އިންޑިއާގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި ހަލާކުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ވައިގެ ސިފައިންގެ އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރެއް ވެއްޓި ހަލާކުވެއްޖެއެވެ. އިންޑިއާގެ މީޑިއާއިން ޚަބަރު ދިން ގޮތުގައި ހެލިކޮޕްޓަރ ވެއްޓި ހަލާކުވީ އަރޫނާޗަލް ޕްރަދޭޝްގެ ރަށަކަށް ޖައްސަން އުޅެނިކޮށް ދިމާވި ހާދިސާއެއްގައެވެ.

ހެލިކޮޕްޓަރ ވެއްޓުމުގެ ހިތާމަވެރި ހާދިސާ ހިނގިއިރު އޭގައި ދެ ޕައިލެޓުންނާއި އިތުރު ތިން މީހުން ތިއްބެވެ. އެއިން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންނުވެ ސަލާމަތްވިއެވެ.

އިންޑިއާގެ މީޑިއާއިން ހާމަކުރިގޮތުގައި ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ހެލިކޮޕްޓަރ ވެއްޓުނު ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ކުރަމުންނެވެ.

ފާއިތުވި އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި ހާދިސާއެއްގައި އިންޑިއާގެ ވައިގެ ސިފައިންގެ މިރާޖް-2000 މަރުކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓެއް މަދިޔަ ޕްރަދޭޝްގެ ޕިންޑް ސަރަހައްދަށް ވެއްޓި ފުނޑުފުނޑު ވެފައި ވެއެވެ. ބޯޓު ވެއްޓުމުގެ ކުރިން ވައިކުޑައިގައި ޕައިލެޓު ފުންމާލުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ކުރެވުނެވެ. އެ ބޯޓު ވެއްޓުނީ މަހާރާޖާ ޕޫރާގެ ވައިގެ ބަނދަރުން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އެ ބޯޓު ވެއްޓުނީ ދިމާވި ފަންނީ މައްސަލައަކާ ގުޅިގެންނެވެ.

އިންޑިއާގެ ވައިގެ ސިފައިން ބޭނުންކުރާ ހެލިކޮޕްޓަތަކާއި އުދުހޭ ބޯޓުތަކަށް ފަންނީ މައްސަލަތައް ދިމާވެގެން ކަންބޮޑުވާންޖެހޭ އަދަދަކަށް ވެއްޓި ހަލާކުވަމުންދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް