްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް