ފުލުހުންނަށް ނަން އޮޅުވާލި މީހަކު ދެ މަހަށް ގޭ ބަންދަށް

Loading

Facebook
Twitter
WhatsApp

ޝަހުސު އޮޅުވާލުމުގެ ކުށް ސާބިތުވި މީހަކު ދެ މަހާއި 12 ދުވަހަށް ގޭބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޝަަހްސު އޮޅުވާލުމުގެ ކުށް ސާބިތުވެ، ހުކުމްކޮށްފައިވަނީ މ.ވައިޓްފިޝް އިބްރާހިމް ޝަރީފްގެ މައްޗަށެވެ.

މި މައްސައަކީ، 14 އޮގަސްޓް 2020 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ނިކަގަސްމަގުގައި ހުންނަ އިލެކްޝަން ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު ކައިރިން ފެނިގެން ހުއްޓުވައި މައުލޫމާތު ސާފުކުރުމުން ނުބައި ނަމަކާއި އައިޑީކާޑު ނަންބަރެއް ދީގެން ޝަހްސު އޮޅުވާލަން އިބްރާހިމް ޝަރީފް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ޝަހްޝް އޮޅުވާލުމުގެ ކުށުގެ ދައުވާގެ މައްސަލައެވެ.

މި މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި އިބްރާހިމް ޝަރީފް ވަނީ ކުށަށް އިއުތިރާފްވެ، އަވަސް ނިޔާގެ އަޑުއެހުމުގައި އެ އިއުތިރާފް ދަމަހައްޓާފަ އެވެ.

މި މައްސަލައިގައި އިބްރާހިމް ޝަރީފްގެ މައްޗަށް އިއްވީ، އެއް މަހާއި ހަ ދުވަހަށް ޖަލު ހުކުމެކެވެ. ނަމަވެސް ގާނޫނުލް އުގޫބާތުގެ 1005 ވަނަ މާއްދާގެ ހ ގެ ދަށުން އެ އަދަބު ވަނީ ގޭބަންދުގެ އަދަބަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން އޭނާ ތަންފީޒުކުރަންޖެހޭނީ ދެ މަހާއި 12 ދުވަހުގެ ގޭބަންދުގެ ހުކުމެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް