ހަމަ ކޮންމެ މީހަކަށް އޮޑީގެ ކައްޕިކަމެއް ނުކުރެވޭނެ: ނަޒާކީ ޒަކީ

Loading

Facebook
Twitter
WhatsApp

ހަމަ ކޮންމެ މީހަކަށް އޮޑީގެ ކައްޕިކަމެއް ނުކުރެވޭނެ ކަމަށާއި މި ހަގީގަތް ރައްޔިތުން ގަބޫލުކޮށްގެން ނޫނީ ދައުލަތް ރޭޕްކުރުން ނުހުއްޓުވޭނެކަމުގައި ގައުމު ޑިމޮކްރަސީ އަށް ކުރި ދަތުރުގެ ބޮޑު ޙިއްސާދާރެއް ކަމުގައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ނަޒާކީ ޒަކީ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ޑރ. މުޙައްމަދު ވަހީދު ރައީސްކަމުގައި ދިވެހިރާއްޖެއިން މެލޭޝިޔާގެ ސަފީރުކަން ކުރެއްވި އަދި ފަހުން އެމްޕީއެލް ގެ ޗެއަރމަން ނަޒާކީ ޒަކީ (މުޙައްމަދު ޒަކީ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބުއްޅަބެއަށް ވެސް ބޭނުން ވަރަކަށް ފައިސާ ޖަހައިގެން މީހުން ބަނޑަށް ޖެއްސިދާނެކަމަށެވެ.

”ފައިސާ ޗާޕްކޮށްގެން ގައުމު ހިންގުމަކީ ވަރަށް ނުރައްކާތެރިކަމެއް. އެކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބޭނީ ގައުމަށާއި ރައްޔިތުންނަށް.“ ޒަކީ ވިދާޅުވިއެވެ. ”ކޮންމެ ކޮންމެ މީހަކަށް އޮޑީގެ ކައްޕިކަމެއް ނުކުރެވޭނެ. އެކަން ގަބޫލުކުރަން ޖެހޭ، ގައުމުގެ ޙާލަތު މިއޮތީ އަނބުރާ ހޭރިޔާ ކޮށްގެންވެސް އަތުނުވާ ހިސާބުގައި“

ބަޖެޓް ސަޕޯޓަށް ފައިސާ ޗާޕު ކުރާ މައްސަލާގައި ވަރަށް ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެކަމުގައި ހުރި ނުރައްކާތެރި ކަމާއި އިތުރަށް ރައްޔަތުން ނިކަމެތިވެ ފަގީރުވާނެކަމުގައި ވަަރަށް ހުންނާބުއުސް އިކޮނޮމިސްޓުންވެސް ދަނީ އެމީހުންގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ގޮތުން ފައިސާ ޗާޕު ކުރުމަކީ އެނގި ތިބެ ރައްޔިތުން ބަޑަށް ޖެއްސުން ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވީ ފައިސާ ޗާޕު ކުރާ މައްސަލައިގައި، މި ދަންތުރައިން ސަލާމަތް ވުމަށްޓަކައި މި ވެރިކަން ބަދަލުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.

ކުލަބު ހައުސްގައި ވާހަކަ ދައްކަވަމުން މޯ ޒިޔާދު ވިދާޅުވީ ފައިސާ ޖެހުމުގެ ހުއްދަ މިނާގާބިލު ސަރުކާރަށް މަޖިލީހުން ދިނުމަކީ މޮޔައެއްގެ އަތްމައްޗަށް ކަނޑިއެއް ދިނުންކަހަލަ ކަމެއްކަމަށާއި އެފައިސާތަށް ރާއްޖޭގެ މާކެޓަށް ނިކުތުމުން ފައިސާގެ އަގު ވެއްޓޭނެކަމަށާއި އަދި އެ އިތުރުވާ ދިވެހިފައިސާތަށް އަތްމަތީގައި އެނބުރެން ފެށި ޑޮލަރު ގަތުމަށް ދިވެހި ފައިސާތަށް ދުއްވައިގަތުމުން ޑޮލަރުގެ އަގު 15 ރުފިޔާއިން 25 ރުފިޔާއަށްވެސް ދިއުން ގާތްކަމަށެވެ.

އެހެނީ މިހާރުވެސް ޑޮލަރެއް ވަގު މާރކެޓްގައި މުއުޅެނީ 18 ރުފިޔާއަށްވެރުވެސް މަތީގައި ކަމުގައެވެ.

ނަމަވެސް ރައްޔަތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ރޮޒައިނާގެ ފިރިކަލުން އެމް.ޕީ ނާނު ވިދާޅުވީ ދިވެހިންނަށް އޮތީ ދެގޮތްކަމަށެވެ. އެއީ ނާނުގެ ސަރުކާރު ބޭނުންވާވަރަކަށް ފައިސާ ޖެހުން ނޫނީ ގައުމު ބަނގުރޫޓްވާން ދޫކޮށްލުން ކަމުގައެވެ.

މެމްބަރު އެވިދާޅުވިގޮތުންނަމަ ނާގާބިލު ސަރުކާރެއް ދައުލަތް ހިންގަން ހަވާލުވުމާއި ގުޅިގެން ދިވެހި ދައުލަތް މިވަނީ ބަނގުރޫޓް ވެފައެވެ. ދެން މަސައްކަތް އެކުރައްވަނީ ފައިސާ ޖަހައިގެންވެސް ބައެއްގެ އެނހީގައި ހިންދަމާލެވޭތޯ ކަމުގަ ޒިޔާދު ވިދާޅުވިއެވެ. މިދެގޮތުންވެސް ކަރަށް ފެތޭ މަޅި މިއަންނަނީ ބާރުވަމުންނެވެ.

 

 

Loading

5 Responses

  1. Maaliyyathu committee ge mugahriru kan kuran ves inee economy inflation national debt mikahala basthah meehun kiyaa adu ivey meeheh. Thauleemeh thajuribaage neiy. Mikahala meehun qaumuge enme mathee fadiah eruveema dhen
    vaane goiy mi finnanee.

    1. މިކަލަ މީހުން ހޮވަނީ އޮޑީގެ ވެރިންނެވެ. ޔައުނީ ރައްޔަތުންނެވެ، ވީމާ އޮޑީގެ ކައްޕިއަކަށް ކެޔޮޅަކަށް ހަމަ 500 ރުފިޔާ ދިނީމާ އެ ރިޝްވަތުގައި ހިފައިފާ ވޯޓް ވިއްކާލައި ގަމާރު އަދި ނުލަފާ ހަމަ ބުއްދީގެ ވެރިޔެއްތޯވެސް ނުބަލާ އޮޑި ޙަވާލުކުރުން މީގެ ގޯހަކީ. އެހެންވެ ޒަކީ އެ ވިދާޅުވިހެން ”ހަމަ ކޮންމެ މީހަކަށް އޮޑީގެ ކައްޕިކަމެއް ނުކުރެވޭނޭ“ ކަން ދެނެގެން ރައްޔަތުން ހޭލުންތެރި ނުވަންޏާ ދެން އޮޑި ފަރަށް އަރާ ފުނޑުނަސް އޯކޭ ނޫންތޯއެވެ. ކައްޕި އޮޑި ދޫކޮށްލާފަ އަތުޖެހުނު އެއްޗެއް ހިފައިގެން ފިލާނެއެވެ.
      ހަމަ އަފުގާނިސްތާނުގައި އެމެރިކާ މީހުންގެ ގެންގުޅުނު ރައީސް ހެދިހެން ރައްޔަތުން ނިކުމެ ފަހައިގަތީމާ އިންޑިއާގެ ހެލިކޮޕްޓަރުގައި ނަށްޓާލާނީއެވެ. ހެޔޮ ބަދަލު ގެނެވޭނީ ތަނުގައި ދިރިއުޅޭ މީހުން ދައުލަތްދެކެ ލޯބިވާ ބަޔަކަށް ވެގެނެވެ.

  2. ސަރުކާރުގެ ދޯހަޅި އަދި ކޮންމެގޮތެއް ވަރިހަމަ ސިޔާސަތުގެ ސަބަބުން ގައުމަށް ލިބެމުންމިދާ ނިކަމެތިކަން ރައްޔިތުންނަށް އަންގައިދިނުމަކީ ސިޔާސީ އިދިކޮޅު ފަރާތް ތަކުން ހުއްޓުމެއްނެތި ކުރަންޖެހިފައިވާ ކަމެކެވެ.

  3. ކޮވިޑްގެ ޙާލަތާއި ހެދިޔޭކިޔައިގެން މުޅީން ދޮގު. އާއެކެވެ. ކޮވިޑްގެ ޙާލަތުވެސް ވަރަށް ދެރަވަރުވާނެއެވެ. ނަމަވެސް ކޮވިޑް ޙާލަތުގައި ސަރުކާރުގެ ބޮޑުންނާއި ކަމިޝަން އެޖެންޓުން ހިންގި އެނގިފައިވާ ވައްކަމުގެ ފައިސާކޮޅުންވެސް އެތަކެއް ހަމަހެއްގެ ސިވިލް ސާވަންޓުންގެ މުސާރަ ދެވޭނެއެވެ. އަޅެ، އެއްވެސް މީހަކަށް ފިޔަވަޅެއްނާޅައި އެމީހަކު އަތުޖެހުނު އެއްޗެއް ދަވާލައިގެން ގޮސް ރައްޔަތުމީހާއަށް މަލާމަތް ކުރަން އެތިބެނީއެވެ. ސޯލިޙު ވެރިޔަކު ހޮވީ ޔާމީނު ސަރުކާރުގެ ވައްކަމޭ ކިޔައިގެން ރައްޔަތުން ބޮލަށް ޗިޕްޖަހައިގެނެވެ. އެބުނާ ވައްކަމަކުންވެސް ރިކަވަރީ ކަމިޝަނޭކިޔައި ރައްޔަތުންގެ ފައިސާއިން ބޮޑު ޚަރަދުކޮށް ތިމާމެން ބޭނުން ބަޔަކަށް ބޮޑު ވަޒީފާއާއި މުސާރަ ދިނުން ފިޔަވައި ކުރިކަމެއް ޙަރާމެވެ. މީ ހާދަ ޙީލަތްތެރި ބައެކޭ އެވެސް ބުނާމީހާ ގޯސްވާނީ. މާތްﷲ އިރާދަފުޅާއި ވާގިފުޅުން މިސަރުކާރުގެ ވަގުންގެ ކިބައިން ގައުމު ސަލާމަތްކޮށް ދެއްވާށިއެވެ. އާމީން!

  4. ޒަކީމެންދޯ މި ނުލަފާ ސަރުކާރު ގެންނަށް ޝޭޚު އިމްރާނުގެ ދީންވެރިކަމުގައި ޖެހިގެން އުޅެ ބުހުތާން ދޮގުތައް ހަދައިގެން އިންޑިއާގެ އެނހީގައި އިލެކްޝަން ’ކާމިޔާބު‘ ކުރީ. ތިމާ ކޮށި ކަނޑުލެއްގެ ހިތި ތިމާ ފިލުވަންޖެހޭނެއެވެ. މިހެން ބުންޏަސް އެމްޕީއެލްގެ ވައްކަމަށް ނޫނެކޭ ބުނެ އިސްތިޢުފާ ދެއްވީތީވެސް އުފާކުރަމެވެ. މި ގައުމުގައި މިހާރު ތެދުވެރި މީހުން ހަމަ މަދީއެވެ. އަދި ރަނގަޅުވާނެކަމަށް ބަލާނީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް