ކީރިތި ރަސޫލާއަށް ފުރައްސާރަކުރަން ކާޓޫނު ކުރެހި މީހާ އެކްސިޑެންޓެއްގައި މަރުވެއްޖެ

ކީރިތި ރަސޫލާ އަދި މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކާޓޫނުތައް ކުރަހައި، އެކަލޭގެފާނުގެ ގަދަރާއި ހުރުމަތް ކަނޑާލަން މަސައްކަތްކުރި ސްވިޑުންގެ ކުރެހުންތެރިޔާ ލާސް ވިލްކްސް އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. ލާސް މަރުވީ ފުލުހުންގެ ވެހިކަލެއްގައި ދަތުރުކޮށްފައި ދަނިކޮށް ދުއްވާފައި ދިޔަ ޓްރެކެއްގައި މުޑިއަރައި ހިނގި އެކްސިޑެންޓެއްގައެވެ. އެ ހާދިސާގައި ފުލުހުންގެ ފުޅަދުން ދަތުރުކޮށްފައި ދިޔަ ދެ މީހަކުވެސް މަރުވިއެވެ. ޓްރެކް ދުއްވަން އިންމީހާ ޒަޚަމްވިއެވެ. ކީރިތި ރަސޫލާ މުޙައްމަދު […]

”އެންމެ ގިނަ ޝަކުވާ ލިބެމުންދާ މިނިސްޓްރީއަކީ ހަގީގަތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ“

އެއީ ބުދަ ދުވަހެވެ. ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގެ މެންބަރުންގެ އިތުރަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ އިބްރާހީމް ޙަސަން ވެސް ޖަލްސާ ކުރާ ހޯލުގައި އިންނެވިއެވެ. އޭނާ މަޖިލީހަށް ހާޒިރުވެ ވަޑައިގަތީ މެންބަރަކު ކުރައްވާ ސުއާލުތަކަށް ޖަވާބު ދެއްވުމަށެވެ. މެންބަރުންނަށް މިނިސްޓަރ ޑޮކްޓަރ އިބްރަހީމް ޙަސަންއާ އިތުރު ސުއާލު ދެންނެވުމަށް ހުޅުވާލެވިފައި އޮތް ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވިއެވެ. ”އަޅުގަނޑުމެންނަށް އެންމެ […]

ރައީސް ގެންދެވި ކަމަށް ބުނާ ފައިސާ ދަބަހުގެ ވާހަކަ: ރައީސް ވިދާޅުވީ ޖަވާބު ދެއްވާނޭކަމަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަގު ބަދުނާމު އެޅިފައިވާ އަޙުމަދު އަދީބު އަތްޕުޅުން އެތައް މިލިއަން ރުފިޔާއެއް ގެންދެވިކަމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ބޭފުޅަކު ވިދާޅުވެފައި ވަނިކޮށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވެސް ވަނީ ދާދި ފަހުން އެވާހަކަ ވިދާޅުވެފައެވެ. އަންގާރަ ދުވަހުގެ ރޭ ދަރުމަންވަންތަ ހޮސްޕިޓަލަށް ރައީސް ޞާލިޙު ވަޑައިގެން އުޅުއްވަނިކޮށް ބަޔަކު ދެންނެވި ސުއާލެއްގެ ޖަވާބުގައި ވިދާޅުވީ 35 މިލިއަން ރުފިޔާގެ ތުހުމަތަށް ޖަވާބު ދެއްވާނޭކަމަށެވެ. ރައީސް ޞާލިޙާ މެދު ތުހުމަތުކުރެވި […]

ތުރުކީއަށް އެމެރިކާގެ އިންޒާރެއް

އެމެރިކާއާއި ނޭޓޯ އާއި އެހެން ގައުމުތަކުން ނުރުހުން ފާޅުކުރި ކަމުގައިވިޔަސް ތުރުކީއިން ގަންނަ ދެވަނަ ރަޝިޔަން މިސައިލް ޑިފެންސް ސިސްޓަމް ގަންނާނެކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެއްޖެއެވެ. އެމެރިކާގެ ސީބީއެސްއަށް ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ތުރުކީވިލާތުގެ ދިފާއީ ނިންމުންތައް ނިންމާނީ އެހެން ގައުމު ތަކަކަށް ބެލުމެއްނެތި އެ ގައުމުން އަމިއްލައަށް ކަމަށެވެ. މި އިންޓަވިއުގައި އުރްދުޣާން ވަނީ އެމެރިކާއިން އުފައްދާ ޕެޓްރިއޮޓް މިސައިލް ގަތުމުގެ ފުރުސަތު ތުރުކީވިލާތަށް ލިބިފައި ނުވާ ކަމާއި […]

ޗައިނާގެ ސިޔާސަތު: ބަންދަށް ބަންދު، ޖެހިވަރަށްވުރެ ބާރަށް ޖެހުން

ޗައިނާއިން އެމެރިކާއާ މެދު ކަންތައް ކުރަނީ އަދި އެމެރިކާގެ ބައިވެރިންނާ މެދު ކަންތައް ކުރަނީ ހަމަ އެމީހުން ކަންތައް ކުރާ ގޮތަށެވެ. އެމެރިކާއިން ޗައިނާއާ ދެކޮޅަށް ވިޔަފާރީގެ ފިޔަވަޅެއް އަޅައިފިނަމަ ޗައިނާއިން ވެސް ކުޅިބަލަން ނުތިބެ ހަމަ އެމެރިކާއިން އަޅާވަރުގެ ފިޔަވަޅެއް އަޅައެވެ. ޗައިނާގެ މަޝްހޫރު ވާވޭ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) ކެނެޑާއިން ބަންދު ކުރުމުން ޗައިނާއިން ބަންދުކުރީ ކެނެޑާގެ ދެ ވިޔަފާރިވެރިންނެވެ. ޖާސޫސް ކުރުމުގެ ތުހުމަތުގައެވެ. ޗައިނާގެ އެންމެ މަގުބޫލު ޓެކްނޮލޮޖީ ކުންފުނި […]

ބޯޓްދަރުކުރަން ދިއުމަކީ ރާއްޖޭގެ އިގުތިސާދަށް ޑޮލަރު ވަންނަ ދޮރެއް

ރާއްޖޭގައި 1970ގެ އަހަރު ތަކުގެ ތެރޭގައި ދައުލަތުގެ ޝިޕިންގ ލައިނެއް އުފެދިގެން އައުން ވެގެން ދިޔައީ ރާއްޖޭގެ އިގުތިސާދަށް ހެއު ބަދަލުތަކެއް ކުރިމަތިވި ސަބަބަކަށެވެ. އެމް.އެސް.އެލްގެ ނަމުން މަޝްހޫރުވެގެން އައި މިދެންނެވި ކުންފުނީގައި ގާތްނޑަކަށް 90އަށްވުރެ ގިނަބޯޓު އޮވެއެވެ. އޭރު ވަރަށް ގިނަ ދިވެހީންގެ ދިރިއުޅުން ބިނާވެގެން ވަނީ ބޯޓުދަތުކޮށްގެން ލިބޭ އާމުދަނީ އެއްގެ މައްޗަށެވެ. އޭރު ރާއްޖޭގައި ބޯޓްދަތުރު ކުރަން ފޮނުވާ އަމިއްލަ އޭޖެންސީތަކެއް ހުރެއެވެ . އެހެންކަމުން ގިނަ ދިވެހިން ބޯޓުދަތުރު ކުރަން ދިޔައީ […]

ފޮޓޯއަކާ ހެދި އިންޑިއާގެ ހިންދޫން ޝާހު ރުޚު ޚާނާ ދެކޮޅަށް އަޑު އުފުލަން ފަށައިފި

ޕާކިސްތާނުގެ މިހާރުގެ ބޮޑު ވަޒީރު އަދި ކުރިން މުޅި ދުނިޔެއަށް މަޝްހޫރު ކުރިކެޓު ކުޅުންތެރިޔާ ޢިމްރާން ޚާނާއެކު އިންޑިއާގެ މަޝްހޫރު އަދި ހުނަރުވެރި ފިލްމީ ތަރި ޝާހު ރުޚު ޚާން ނަގާފައިވާ ފޮޓޯއެއް މީޑިއާގައި ދައްކަން ފެށުމުން އިންޑިއާގެ ހިންދޫން ރުޅިވެރިކަމާއެކު ޝާހަށް ފާޑުކިޔައި ދިމާކުރަން ފަށައިފިއެވެ. އަދި ޝާހު ރުޚު ޚާނުގެ ފިލްމުތައް ބަލަން ނުދިއުމަށް ބާރު އަޅައި ވަރުގަދަ ކެމްޕޭނެއް ކުރަން ފަށައިފިއެވެ. ޝާހަކީ ޕާކިސްތާނުގެ ހިމާޔަތުގައި މަސައްކަތްކުރާ މީހެއްކަމަށް ބުނެ ދެން އެންމެ […]

ޢަލީ ވަޙީދު ހުދު ކާފޫރުގަނޑެއް، ރައީސް ޞާލިޙަށް އެމްއެމްޕީއާރުސީގެ 35 މިލިއަން ރުފިޔާ ….؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އެމްއެމް ޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާއާ ހަވާލުވެވަޑައިގެންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި އިބޫގެ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓަރކަން ކުރެއްވި ތޮއްޑޫ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ. އިބޫ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވި ދުވަސްވަރު ރެހެންދި ފްލެޓުގައި ޕީޕީއެމް ސަރުކާރުގެ އޭރުގެ ޓްއަރިޒަމް މިނިސްޓަރ އަޙުމަދު އަދީބުގެ އަތްޕުޅުން 35 މިލިއަން ރުފިޔާ ގެންދެވި ވާހަކައާއި އެކަން ހިނގިއިރު އެތައް ބަޔަކު އެތަނުގައި […]

އޮރިޔާން ފިލްމު ކުޅުވުމުގެ މައްސަލަ: ޝިލްޕާގެ ފިރިމީހާ ދޫނުކުރަން ފަސްވަނަ ފަހަރަށް ކޯޓުން ނިންމައިފި

ހިންދީ ފިލްމީ ދުނިޔޭގެ އިތުރަށް ކަސްރަތުގެ ދުނިއޭގައި މަޝްހޫރު ތަރިއެއްކަމުގައިވާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ އޮރިޔާން ފިލްމު އުފައްދާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްގެން އުޅޭތާ ދެ މަހެއްހާ ދުވަސްވެއްޖެއެވެ. ރާޖުގެ ވަކީލުން އޭނާ ޖަލުން މިނިވަން ކުރެވޭތޯ މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފައެވެ. ކޯޓުގައި ފައިސާ ބަހައްޓައިގެން ރާޖު ޖަލުން މިނިވަންކުރުމަށް އެންމެ ފަހުން ކުރި މަސަކަތް ވެސް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. އެއީ އޭނާ ޖަލުން ގޭބަންދަށް […]

އެމެރިކާގެ ރައީސްގެ އަނބިކަނބަލުން ކޮލެޖުގައި ކިޔަވާދެއްވަމުން ގެންދަވާނެ

ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހައްދަވާފައިވާ އެމެރިކާގެ މަހާރެހެންދި، ޖިލް ބައިޑެން އަންނަ ހަފުތާއިން ފެށިގެން ކޮލެޖުގައި ކިޔަވައިދެއްވަން ފައްޓަވާނޭކަމުގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނެފިއެވެ. ވޮޝިންޓަން ޕޯސްޓުން މައުލޫމާތު ދިންގޮތުގައި ކޮރޯނާ ވައިރަހާ ހެދި ފާއިތުވި އަހަރެއްހާ ދުވަހު މަހާރެހެންދި ޖިލް ކިޔަވާދެއްވަމުން ގެންދެވީ އޮންލައިންކޮށެވެ. ޖިލްގެ ތަރުޖަމާނު އީމެއިލްއަކުން ހާމަކުރެއްވިގޮތުގައި އަންނަ ހަފުތާގައި ފެށޭ އައު ސެމިސްޓާރގައި ޖިލް ކިޔަވައިދެއްވަން ކޮލެޖަށް ވަޑައިގަންނަވާނެއެވެ. ވޮޝިންޓަން ޕޯސްޓުގައި ވާގޮތުން މަހާރެހެންދި އުތުރު ވާޖީނިއާ ކޮމިއުނިޓީ […]