ފަރުވާ ކުޑަ ކުރުމުން ގާޒީ އަލީ އަބްދުﷲ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރަން ޖެހިއްޖެ

Loading

Facebook
Twitter
WhatsApp

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ވަގުތީ އަމުރަކަށް އެދި ދައުވާކުރާ ފަރާތުން ހުށަހެޅުމުން އަޑު އެހުމެއް ބޭއްވުމަށްފަހު ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމައި ބޭއްވުމަށްފަހު، ”ވަގުތީ އަމުރާމެދު ނިންމިގޮތް“ ނިންމާފައިވަނީ ވަގުތީ އަމުރަކާ މެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށް ވުރެ ގިނަ ދުވަހުން ކަމަށް ބެލެވޭ ކަމަށާއި އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.

”ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި ގާޒީ އަލީ އަބްދުﷲ ފަރުވާކުޑަކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭ“ ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ވަނީ ގާޒީ އަލީ އަބްދުﷲ އަށް ނަސޭހަތް ދިނުމަށް ނިންމައި އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް