ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯފަޅާލި "ވަގު" ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp
ރާމާރީގައި ޒަހަމްވި ބިދޭސީ މީހާ: ކޯރާޑިއަކުން ޖަހައި އޭނާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅާލައިފައި -- ފޮޓޯ: މިހާރު
ރާމާރީގައި ޒަހަމްވި ބިދޭސީ މީހާ: ކޯރާޑިއަކުން ޖަހައި އޭނާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅާލައިފައި -- ފޮޓޯ: މިހާރު

މިދިޔަ މަހުގެ ތެރޭގައި މާލޭގައި ހިންގި މާރާމާރީއެެއްގައި ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯ ފަޅައިލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާގުޅިގެން އިއްޔެގެ ވަގުތެއްގައި 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި ޒަހަމްވީ ބިދޭސީއެކެވެ. އެ ބިދޭސީ މީހާއަށް ކޯރާޑިއަކުް ހަމަލާދީފައިވަނީ އެގެއަށް ވައްކަން ކުރަން ވަން މީހެކެވެ.

ފުލުހުން ސީންއަށް ދިޔައިރު ވެސް ހަމަލާ ދޭން ބޭނުންކުރި ކޯރާޑީ އެތަނުގައި އޮތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް