ކޮންމެ ދެ ހަފްތާއަކުން އައިފޯން 13 ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލުން ފަށައިފި

Loading

Facebook
Twitter
WhatsApp

ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އެ ބެންކުން މިއަދު ފަށައިފި އެވެ.

މިޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ ޑިސެންބަރުމަހުގެ ނިޔަލަށެވެ.

މިމުއްދަތުގެ ތެރޭގައި ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނެއް މިޕްރޮމޯޝަންގެ ދަށުން ގުރުއަތުގައި ބައިވެރި ކުރާނެއެވެ. އަދި ކޮންމެ ދެ ހަފްތާއަކުން ހޮވޭ ނަސިބުވެރި އެއް ފަރާތަކަށް އައިފޯން 13 ޕޮރޯއެއް ލިބޭނެ އެވެ.

މީގެ އިތުރުން ޑިސެމްބަރު މަހު ފަހުކޮޅު މިޕޮރޮމޯޝަންގެ ހުރިހާ ބައިވެރިންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ރާއްޖޭގެ ލަގްޒަރީ ރިސޯޓަކުން ދެ މީހަކަށް އޯލް-އިންކުލޫސިވް ދަތުރެއްވެސް ލިބޭނެ އެވެ.

ކޮންމެ ދެ ހަފްތާއަކުން ގުރުއަތުން ހޮވޭ ނަސީބުވެރިންގެ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ފެންނާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް