އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރަކަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފި

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ސާރ ޑޭވިޑް އަމެސްއަށް ވެރިރަށް ލަންޑަނުގައި މީހަކު ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފިއެވެ.

އިރުމަތީ ލަންޑަނުން ޕާލަމެންޓަށް ހޮވިވަޑައިގެންފައިވާ މެންބަރު ޑޭވިޑަށް ދިން ހަމަލާއާ ގުޅިގެން ވަގުތުން އޭނާއަށް ފައްޅީގައި އަވަސް ފަރުވާ ދޭންފެށިއެވެ. ނަމަވެސް އޭނާއަށް ލިބިވަޑައިގެންފައިވާ ފުން ޒަޚަމްތަކުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއްނުވިއެވެ. އޭނާއަކީ ވެރިކަން ކުރާ ކޮންޒެވެޓިވް ޕާޓީގެ މެންބަރެކެވެ.

ފުލުހުން ބުނި ގޮތުގައި މެންބަރު ޑޭވިޑަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 25 އަހަރުގެ ޒުވާނެކެވެ. ޑޭވިޑްގެ ހަށިކޮޅުގެ އެތައް ތަނަކަށް ވަޅިން ހަމަލާ ދީފައިވެއެވެ. އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހާގެ އިތުރަށް ފުލުހުން އެހެން މީހަކު އަދި މިހާތަނަށް ބަންދެއް ނުކުރެއެވެ. ހަމަލާ ދިން މީހާ ބޭނުންކުރި ވަޅި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހަމަލާ ދީފައި ވަނީ ފައްޅިއެއްގައި ބޭއްވި ބައްދަލުވުމެއްގައި ޑޭވިޑް އޭނާގެ އިންތިޚާބީ ދާއިރާގެ ބައެއް މީހުންނާ ބައްދަލުކުރައްވަން މެންދުރު އިންނަވަނިކޮށެވެ.

މެންބަރު ޑޭވިޑަކީ އިނގިރޭސިވިލާތުގެ މާބަނޑު އަންހެނުން ދަރިވެއްޓުމާ ދެކޮޅު ބޭފުޅެކެވެ. އަދި ޖަނަވާރުންގެ ހައްގުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

މިއީ ފަސް އަހަރު ދުވަހުގެ ތެރޭގައި ވަޅިން ހަމަލާ ދީ އަވަހާރަ ކޮށްލެވުނު ދެ ވަނަ މެންބަރެވެ. މީގެ ކުރިން 2016ގައި ވެސް ވަޅިން ހަމަލާދީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު އިނގިރޭސިވިލާތުގައި އަވަހާރަކޮށްލާފައިވެއެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް