ހަމަ ކޮންމެ މީހަކަށް އޮޑީގެ ކައްޕިކަމެއް ނުކުރެވޭނެ: ނަޒާކީ ޒަކީ

ހަމަ ކޮންމެ މީހަކަށް އޮޑީގެ ކައްޕިކަމެއް ނުކުރެވޭނެ ކަމަށާއި މި ހަގީގަތް ރައްޔިތުން ގަބޫލުކޮށްގެން ނޫނީ ދައުލަތް ރޭޕްކުރުން ނުހުއްޓުވޭނެކަމުގައި ގައުމު ޑިމޮކްރަސީ އަށް ކުރި ދަތުރުގެ ބޮޑު ޙިއްސާދާރެއް ކަމުގައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ނަޒާކީ ޒަކީ ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ޑރ. މުޙައްމަދު ވަހީދު ރައީސްކަމުގައި ދިވެހިރާއްޖެއިން މެލޭޝިޔާގެ ސަފީރުކަން ކުރެއްވި އަދި ފަހުން އެމްޕީއެލް ގެ ޗެއަރމަން ނަޒާކީ ޒަކީ (މުޙައްމަދު ޒަކީ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބުއްޅަބެއަށް […]

ސަރުކާރަށް ތިން އަހަރު: ވައުދު ކަނޑަންވީ ވައުދުން

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަތިވެރި މަގާމާ އިބްރާހީމް މުޙައްމަދު ޞާލިޙު ހަވާލުވެވަޑައިގެންނެވިތާ ބަރާބަރު ތިން އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އެއްބަޔަކު ރައީސް ޞާލިޙުގެ ތިން އަހަރަށް އޭ ޕްލަސް ދީ ތައުރީފާއި ސަނާ ކިޔަމުންދާއިރު އަނެއްބަޔަކު ދަނީ ރައީސް ޞާލިޙުގެ ތިން އަހަރަކީ ގައުމަށާއި ރައްޔިތުންނަށް ކުރިމަތިވި ނާކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވުމަށްފަހު، 17 ނޮވެންބަރު 2018ގައި ޤައުމާ މުޚާޠަބު ކުރައްވައި ވަރަށް މުހިއްމު […]

ޢާމިރު ޚާންގެ ”ލާލު ސިންގް ޗަޑާ“ ދައްކަން ފަށާނީ އަންނަ އަހަރު އޭޕްރީލް މަހު

ހިންދީ ފިލްމީ ދުނިޔޭގައި މަޝްހޫރު ކަމާއި މަގުބޫލުކަން ހޯދާފައިވާ ޢާމިރު ޚާން ކުޅެފައިވާ ”ލާލު ސިންގް ޗަޑާ“ ސިނަމާތަކުގައި ދައްކަން ފަށާ ތާރީޚު އަނެއްކާވެސް ފަސްކޮށްފިއެވެ. ޢާމިރު ޚާންގެ ފިލްކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފިލްމު އަޅުވާ ތާރީޚާއި ފިލްމުގެ އައު ޕޯސްޓަރުގެ މައުލޫމާތު ހާމަކުރެވޭތީ އުފާވާކަމަށެވެ. އެ ފިލްމު އަޅުވަން މިހާރު ކަނޑައަޅާފައި ވަނީ 14 އޭޕްރީލް 2022 ގައެވެ. ފިލްމުގެ ބަޠަލާ ކަރީނާ ކަޕޫރު ވެސް ވަނީ ފިލްމުގެ ޕޯސްޓަރާއި ފިލްމު އަޅުވާނެ […]

ސަލްމާން ޚާން މުސްލިމުން ކޮވިޑް-19ގެ ވެކްސިން ޖަހަން ހޭލުންތެރިކަން އުފައްދަން އެއްބަސްވެއްޖެ

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒުތަކާއި ހިންދީ ފިލްމީ ތަރިންގެ މައި މަރުކަޒުކަމަށްވާ މަހާރާޝްޓްރާގެ ވަރަށް ގިނަ މުސްލިމުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ވެކްސިން ނުޖަހައެވެ. އެކަމުގެ ސަބަބުން ސިއްހީ މައްސަލަތަކެއް މަހާރާޝްޓްރާގައި އުފެދިދާނެކަމަށް ބަލައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ސިޔާސީ ލީޑަރުން ވަނީ ވެކްސިން ޖެހުމާ ގުޅޭ ގޮތުން މުސްލިމުންގެ ތެރޭގައި ހޭލުންތެރިކަން އުފައްދައި ދިނުމަށް ސަލްމާން ޚާންގެ ކިބައިން އެދިފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ސަލްމާން މިހާރު ވަނީ ވައިރަހުން ރައްކާތެރިވުމަށް ވެކްސިން ޖެހުމާ […]

އިންޑިއާގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި ހަލާކުވެއްޖެ

އިންޑިއާގެ ވައިގެ ސިފައިންގެ އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރެއް ވެއްޓި ހަލާކުވެއްޖެއެވެ. އިންޑިއާގެ މީޑިއާއިން ޚަބަރު ދިން ގޮތުގައި ހެލިކޮޕްޓަރ ވެއްޓި ހަލާކުވީ އަރޫނާޗަލް ޕްރަދޭޝްގެ ރަށަކަށް ޖައްސަން އުޅެނިކޮށް ދިމާވި ހާދިސާއެއްގައެވެ. ހެލިކޮޕްޓަރ ވެއްޓުމުގެ ހިތާމަވެރި ހާދިސާ ހިނގިއިރު އޭގައި ދެ ޕައިލެޓުންނާއި އިތުރު ތިން މީހުން ތިއްބެވެ. އެއިން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންނުވެ ސަލާމަތްވިއެވެ. އިންޑިއާގެ މީޑިއާއިން ހާމަކުރިގޮތުގައި ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ހެލިކޮޕްޓަރ ވެއްޓުނު ހާދިސާ ހިނގަން މެދުވެރިވި ސަބަބު […]

ކޮރަޕްޝަންގެ ކިސަޑު ބުރާފައިވާ ބަޔަކަށް ގައުމު ހަމަ މަގަކަށް ނޭޅުވޭނެ: ޢަބްދުﷲ ކަމާލުއްދީން

  ކޮރަޕްސަންގެ ކިސަޑު ބުރާފައިވާ ނެތް ބަޔަކަށް މެނުވީ އިންސާފުވެރި އަމާނާތްތެރި ދައުލަތެއް ގާއިމު ނުކުރެވޭނޭ ކަމަށް ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ އުފެއްދުމުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޢަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ. ގައުމީ އެއްބައިވަންތަ ކަމުގެ ޕާޓި އުފެއްދުމުގެ ހުއްދަ ލިބުމަށްފަހު ބަހުންނާއި އަމަލުން މާ ގިނަ ހަރަކާތް ތަކެއް މީޑިޔާގައި ނުފެނި އޮތުމަށް ފަހު މިފަހަކަށް އައިސް އެޕާޓީން ކޮށްފައިވާ ދެ ޓްވީޓަކުން ދައުލަތާއި ރައްޔިތުންގެ މުއައްސަސާތަކުގައި އިސްކޮށް ތިއްބަވާ ފަރާތްތައް ކޮރަޕްޝަންގެ ބަދުނާމުން […]

ދަނޑުވެރިކަން ކުރުމަށް ރަށްރަށުން ބިން ހަމަޖައްސައިދޭން މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވެއްޖެ

  ދަނޑުވެރިކަން ކުރުމަށް މިހާރަށްވުރެ ފަސޭހައިން މީހުން ދިރިއުޅޭ ރަށްރަށުން ބިން ހަމަޖައްސައިދޭން ކައުންސިލުތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙު ވިދާޅުވީ ދަނޑުވެރިންނަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް ރަށްރަށުން ބިން ހޯދުމުގައި ހުރި ދަތިތައްކަން ފާހަގަކުރައްވާފައެވެ. […]

އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރަކަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފި

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ސާރ ޑޭވިޑް އަމެސްއަށް ވެރިރަށް ލަންޑަނުގައި މީހަކު ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފިއެވެ. އިރުމަތީ ލަންޑަނުން ޕާލަމެންޓަށް ހޮވިވަޑައިގެންފައިވާ މެންބަރު ޑޭވިޑަށް ދިން ހަމަލާއާ ގުޅިގެން ވަގުތުން އޭނާއަށް ފައްޅީގައި އަވަސް ފަރުވާ ދޭންފެށިއެވެ. ނަމަވެސް އޭނާއަށް ލިބިވަޑައިގެންފައިވާ ފުން ޒަޚަމްތަކުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއްނުވިއެވެ. އޭނާއަކީ ވެރިކަން ކުރާ ކޮންޒެވެޓިވް ޕާޓީގެ މެންބަރެކެވެ. ފުލުހުން ބުނި ގޮތުގައި މެންބަރު ޑޭވިޑަށް ހަމަލާ ދިން ކަމަށް […]

ކޮންމެހެން ކުރަން ނުޖެހޭ ބިން ހިއްކުމެއް އަޅުގަނޑުމެން ހިއްކާނެ ކަމެއްނެތް: ހެލްތު މިނިސްޓަރ ނަސީމް

”މި ހުރިހާ ތަރައްގީއެއް ކުރާއިރު ކޮންމެހެން ކުރަން ނުޖެހޭ ބިން ހިއްކުމެއް އަޅުގަނޑުމެން ހިއްކާނެ ކަމެއްނެތް.“ ކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރ ކެރަފާ އަޙުމަދު ނަސީމު ވާހަކަފުޅުދައްކަވައިފިއެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަސީމު ވިދާޅުވިއެވެ. ”އަޅުގަނޑުމެން ބޮޑު ހިލަ ޖައްސައިގެން ރަށްރަށް ހަދާނެ ކަމެއްނެތް. އަޅުގަނޑުމެން ބޭނުމެއްނެތް ކަންތައްތައް ކުރާނެކަމެއްނެތް. ކޮންމެ ރަށަކަށް ޕިކްނިކް އައިލޭންޑެއް އަދި އެތާ އޮންނާކަށް ނުޖެހޭ.“ ރާއްޖޭގެ ޓުއަރިޒަމް ފެށިގެން އައިއިރުގެ […]

އިއްޒަތްތެރި ރާމާމަކުނު ކަލޭގެފާނު

ޖިންސީ ގޯނާ ކުރުމަކީ ރާމާމަކުނުގެ ޠަބީޢަތުގައި ލައްވާފައިވާ ކަމެކެވެ. އެކަން އެހެން އޮތުމުން ކުރީގެ އަނބި މީހާއަށާއި ލޯބިވެރިންނަށް ރާމާމަކުނު އަނިޔާ ކޮށް ޖިންސީ ގޯނާކޮށް ހަދައެވެ. ރާމާމަކުނަކީ ބިންމަތީގައި ހިނގައި ދުވެ ފުމެ ނަށައި އުސްތަންތަނަށް އަރައި އުޅޭ ގޮތަށް މޭޒުމަތީގައި ހުންނަ ފޮތްފަންސުރުރަށާއި ގާނޫނުއަސާސީއަށް ވެސް އަރައި ވައްތަރު ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. އެފާޑުގެ ކަންތައް ކުރާ މަކުނުތަކުގެ ތެރޭގައި ހިމެނެނީ ބޮލުރޮދިކެނޑިފައިވާ މަކުނުތަކެވެ. ރާމާމަކުނުގެ ރަސްކަން ލިބުނަސް ރާމާމަކުނުންގެ މަޖިލީހުގެ ރައީސްކަން […]