އޮޅުމަކާ ހުރެ ނެގުން މެދުކެނޑިފައި އޮތް ގްރީން ޓެކްސް މިއަދުން ފެށިގެން ނެގޭ ގޮތް ހަދައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރަށް އެރި އޮޅުމަކާއި ގުޅިގެން ނެގުން ހުއްޓިފައި އޮތް ގްރީން ޓެކްސް މިހާރުން ފެށިގެން ނެގޭނެ ގޮތަށް ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު އަށް 12 ވަނަ އިސްލާހް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ގްރީން ޓެކްސް ނެގުން ހުއްޓިފައިވަނީ ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، އެ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ޖަހާފައި އޮތުމުންނެވެ. އެ އިސްލާހު ރައީސް ވަނީ މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ތަސްދީގު ކުރައްވައިފައެވެ.

އެ ބިލް ރައީސް ތަސްދީގުކުރެއްވިއިރު، މަޖިލީހުގެ ޖަލްސާތައް އޮތީ މެދުކަނޑާލައިފައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ބިލަށް ގެނައި އިސްލާހާއެކު ފާސްކޮށްފައެެ.

އެގޮތުން އެ ބިލަށް ގެނައި އިސްލާހަކީ ގްރީން ޓެކްސް ނެގުން 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން ވެސް މި ގާނޫނަށް 12 ވަނަ އިސްލާހް ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.

ގްރީން ޓެކްސް، ގާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް