ޢާމިރު ޚާންގެ "ލާލު ސިންގް ޗަޑާ" ދައްކަން ފަށާނީ އަންނަ އަހަރު އޭޕްރީލް މަހު

Loading

Facebook
Twitter
WhatsApp

ހިންދީ ފިލްމީ ދުނިޔޭގައި މަޝްހޫރު ކަމާއި މަގުބޫލުކަން ހޯދާފައިވާ ޢާމިރު ޚާން ކުޅެފައިވާ ”ލާލު ސިންގް ޗަޑާ“ ސިނަމާތަކުގައި ދައްކަން ފަށާ ތާރީޚު އަނެއްކާވެސް ފަސްކޮށްފިއެވެ.

ޢާމިރު ޚާންގެ ފިލްކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފިލްމު އަޅުވާ ތާރީޚާއި ފިލްމުގެ އައު ޕޯސްޓަރުގެ މައުލޫމާތު ހާމަކުރެވޭތީ އުފާވާކަމަށެވެ.

އެ ފިލްމު އަޅުވަން މިހާރު ކަނޑައަޅާފައި ވަނީ 14 އޭޕްރީލް 2022 ގައެވެ.

ފިލްމުގެ ބަޠަލާ ކަރީނާ ކަޕޫރު ވެސް ވަނީ ފިލްމުގެ ޕޯސްޓަރާއި ފިލްމު އަޅުވާނެ ތާރީޚު ޓްވީޓުކޮށްފައެވެ.

ފިލްމު އަޅުވަން ފުރަތަމަ ވާހަކަ ދެކެވުނީ 2020 ގެ ފަހުކޮޅުގައެވެ. އޭގެ ފަހުން 2021 ގައި ފިލްމު އަޅުވާނެކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ކޮވިޑާ ހެދި ފިލްމު އެޅުވޭގޮތެއް ނުވިއެވެ. އޭގެ ފަހުން މިއަހަރު ފަހުކޮޅު ފިލް އަޅުވާ ވާހަކަ ދެއްކުމަށްފަހު މިހާރު ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ފިލްމު ދައްކަން ފަށާގޮތަށެވެ.

ޢާމިރު ޚާންގެ ފިލްމު ކުންފުނިން އުފައްދާފައިވާ ”ލާލް ސިންގް ޗައްޑާ“ އަކީ ތާރީޚީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ. އެ ފިލްމުގެ މުހިއްމު ބައިތައް ކުޅެފައި ވަނީ ޢާމިރު ޚާނާއި ކަރީނާ ކަޕޫރެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް