ސައުދީގައި ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ނަބީހު، ބޮޑު ފަހުރެއް!

Loading

Facebook
Twitter
WhatsApp

ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ކިންގް އަބްދުލް އަޒީޒްގެ ހަނދާނުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުން ރާއްޖޭގެ އަހުމަދު ނަބީހު އަބްދުލްގާދިރު ފައިނަލަށް ދަތުރުކޮށްފި އެވެ.

މިމަހުގެ ދިހަ ވަނަ ދުވަހު ފެށި މި މުބާރާތް އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ނަބީހުގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރު، ޔޫޝައު ޒަމްޒަމް ފާރިޝެވެ.

މި މުބާރާތުގައި 112 ގައުމަކުން، 153 ކުދިން ބައިވެރިވެއެވެ.

މި މުބާރާތުގައި، އޯޓިޒަމް ހުންނަ ނަބީހު ވަނީ، ހިތުން ކިއުމުގެ ބައިން ފުރަތަމަ ރައުންޑުން ރަނގަޅު ނަތީޖާއެއް ހޯދައިފައެވެ. އެެހެންވެ ނަބީހު ވަނީ މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ކުއްޖަކު، ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްގެ ފައިނަލް ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް