އަލަމްގީރަށް އިތުރު 40 ދައުވާކޮށްފި

Loading

Facebook
Twitter
WhatsApp

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރަށް އިތުރު 40 ދައުވާއެއް ދައުލަތުން ކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދެ ވަނަ ނަމްބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެއީ އެއްޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރުތައް ރެކޯޑްކުރުމުގެ ސަބަބުންނެވެ.

އެ ދައުވާތައް އިއްޔެ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

މިހާރު އެނާ ތަންފީޒު ކުރަމުންދަނީ، ދައުލަތުން އޭނާގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކާ ގުޅިގެން ކުރި ހަތް މަހާއި ހަ ދުވަހުގެ ދުވަހުގެ ޖަލު ހުކުމެކެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހުމާން ރަފީއުއަށްވެސް ދައުވާކުރިއެވެ.

އޭގެ ތެރެއިން ނާޒިމް ސައްތާރާއި އާއި ރަފީއު ވެސް ވަނީ ކުށަށް އިއުތިރާފްވެ، އާއްމުންގެ ކިބައިން މައާފަށް އެދިފައެވެ. ކްރިމިނަލް ކޯޓުން މިމަހުގެ 15 ވަނަ ދުވަހު ވަނީ ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރަން ހުކުމްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް