ސަލްމާން ޚާން މުސްލިމުން ކޮވިޑް-19ގެ ވެކްސިން ޖަހަން ހޭލުންތެރިކަން އުފައްދަން އެއްބަސްވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒުތަކާއި ހިންދީ ފިލްމީ ތަރިންގެ މައި މަރުކަޒުކަމަށްވާ މަހާރާޝްޓްރާގެ ވަރަށް ގިނަ މުސްލިމުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ވެކްސިން ނުޖަހައެވެ. އެކަމުގެ ސަބަބުން ސިއްހީ މައްސަލަތަކެއް މަހާރާޝްޓްރާގައި އުފެދިދާނެކަމަށް ބަލައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ސިޔާސީ ލީޑަރުން ވަނީ ވެކްސިން ޖެހުމާ ގުޅޭ ގޮތުން މުސްލިމުންގެ ތެރޭގައި ހޭލުންތެރިކަން އުފައްދައި ދިނުމަށް ސަލްމާން ޚާންގެ ކިބައިން އެދިފައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ސަލްމާން މިހާރު ވަނީ ވައިރަހުން ރައްކާތެރިވުމަށް ވެކްސިން ޖެހުމާ ގުޅޭ ގޮތުން މުސްލިމުންގެ ތެރޭގައި ހޭލުންތެރިކަން އުފައްދައި ދިނުމަށް އެއްބަސްވެ އެމަސައްކަތް ފަށާފައެވެ.

މަހާރާޝްޓްރާ ސްޓޭޓުގެ ސިއްހަތާ ބެހޭ ވަޒީރު ރާޖީޝް ޓޯޕް މީޑިއާއަށް މައުލާމާތު ދެއްވަމުން ވިދާޅުވިގޮތުގައި ސްޓޭޓުގެ ގިނަ ބަޔަކު ވެކްސިން ޖަހައިގެން އުޅުނަސް ބައެއް ސަރަހައްދު ތަކުގައި ވެކްސިން ނުޖަހައި އުޅޭ މީސްމީހުން ގިނައަދަދަކަށް އެބަތިއްބެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މުސްލިމުންނެވެ.

މިނިސްޓަރ ރާޖީޝް ޓޯޕް ވިދާޅުވިގޮތުގައި މުސްލިމުން ގިނައިން އުޅޭ ސަރަހައްދުތަކުގައި ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ގެންދާއިރު އެކަމަށް މުސްލިމުންގެ ތަރުހީބު ކުޑައެވެ. ސަލްމާންގެ އެހީތެރިކަން ހޯދަނީ ވެކްސިން ޖެހުމުގެ ހޭލުންތެރިކަން މުސްލިމުންގެ ތެރޭގައި އުފެއްދުމަށެވެ. ސަލަމާނަކީ މަހާރާޝްޓްރާގެ މުސްލިމުންގެ މެދުގައި މަގުބޫލުތަރިއަކަށް ވާތީއެވެ.

 

Loading

One Response

  1. އެރެޔޯ މޭ ސަލްމާނު ހޫން. ސުނޯ ސުނޯ ކޮވިޑް ވެކްސިން ލޭލޯ. މޯޑީކޯ ކައުޑަން ދޭދޯ. އާއޯ އާއޯ މެރާ ބާއީ!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް